އިންތިހާބާ މެދު ފުންކޮށް ވިސްނަން ރައީސް އެދިއްޖެ؛ "ވައުދު ފުއްދާނީ މި ސަރުކާރުން"

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު؛ ވައުދު ފުއްދާނީ މި ސަރުކާރުން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު؛ ވައުދު ފުއްދާނީ މި ސަރުކާރުން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ކުރި މައްޗަށް ގެންނަ ކުރެހުންތަކާއި ޕްލޭންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާ، ކަންކަން ކުރާނީ ކޮން ބައެއްތޯ ފުންކޮށް ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

މ. ދިއްގަރުގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތީ ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމަށާއި ތަފާތު ވިސްނުމާއި ފިކުރުގެ މީހުން އެކި ޕްލޭންތަކާއި ކުރެހުންތައް ހިފައިގެން ރައްޔިތުން ކުރިމައްޗަށް އަންނާނެ ކަމަށެވެ. ނަމަވެސް, ގޮތް ނިންމާއިރު ވަރަށް ފުންކޮށް ވިސްނުމަށްފަހު އެ ޕްލޭންތަކަށް އަމަލުކުރާނެ ބަޔަކު އިންތިހާބު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް މިފަދައިން ވާހަކަ ދައްކަވާފައިވާއިރު, އެމަނިކުފާނު ރައްޔިތުންނަށް ވިސްނައިދެއްވަން ބޭނުންވީ އެމަނިކުފާނު ހޮވައިފިނަމަ އަނެއްކާވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމައިގެން ކުރިއަށްދާނެ ކަމެވެ. އަދި މި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކޮށް، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަހިކޮށްދީ، އެ ރަށެއްގެ އިގްތިސޯދު ކުރިއަރުވައި ފުދުންތެރި ކުރުވުމަށް ކަމަށެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްނުކޮށް އޮތުމުގެ ސަބަބުން ދިމާވި ގިނަ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށް ރަށުގެ ވެރިން ސަރުކާރުތަކުގައި ދެންނެވުމުން، އެކަން ކޮށްދޭނެ ކަމަށް ކިތަންމެ ފަހަރަކު ވައުދުވެ، ބަޖެޓުކޮށްފައިވާ ކަމަށެވެ. އަދި ޕްލޭން ހެދުމަށްފަހު އިންތިހާބާ ދިމާކޮށް އެ ޕްލޭން އިތުރަށް ބޮޑުކޮށް، ޖަޕާނުފަދަ ގައުމުތަކުގެ މިސާލު ވެސް ޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެެވެ.

ނަމަވެސް ރައީސް ވިދާޅުވީ ދިއްގަރު ރައްޔިތުންގެ ދުވަސްވީ އެ ތަކުލީފުތަކަށް މި ސަރުކާރަށް ހައްލު ހޯދައިދެވިއްޖެ ކަމަށާއި، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ އެކަން ވެސް ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.

މަޝްރޫއުތައް ނިމޭނެ ތާރީހާއެކު ދިއްގަރަށް އުއްމީދު ގެނެސްދެއްވި

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމާއެކު ރައްޔިތުންގެ އޮތް އެންމެ ބޮޑު ތަކުލީފަށް ހައްލު ހޯދައިދެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ދެވަނައަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަށް ވެސް ހައްލު ހޯދައިދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިއްގަރުގެ ބިން ފުރިފައި އޮތުމަށް ހައްލު ހޯދައިދިނުމަށް ވެސް އެތައް ސަރުކާރެއްގައި ޕްލޭންތަކާއި ކުރެހުންތައް ހަދައިގެން ބަޖެޓުކޮށްފައިވާ ކަމަށެވެ. އެގޮތުން، މޫދަށްއެރި ކަތީބުން ރޯނުދަމާ ގޯތި ވެސް ދީފައިވާނެ ކަމަށާއި، މި ސަރުކާރުން އަމަލު ކުރަނީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވައުދުތައް ފުއްދަމުން މިގެންދަނީ. އަދި އަޅުގަނޑުމެން ވީ ވައުދުތައް ވީވެސް އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން. ހަމަ އައިސް މިތަނަށް ފައިބާ، ކަމެއް ކޮށްދޭނަމޭ ބުނިއްޔަކީ ނޫން. އެހެންވެގެން އެ ކަންތައްތައް އެ ކުރެވެނީ.

ދިއްގަރު ބިން ހިއްކުމުގެ މަޝްރޫރު ތެރެއިން 25 ހެކްޓަރު ބިން ހިއްކުމަށް ވައުދުވެފައިވާއިރު، އޭގެ ތެރެއިން 17 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއޫ ނިންމާލެވޭނެ ކަމަށެވެ. ރައީސް ވަނީ ދިއްގަރުގައި ހިއްކި ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ޕްލޭނެއް ކުރެހުމަށް ކައުންސިލް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެކަން ކުރާއިރު، އިގްތިސޯދީ މަސައްކަތްތަކަށް ފަހިވެ، ރައްޔިތުންނަށް ވަޒީފާ ލިބި، ރަށުގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ޕްލޭންތައް ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން، ދިއްގަރުގައި ހުރި 37 މެޓްރިކް ޓަނުގެ ފެން އުފެއްދޭ ސިސްޓަމް 50 މެޓްރިކް ޓަނުގެ ފެން އުފެއްދޭ ސިސްޓަމަކަށް ބަދަލު ކުރުމުގެ މަސައްކަތް މި އަހަރު ފެނަކައިން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ މަޝްރޫއުގެ ތެރެއަށް މަލްޓި-ޕާޕަސް ހޯލެއް އެޅުން ހިމަނައިދެއްވާނެ ކަމަށާއި، އަންނަ އަހަރު ކުރީކޮޅު ދިއްގަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް ފަށައިގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox