12 އޮގަސްޓު 2022 - 14:49 0
ނިމާ ހަސަން
މެލޭޝިޔާއާއި ރާއްޖެއިން ދެ ގައުމުގެ ޑްރައިވިން ލައިސަންސް ބަލައިގަތުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު
12 އޮގަސްޓު 2022 - 14:49 0
ރާއްޖޭގައި މެލޭޝިޔާގެ، އަދި މެލޭޝިޔާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭގޮތަށް ހެދުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
މިއަދު ހެނދުނު މެލޭޝިޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ދެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުންނެވެ. މި އެއްބަސްވުމާއެކު ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހަކު މެލޭޝިޔާއަށް ގޮސް، އެގައުމުގައި އެއްގަމު އުޅަނދު ދުއްވުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވީ، އެ އެއްބަސްވުމާއެކު، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މެލޭޝިޔާ ރައްޔިތުންނަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އަދި، މިކަމުގެ ސަބަބުން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ރާއްޖޭގެ ލައިސަންސް މެލޭޝިޔާގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މީގެ ކުރިން ވެސް އޮތީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މި މަޝްވަރާތަށް ކުރިއަށް ނުގެންދެވި، ލަސްވީ އެވެ.
Comment