މިނީ ބަހުގެ ހިދުމަތް: އެމްޓީސީސީއާ ސިޓީ ކައުންސިލް އެއްގަލަކަށް

އާރްޓީއެލްގެ މިނީބަހެއް: މިނީބަހުގެ ހިދުމަތް ގާއިމްކުރުމުގައި އެމްޓީސީސީއާއި ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަން ފަށައިފި

އާރްޓީއެލްގެ މިނީބަހެއް: މިނީބަހުގެ ހިދުމަތް ގާއިމްކުރުމުގައި އެމްޓީސީސީއާއި ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަން ފަށައިފި

މާލޭގައި މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމުގައި އެމްޓީސީސީއާ މާލެ ސިޓީ ކައުންސިލުން އެންމެ ފަހުން އެއްގަލަކަށް އަރައިފި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ކުރިން ތާރީހު ދީފައި ވަނީ ޖުލައި މަހަށެވެ. ނަމަވެސް އެ ހިދުމަތް ގާއިމްކުރުމުގައި މާލެ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބޭ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ނަމަވެސް އޭނާ އިއްޔެ "އަދަދު"އަށް ވިދާޅުވީ މިހާރު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ލަސްވީ، މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ޕާކިންޒޯނުތައް ހުސްކުރަން ޖެހޭތީ އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު"އަށް ވިދާޅުވީ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީ އަދި ކައުންސިލުން އެއްބަސްވި ގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕާކިން ސްލޮޓްތައް ހެދޭނީ، ސަރުކާރުން ކައުންސިލާ ހަވާލުކުރަންޖެހޭ ބިންތައް ސާފުކޮށް، ހަވާލު ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

"ކައުންސިލާ ޕާކިން ސްލޮޓްތައް ހަދަން ހަވާލުކުރަން ޖެހޭ ބިންތައް ސާފުކޮށްފަ އަދި ހަވާލު ނުކުރާތީ ޑިލޭ ވަމުން ދަނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރަށް ހަތަރު އަހަރުވީ އިރުވެސް އެ ވައުދު ނުފުއްދި އޮތް އިރު އެ ހިދުމަތް ފަށަން ތަފާތު ތާރީހުތައް ދީފައިވެ އެވެ. ނަމަވެސް އެ ހިދުމަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން މިހާރު ވަނީ 36 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނު ކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox