މިސްކިތަށް އެރުމާއި ނަމާދު ކުރުން

މިސްކިތަށް އެރުމާއި ނަމާދު ކުރުން

(ފުރަތަމަ ބައި)

ޒަމާނުގެ ބާރު އޮއިވަރުގެ ސަބަބުން ކާބަފައިންގެ އިހު އެވޭލާ ދިރިއުޅުމަށް ބަދަލު ނާންނަ ކަމެއް ދާދި މަދުވާނެއެވެ. އެއީ ކުޅިވަރެއް ކަމުގައިވިޔަސް މަސައްކަތެއް ކަމުގައި ވިޔަސް ދީނީ ކަމެއް ކަމުގައި ވިޔަސް މެއެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ މިސްކިތަށް އަރާ އުޅުމާއި ނަމާދު ކުރުމުގެ މައްޗަށެވެ.

ބައެއް އެހެން ލިޔުންތަކުގައި ދަންނަވައިފައި ވާނޭ ފަދައިން މިސްކިތްތަކަކީ އިހުގެ ދިވެހިންގެ ކުރިމަތީގައި މާގަދަރުވެރި ތަނެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން އިހުތިބީންގެ ހިތްތަކުގައި އެންމެ ޝަރަފުވެރި ޤަދަރުވެރި ތަނެއްގެ ގޮތުގައި ބަލާއުޅުނީ ޒިޔާރަތްތަކެވެ. މިސްކިތަށް އަރާއުޅުނު މަދު މީހުންވެސް އެމީހުންނަށާއި ރަށަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި، އެ ކަންތައްތަކުން ސަލާމަތް ވުމަށް އެދި ދަންނަވަން ރައްޔިތުން ގޮވައިގެން ގޮސް އުޅުނީ ޒިޔާރަތް ދޮށަށެވެ. ޒިޔާރަތްތަކުން އެމީހުންނަށް ހިންމަވައި ނުދެއްވާ ކަމެއް ނޯވެއެވެ. ކަންފަތެއްގައި ރިއްސިޔަސް، މަސްވެރިކަން ދަށްވިޔަސް އަދި ރަށުގައި ރޯގާބާރުވެ ދަރަހިލުނަސް ރައްޔިތުން ގޮސް އުޅުނީ ޒިޔާރަތް ދޮށަށެވެ. (މިކަމާ ބެހޭ ގޮތުން “ޒިޔާރަތް” “ތާނަ މިސްކިތް” “ތެލާ ހިނގުން” ފަދަ ލިޔުންތަކުގައި ހިމަނާލައިފައި ވާނެއެވެ.)

މިސްކިތަށް އަރައި ފަރުޟު ފަސްނަމާދު ކޮށް އުޅުނީ އަޅުގަނޑުމެންގެ ތެރެއިން ދާދި މަދު މީހެކެވެ. އެ ޒަމާނުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ވިސްނުން ހުރި ގޮތުން މިސްކިތަށް އަރަންވާނީ ވަރަށް ބޮޑަށް ސާފުތާހިރު ވެގެންނެވެ. އިހުތިބީން ދެކެމުން އައީ މަސައްކަތެއްގައި އުޅުމަކީ، ނަމާދު ކުރެވޭ ވަރަށްވުރެ ހަޑިމުޑުދާރު ކަމެއްކަމުގައެވެ. އެހެންކަމުން ގިނަ މީހުންނަށް ކޮންމެ ވަގުތަކު މިސްކިތަށް އަރައި ނަމާދެއް ނުކުރެވޭނެއެވެ. ވުމާއި އެކު މަސައްކަތެއްގައި އުޅޭ މީހަކު ނަމާދެއް ނުކުރާނެއެވެ. އެ ނަމާދުތައް ކުރާމީހުން ކުރާނީ، އާންމުކޮށް ރޭގަނޑު ނަމާދުތަކަށް މިސްކިތަށް ގޮސް ޤަޟާ އަށެވެ. އިހުގެ ގެދޮރަކީ ނަމާދުކޮށް އުޅުނު ތަނެއް ނޫނެވެ. ނަމާދު ކުރަންވެއްޖެނަމަ އަންހެނުންވެސް ދާނީ އަންހެނުން މިސްކިތަށެވެ.

އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން ކޮންމެ މީހަކީވެސް ކޮންމެވެސް މަސައްކަތެއް ގައި އުޅޭ މީހެކެވެ. ނަމަވެސް އެ ޒަމާނުގައި އެ މީހަކު މަސައްކަތް ކުރަން ހުންނަ ތަނަކު ނަމާދު ކުރުމަކީ އެއްގޮތަކަށްވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. މަސްވެރިކަމުގައި ކަނޑުމަތީގައި ހަތަރުދަމު ހޭދަ ކުރާއިރުވެސް އަދި މާލެ ދަތުރު ކުރުމުގައިވެސް މީހަކު “ނަމާދަކަށް ސަދިޖައެއް ނުޖަހާނެ” އެވެ. ނަމަވެސް ބަންގާޅު ދަތުރު ކުރި ދުވަސްވަރު އެ އޮޑިފަހަރުގައި މުދިމަކަށް މީހަކު ގެންގޮސް އުޅުނެވެ.

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މުދިމަކަށް ގެންގޮސް އުޅުނީ ރަށުގެ މާމުދިމެއް ނޫނެވެ. ރަށުގެ މާމުދިމަކީ ސަރުކާރުގެ ފަރާތުން ދޭ މަގާމެކެވެ. މުދިމުންގެ މަސައްކަތަކީ މިސްކިތުގައި ބަންގިގޮވާ ނަމާދުކުރުމާއި މިސްކިތުގައި ބައްތިދިއްލުމުގެ އިތުރުން މިސްކިތް ފޮޅާސާފުކޮށް ކުނިކަހާ މިސްކިތް ބެލެހެއްޓުމެވެ. މީގެ އިތުރުންވެސް ކަށުކަމާކެމީގެ ކަންތައްތަކާއި ރަށުތެރެ ނާމާންވުމުން ދަމުހިނގުމާއި ކަންޒޫރި ދިޔުންފަދަ ކަންތައްތައް ކުރުމެވެ. އެ ޒަމާނުގައި ރަށެއްގައި އުޖޫރަ ދީއުޅުނީ ތިންމީހަކަށެވެ. އެއީ ދެ ވެރިންނާއި މުދިމެވެ. އުޖޫރައަކީ ރަށުގެ ކޮންމެ އޮޑިއަކުން ދޭ މަސްބައެވެ. މި ބައި ވެރިންގެ މެދުގައި ބަހާލައެވެ. ރަށްރަށުގެ ކަތީބުންނާއި މުދިމުންނަށާއި، ނައިބުންނަށް ސަރުކާރުން މުސާރަ

ދެއްވަންދެން މަސްބައި ދީއުޅުނެވެ. ރަށްރަށުގެ ވެރިންނަށް ސަރުކާރުން މުސާރަ ދެއްވަން ފެއްޓެވީ 9 ޖެނުއަރީ 1962 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox