ބޮޑު އީދުގެ ކުޅިވަރުތައް މުޅި ރާއްޖޭގައި ފޯރީގައި ކުރިއަށް

ތ. ކިނބިދޫ އީދު ކުޅިވަރުގެ ތެރެއިން: ވާ ދެމުން

ތ. ކިނބިދޫ އީދު ކުޅިވަރުގެ ތެރެއިން: ވާ ދެމުން

ބޮޑު އީދަކީ ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ކުޅިވަރުތަކާއެކު ވަރަށް ފޯރިއާއެކު ފާހަގަކުރާ މުނާސަބާއެކެވެ. ކޮވިޑާއެކު އެ ކުޅިވަރުތަކަށް މަޑުޖެހުމެއް އައުމަށްފަހު އަނެއްކާވެސް ރަސްމީ ސިފައެއްގައި އީދު ފޯރި ނެގުމުގެ ފުރުސަތު މިއަހަރު މިވަނީ ލިބިފަ އެވެ. އެކަން ރާއްޖޭގެ ރަށްރަށުން ފެންނަމުން އެބަދެ އެވެ.

މިއަހަރު އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ކ. މާފުށި. ބ. ދަރަވަންދޫ. ނ. ވެލިދޫ، އަދި ތ. ކިނބިދޫ އަދި ވިލުފުށި ހިމެނެ އެވެ.

ބައެއް ރަށްތަކުގައި އީދު ކުޅިވަރު ފެށީ ރެ އެވެ. އީދު މަޅި ޖެހުމާއި، ހުޅު ޖެހުމާއި، ހަވާ އެރުވުމާއި، ރަން ފޮށި އުފުލުމާއި، އީދު ވެދުމަށް ދިނުމާއި ހިއްޗަށް ދިއުން ފަދަ ތަފާތު ކުޅިވަރުތަކާއެކު އެވެ.

އީދު ކުޅިވަރުތައް ފެށުމަށް ރޭ ބޭއްވި ހަރަކާތްތަކަށްފަހު މިއަދު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށް، އީދު ސައި ބޮއެގެން ބައެއް ރަށްރަށުން ނިކުތީ ފެންކުޅި ކުޅުމާއި، ކުލަ ޖެހުމަށެވެ. ބައެއް ރަށްރަށުގައި މި ނޫންވެސް ކުޅިވަރުތަކާ އެކު އީދުގެ ފޯރި ވަނީ ނަގަން ފަށާފަ އެވެ.

ނ. ވެލިދޫ އީދު ކުޅިވަރުގެ ތެރެއިން ރަންފޮށި އުފުލުހުން -- ފޮޓޯ: ނޫނު ފޮޓޯ
ނ. ވެލިދޫ އީދު ކުޅިވަރުގެ ތެރެއިން ރަންފޮށި އުފުލުހުން -- ފޮޓޯ: ނޫނު ފޮޓޯ

ނ. ވެލިދޫ އީދު ކުޅިވަރުގެ ތެރެއިން ރަންފޮށި އުފުލުހުން -- ފޮޓޯ: ނޫނު ފޮޓޯ

">އީދު ކުޅިވަރުތައް ފޯރިއާއެކު ކުރިއަށްގެންދާ ތ. ކިނބިދޫއިން ފާހަގަކޮށްލެވޭ އެއްކަމަކީ، ރަށުގެ ކުދިބޮޑު އެންމެން ގުޅިގެން ނިކުމެ އީދު މަޖާ ކުރާ ކަމެވެ. އެ ރަށުގައި ކުރިއަށް ގެންދާ އީދު ކުޅިވަރުތަކުގެ ތެރޭގައި ވާ ދެމުމާއި، ބައިސްކަލު ރޭސް ޖެހުން ފާހަގަކޮށްލެވެ އެވެ.

ތ. ކިނބިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން
ތ. ކިނބިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން

ތ. ކިނބިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން

މީގެ އިތުރުން ވެސް ބައެއް ރަށްތަކުގައި ކުލަ ޖެހުމާއި ފެންކުޅި ކުޅުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ތ. ވިލުފުށީގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު ކަމަކީ އީދު ބޯކިބާ މުބާރާތެވެ. އަމިއްލަ ފަރާތަކުން ސްޕޮންސަކޮށްގެން ފައިސާގެ އިނާމު ލިބޭ ގޮތަށް ބޭއްވި މި މުބާރާތުގައި ރަށުގެ ހަތަރު ވިލާއިން ބޯކިބާ ބައިވެރިކުރި އެވެ.

ބޯކިބާ މުބާރާތުން އެއްވަނަ ހޯދީ އަޅިވިލާ އެވެ. ދެ ވަނަ ހޯދީ ނޫވިލާ އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އެކުވެރިކަން އާލާކުރަން. ކުރީގެ ސަގާފަތާއި އާދަކާދަތައް ދިރުވަން. އެހެންވެ އީދު ބޯކިބާ މުބާރާތް ބޭއްވީ،" ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވިދާޅުވި އެވެ.

ވިލުފުށީ ބޯކިބާ މުބާރާތުގެ ތެރެއިން. --- ފޮޓޯ: އަހްމަދު ޒައިން
ވިލުފުށީ ބޯކިބާ މުބާރާތުގެ ތެރެއިން. --- ފޮޓޯ: އަހްމަދު ޒައިން

ވިލުފުށީ ބޯކިބާ މުބާރާތުގެ ތެރެއިން. --- ފޮޓޯ: އަހްމަދު ޒައިން

ށ. ބިލެއްދޫ އީދު ކުޅިވަރުގެ ތެރެއިން ފެންކުޅި ކުޅުން
ށ. ބިލެއްދޫ އީދު ކުޅިވަރުގެ ތެރެއިން ފެންކުޅި ކުޅުން

ށ. ބިލެއްދޫ އީދު ކުޅިވަރުގެ ތެރެއިން ފެންކުޅި ކުޅުން

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox