އީދު ނަމާދަށް ވަކި ދެސޫރަތެއް ހާއްސަވީ ކީއްވެބާ؟

ކުރީ އަހަރެއްގެ އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ. -- ފޮޓޯ: އަދަދު

ކުރީ އަހަރެއްގެ އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ. -- ފޮޓޯ: އަދަދު

މިއަހަރުގެ އުފާވެރި ބޮޑު އީދުގެ ފޮނި ތަހާނީތައް އެންމެހާ މީސްތަކުންނަށް ހިތުގެ އެންމެ ފުންމިނުން އަރިސްކުރަމެވެ. މި އުފާވެރި އީދު ދުވަހުގައި ދައުވަތު މިއަރުވަނީ، އީދު ދުވަސްތަކަށް ހާއްސަ ނަމާދުތަކުގައި ސޫރަތުލްއަޢުލާ އާއި ސޫރަތުލްޣާޝިޔާ ކިޔުން ސުންނަތްވެގެންވުމުގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައިތޯ ފިކުރު ހިންގާލުމަށެވެ.

އެތައް ގޮތަކުން ރިވާވެގެންވާ ގޮތުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ދެ އީދު ދެ ނަމާދާއި ހުކުރު ނަމާދުގައި ކިޔަވާވިދާޅުވަނީ ފުރަތަމަ ރަކުއަތުގައި އަޢުލާ ސޫރަތް އަދި ދެވަނަ ރަކުއަތުގައި ޣާޝިޔާ ސޫރަތެވެ. މާތް ނަބިއްޔާ މިގޮތަށް އަމަލުކުރެއްވުމުން އިތުރު އެކަލޭގެފާނުގެ މި އަމަލުފުޅަކީ އެކަލޭގެފާނުގެ ސުންނަތެވެ. އަދި ދެ އީދު ދެނަމާދާއި ހުކުރު ނަމާދުގައި މިފަދައިން އަމަލުކުރުން އުންމަތުގެ މައްޗަށް އެއީ ސުންނަތްވެގެންވާ ކަމެއްކަމުގައި ވެގެންދިޔައީއެވެ.

ދެއީދެކޭ އެއްފަދައިން ހުކުރު ދުވަހަކީ ވެސް ހަފުތާގައި އަންނަ މުސްލިމުންގެ އީދު ދުވަހެކެވެ. އެދުވަހަށް ހާއްސަ ނަމާދަކީ ހުކުރު ނަމާދެވެ. އެހެންކަމާއެކު އީދުތަކާއި މި ދެސޫރަތާ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބުއްދީގެ ނަޒަރުން ވިސްނާލުމަކީ މުހިންމު ކަމެކެވެ.

Advertisement

ނިކަން ވިސްނާވަޑައިގަންނަވާށެވެ! ފަރުޟު ފަސް ނަމާދުގެ ތެރެއިން އެންމެ މަދު ރަކުއަތްތަކެއްގެ މައްޗަށް އޮންނަނީ ފަތިސް ނަމާދެވެ. އެ ނަމާދު ދެރަކުއަތުގެ މައްޗަށް ކަނޑައެޅިފައި އޮތުމުގައި ނަމާދުގެ ވަގުތާ ގުޅުވައި، އިންސާނިއްޔަތަށް ލުއިކޮށްދިނުން ހިމެނިފައިވާކަން އެނގެއެވެ. އީދު ފަދަ އުފާވެރިކަން ފާޅުކުރުން ސުންނަތްވެގެންވާ މުނާސަބަތާ ގުޅުވައިގެން ކުރެވޭ ނަމާދު އެއީ ދެ ރަކުއަތުގެ މައްޗަށް ކުރު ނަމާދަކަށްވެފައިވަނީ ވެސް މުނާސަބަތާ ގުޅުވައި އެފަދަ މަތިވެރި ހިކުމަތާ ގުޅިގެންކަން ސާފެވެ.

އެޔާއެކު މި ދެރަކުއަތަށް ހާއްސަ ދެ ސޫރަތަށް ނަޒަރެއް ދެއްވާށެވެ! އަޢުލާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި، ހަނދާން ކޮށްދެނީ ކަލާނގެއެވެ. ހެއްދެވި ފަރާތެވެ. އެޔަށްފަހު ވިދިގެން އޮތް އާޔަތުގައި މާތް ނަބިއްޔާއާ މުހާތަބުކުރައްވާ އެ އަންގަވަނީ ކަލޭގެފާނަކީ ކިޔަވާ ވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާނޭ ކަމުގައެވެ. އެޔާއެކު ނުވަ ވަނަ އާޔަތް ބައްލަވާށެވެ! "ފަހެ، ހަނދުމަކޮށްދިނުމުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!"

އާދޭހެވެ! ދެ އީދަކަސް އީދުގެ އުފާވެރިކަން އަޔަކަސް ތިމާ ހެއްދެވި ފަރާތުގެ މަތިން ހަނދާންކުރުމާއި އަނެކުންނަށް ހެއްދެވި ފަރާތް ހަނދާންކޮށްދިނުމަށް ދައުވަތު ދެވޭ ސޫރަތެކެވެ. އަދި ހަމަ އެހެންމެ ﷲ ހަނދުމަކުރުމުން ދުރުހެލިވާ ފަރާތަށް ނަރަކައިގެ ބިރުވެރި އިންޒާރު އޭގެ ފަހުގައި ގެންނަވާފައިވެއެވެ.

އަޢުލާ ސޫރަތުގެ 16 ވަނަ އާޔަތާއި 17 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ އިންސާނީ ހަގީގަތަކީ، ދެއީދު ދުވަހާއި ހުކުރު ދުވަހަށް ހާދަހާ މުނާސަބު ހަނދާންކޮށްދިނުމެއް ވެސްމެއެވެ. "އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާއިރުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ."

ދެން ދެވަނަ ރަކުއަތުގައި ކިޔެވުން ސުންނަތްވެގެންވާ ޣާޝިޔަތު ސޫރަތަށް ނަޒަރެއް ދެއްވާށެވެ! އެސޫރަތަކީ އަޢުލާ ސޫރަތާ ވިދިގެން އޮތް ސޫރަތެވެ. އަދި ދެވަނަ ރަކުއަތުގައި އެސޫރަތް ކިޔެވޭއިރު، އެއީ ފުރަތަމަ ރަކުއަތުގައި ކިޔެވުނު އަޢުލާ ސޫރަތުގައި ހުރި ބަޔާންކުރުންތަކާ ގުޅުވާލެވޭ އިތުރު ބަޔާންކުރުންތަކެއްވެސްމެއެވެ.

ފުރަތަމައަށް އެއޮތީ ޤިޔާމަތްދުވަހުގެ ބިރުވެރިކަމުގެ ވާހަކައިގެ ހަނދާންކޮށްދިނުމެކެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ނިކަމެތި ހާލުގެ ހަނދާންކޮށްދިނުމެކެވެ. އެއީ ފުރަތަމަ އާޔަތުން ފެށިގެން ހަތްވަނަ އާޔަތުގެ ނިޔަލަށެވެ. އެޔާއެކު އަށްވަނަ އާޔަތުން ފެށިގެން ސޯޅަވަނަ އާޔަތުގެ ނިޔަލަށް ސުވަރުގޭގެ އަހުލުވެރިންގެ އުފާވެރި ދިރިއުޅުމުގެ ތަސްވީރު މަންޒަރުކޮށްދެއްވާފައިވެއެވެ.

އެއަށްފަހު 17 ވަނަ އާޔަތާއި 18 ވަނަ އާޔަތުގައި، "ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟" މިފަދައިން ވަޙީކުރައްވައި، އޭގެ ވިދިގެން އޮތް ދެއާޔަތުންނާއެކީގައި، ވިސްނާފިކުރުކޮށް ކަންކަމުގެ ހިކުމަތްތަކަށް ނަޒަރުކުރުމަށް ދެއްވާފައިވާ ދައުވަތަކީ، ޝައްކެތް ނެތެވެ. ދެއީދާއި ހުކުރު ދުވަސް ފަދަ މަސައްކަތްތަކުން ހުސްވެގެން އިންސާނުން ތިބޭއިރު، ހަމަ ކޮންމެހެން ހުސް ސިކުނޑިތަކަށް ދެވޭނެ އެންމެ ފުރިހަމަ ދައުވަތެވެ. އެފަދަ ވިސްނާފިކުރު ހިންގުމުގެ ދައުވަތަކަށް ދެއީދާއި ހުކުރު ދުވަސްފަދަ މަސައްކަތްތަކުން ވީއްލިގެން ހުސްވެގެން މިތިބޭ މުނާސަބުތުތަކަށްވުރެ މުނާސަބު އެހެން ހަމަ އެއްވެސް ދަނޑިވަޅެއް ނާންނާނެ ނޫންތޯއެވެ؟

ޝައްކެތް ނެތެވެ. އީދު މިއޮތީ އަހަރެމެން އުފާފާޅުކުރުމަށެވެ. އެޔާއެކު މިދެ ސޫރަތުން ލިބޭ އެންމެ ބޮޑު މެސެޖަކީ، ހެއްދެވި ފަރާތް ހަނދުމަކުރުމާއި ނަރަކައިގެ ބިރުވެރިކަން ހިތުގައި މަންޒަރުކުރުމާއި ސުވަރުގޭގެ އުފާވެރިކަން ހިޔާލަށް ގެނެސްގަތުމާއި މިކަންކަމަކީ އަހަރެމެންގެ އީދު އުފަލުގެ ތެރޭގައި މާތް ﷲ ހިމަނުއްވާފައިވާ ކަންކަންކަމެވެ.

އާދޭހެވެ! އެހެން ހުރިހާ ބާވަތެއްގެ މުޖުތަމައުތަކަށްވުރެ އިސްލާމީ މުޖުތަމައު ތަހުޒީބުވެފައި ކެރިފޯރުންތެރިވެގެންވާކަމުގެ މައްޗަށް މި ދެސޫރަތުން ދަލީލު ލިއްބައިދެއެވެ. އެހެނީ އިސްލާމްދީނުގައި އީދުގެ ފަލްސަފާ ގޮވާލަނީ ކުޅިވަރާ މަޖަލުގައި ބުއްދިއާ ދުރަށް ދިއުމުގެ ބަދަލުގައި ބުއްދީގެ ބޭނުންކުރުން އެއީ އީދު ފާހަގަކުރުމާއި އުފާވެރިކަމުގެ ބައެއްގެ ގޮތުގައި ހެދުމަށެވެ.

އީދު ފާހަގަކުރުމުގައި މުންކަރާތްތަކެއް ހިންގާނަމަ އެކަންކަން ހުއްޓުވުމަށް ނަސޭހަތްތެރިވެ ބާރުއަޅަންޖެހޭނެއެވެ. އެކަމުގެ މަންހަޖު ވެސް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. އިލްމުވެރިންނަށް އޮތް މިންގަނޑަކީތޯއެވެ؟ އިލްމުވެރިންނަކީ މާތް ނަބިއްޔާގެ ވާރުތަވެރިންނެވެ. މި ސޫރަތުގެ 21 ވަނަ އާޔަތުން ސޫރަތް ނިމެންދެން ވިދާޅުވާށެވެ! "ފަހެ، ކަލޭގެފާނު ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. އެމީހުންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ފުރަގަސްދީ، ކާފިރުވި މީހަކަށް މެނުވީއެވެ. ފަހެ، ﷲ އެމީހަކަށް ބޮޑުވެގެންވާ އަޒާބުން އަޒާބު ދެއްވާނެއެވެ. ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންކަލާނގެ ހަޒުރަތަށެވެ. ދެން އެމީހުންގެ ހިސާބުބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންކަލާނގެއަށެވެ."

އާދޭހެވެ! އިލްމުވެރިންގެ ދައުރަކީ ހަނދާންކޮށްދިނުމެވެ. އެއްގޮތަކަށް ވެސް ހަރުކަށިކަން ދެއްކުމާއި ރުޅިވެރި ބަސްތަކުން މުހާތަބުކުރުމާއި މަލާމާތްކޮށް ފަލީހަތްކުރުމަކީ އިލްމުވެރިންގެ މަންހަޖެއް ނޫނެވެ. ﷲ ގެ މަތިން ހަނދާން ނައްތާލާ މީހުން ހިސާބު ބެއްލެވުމުން އޮތީ މާތް ﷲ އަށެވެ. އިލްމުވެރިންނަށް އޮތީ އިންސާނުންނަށް އޯގާތެރިކަމާއެކު ހަނދާންކޮށްދިނުމެވެ.

އަހަރެމެންގެ ދިވެހި މުޖުތަމައުގައި އީދު ފާހަގަކުރާއިރު، އީދުގެ މުނާސަބަތު ފަށައިގަންނަ އީދު ނަމާދުގައި ކިޔެވުން މި ދެސޫރަތަށްވުރެ މުނާސަބު ދެ ސޫރަތެއް ނެތްކަން ކިހާ ސާފުތޯއެވެ. މަތިވެރި މާތް ނަބިއްޔާގެ ސުންނަތުގެ ފުރިހަމަކަމާއި އިތުރު އެކަލޭގެފާނުގެ ނަމޫނާ ދިރިއުޅުއްވުމުގައި ހުރި ހިކުމަތުގެ ގިނަކަމާއެވެ! ޤުރުއާނުގެ އިލާހީ މުޢުޖިޒާތުގެ ބޮޑުކަމާއެވެ! އަދިވެސް އެއްފަހަރު ހުރިހާ މީސްތަކުންނަށް އީދު މުބާރަކެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox