ފްލޯޓިން ސިޓީ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް، ފީގެ ގޮތުގައި ދައުލަތަށް އެއް މިލިއަން ރުފިޔާ

ފްލޯޓިން ސިޓީ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފްލޯޓިން ސިޓީ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ މަޝްރޫއު އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް އެ ކުންފުންޏާއެކު ސަރުކާރުން މިރޭ ސޮއިކޮށްފި އެވެ.

މިއީ ގާނޫނަށް އިސްލާހު ގެނައުމަށް ފަހު، ކުރިން ޓޫރިމަށް ދޫކޮށްފައިވާ އޮތް ތަނެއް އިންޓެގްރޭޓެޑް ޕްރޮޖެކްޓަކަށް ބަދަލުކުރި ފުރަތަމަ މަޝްރޫ އެވެ.

ފްލޯޓިން ސިޓީ ފަޅުތައް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރެވުނު ފަހުން މިވީ ދިހަ އަހަރުގެ ތެރޭގައި އެއިން ފަޅެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މިފަހުން އެ ތަނުގައި ވިލާ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ބައިސަން މޯލްޑިވްސްއާ ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވެ އެވެ.

Advertisement

"އަލަށް އަޅުގަނޑުމެން ދީފައި އޮތް ތަނެއް އިންޓަގެރޭޓެޑް ޕްރޮޖެކްޓަކަށް ބަދަލުކޮށްލުމުގެ އެގްރީމެންޓު؛ ޑަޗް ޑޮކްލޭންޑްސްއާ އެއްކޮށް އަޅުގަނޑުމެން ކުރިން ނިންމާފައި އޮތް ފަޅު އިންޓަގެރޭޓެޑް މޮޑެލްއަށް ބަދަލުކޮށްލީ،" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

މި މަޝްރޫއު އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކުރުމުގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދައުލަތަށް އެއް މިލިއަން ރުފިޔާ އެ ކުންފުނިން ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ބޭއްވި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އަދި ޑަޗް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކެޕް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފްލޯޓިން ސިޓީއެއް އެޅުމަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑް ކުންފުންޏަށް 200 ހެކްޓަރުގެ ފަޅެކެވެ. "ފްލޯޓިން ސިޓީ މޯލްޑިވްސް"ގެ ނަން ދެވިފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނެ އެވެ.

ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

ޑަޗް ކުންފުނިން މީގެ ކުރިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ އެ ކުންފުނިން ވެފައިވާ އެއްބަސްވުމުގެ ތެރެއިން ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުންނެވެ.

މަޝްރޫއު އިންޓެގްރޭޓެޑް މޮޑެލްއަށް ބަދަލުކުރުމުން އެ ކުންފުންޏަށް ޓޫރިސްޓު ރިސޯޓުގެ އިތުރުން ހައުސިން ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިގެންދާނެ އެވެ.

"އިންޓަގްރޭޓެޑް މޮޑެލްގައި ޖާގަދޭ ރިއަލް އެސްޓޭޓް ޓޫރިޒަމަށް، އެއީ ގާނޫނާއި ގަވައިދުގައި ލިޔެފައި އޮތް ކަމެއް، އިކޮނޮމިކް ކައުންސިލްގެ އެޕްރޫވަލް ބޭނުންވާ ކަމެއް ނޫން އެއީކީ،" މައުސޫމް ވިދާޅުވި އެވެ.

މަޝްރޫއު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

ޑަޗް ކުންފުނީގެ ސީއީއޯ ޕައުލް ވަނީ މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިން "މާޔޫސްކޮށް ނުލާނެ" ކަމަށް ވެސް ޕައުލް ވިދާޅުވި އެވެ.

ޑަޗް ކުންފުނީގެ ސީއީއޯ ޕައުލް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޑަޗް ކުންފުނީގެ ސީއީއޯ ޕައުލް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޑަޗް ކުންފުނީގެ ސީއީއޯ ޕައުލް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭނާ ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ލިބުނު ހުއްދައާއެކު، ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި މި މަޝްރޫއު ނިމި، ފްލޯޓިން ސިޓީގައި އަމަލީ ކުލަތައް ޖެހިގެންދާނެ އެވެ.

ފްލޯޓިން ސިޓީގައި ގާއިމްކުރާ ގެތައް ވިއްކުމަށް އެ ކުންފުނިން ގަސްދު ކުރާ އަގަކީ 250،000 ޑޮލަރު ކަމަށް ޕައުލް ވިދާޅުވި އެވެ.

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: ފޮޓޯ: ބައިސަން މޯލްޑިވްސް
ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: ފޮޓޯ: ބައިސަން މޯލްޑިވްސް

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: ފޮޓޯ: ބައިސަން މޯލްޑިވްސް

މީގެ ކުރިން އެ ކުންފުނިން ވަނީ ފްލޯޓިން ސިޓީ ތަޖުރިބާކުރުމަށް، ފަޅުގައި އެސެމްބްލް ކުރާ މޮކަޕް އައިލެންޑަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ޒިޔާރަތްކޮށްލެވޭނެ ކަމަށް މީގެ ކުރިން ބުނެފައިވީނަމަވެސް މިހާތަނަށް އެ މޮކަޕް ދައްކާލާފައެއް ނުވެ އެވެ.

ޕައުލް ވަނީ މޮކަޕް ދައްކާލުމަށް އާ ތާރީހެއް މިރޭ ދެއްވާފަ އެވެ. އެގޮތުން އަންނަ އޮގަސްޓު މަހުގެ މެދު ތެރޭގައި ޒިޔާރަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ވެސް ވަނީ މި މަޝްރޫއު ހަގީގަތަކަށް ވެގެންދާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"އަޅުގަނޑަކީ އިންޖިނިއަރެއް ނޫން، އަޅުގަނޑަށް ފެނޭ ކުރެހުންތަކާ އެއްޗެހި، އެ ކުރެހުންތަކުން ދެން ވަރަށް ރަނގަޅު، ދެން މީގަ އަޅުގަނޑުމެން ވިސްނާލިއިރު އަޅުގަނޑުމެންނަށް ގެއްލޭނެ އެއްޗެއް ނެތް، އެއްޗެއް ގެއިން ވާން އޮތީ، މިހާރު ވެސް ރާއްޖެއަށް މިކަމުން ލިބުނު ޕަބްލިސިޓީ ވަރަށް ރަނގަޅު،" މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ބޭނުން ވަނީ ރާއްޖެ މި ދެންނެވި ގޮތަށް ދުނިޔޭގައި މަޝްހޫރު ވާން،"

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފަޅުގެ ވަށައިގެން ރަށްތަކެއް ހިއްކައިގެން އެތެރޭގައި ފްލޯޓިން ގެތައް އަޅައިގެންނެވެ. އެގޮތުން ހިއްކާ ރަށްތަކުގެ ތެރެއިން، ކަނުގައި އިންނަ ރަށުގައި ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި، ދެން ހިއްކާ ރަށްތަކަކީ ޔޮޓް މެރީނާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑަކާއި ރެސްޓޯރެންޓުފަދަ ތަންތަން އަޅަން ހަމަޖެހިފައިވާ ތަނެކެވެ.

"ދެން އެ ތަނުގައި ހުންނާނެ ކުދިކުދި ރަށްތައް، އެއީ ގެތައް ރައްކާތެރިކުރުމަށް ހުންނަ ޕްރޮޓެކްޝަން އައިލެންޑުތައް، އެއީ ރާޅުތައް ވަނަ ނުދިނުމަށް ޓަކައި ހަދާ ރަށްތަކެއް،" އެ ކުންފުނީގެ ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް މި ނޫހަށް ވިދާޅުވި އެވެ.

އެ ތަނުގައި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ތަންތަން ވެސް ގާއިމްކުރާނެ ކަމަށާއި އެގޮތުން ފުލުހުންގެ ހިދުމަތްތައް ފަދަ ކަންކަން ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox