ރައީސް އާއި ގާސިމްގެ ބައްދަލުވުން: ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރައްވާ

ރައީސް ސޯލިހާއި ގާސިމް ސަން އައިލެންޑްގައި ބައްދަލު ކުރައްވަނީ. --- ފޮޓޯ: އަލީ ސޯލިހް

ރައީސް ސޯލިހާއި ގާސިމް ސަން އައިލެންޑްގައި ބައްދަލު ކުރައްވަނީ. --- ފޮޓޯ: އަލީ ސޯލިހް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި އިންތިހާބާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަން އެނގިއްޖެ އެވެ.

ހުކުރު ދުވަހު މާމިގިއްޔަށް ވަޑައިގެން ސަން އައިލެންޑުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އިންތިހާބުގެ މަޝްވަރާތައް އެ ބައްދަލުވުމުގައި ކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

"2023 ގެ އިންތިހާބާ ގުޅޭ އެއްވެސް މަޝްވަރާއެއް އެ ބައްދަލުވުމުގައި ކޮށްފައިނުވޭ. ނަމަވެސް، އިގްތިސާދީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއި ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި،" އެ ބައްދަލުވުމާ ގުޅޭގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އަރިހުގައި އެ މަނިކުފާނާ އަރިސް ސަރުކާރުގެ އިސް ބޭފުޅުންގެ ވަފްދެއް ވެސް ސަން އައިލެންޑަށް ވަޑައިގަތެވެ.

އެގޮތުން، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބޭފުޅުން ހުކުރު ދުވަހު މާމިގިއްޔަށް ވަޑައިގަތުމުން ރަތް ދޫލައިގައި މަރުހަބާ ދެންނެވީ ވެސް ގާސިމް އެވެ. އަދި، ޖުމްހޫރީ ޕާޓީގެ އިސްވެރިން ވެސް ރައީސަށް މަރުހަބާ ދެންނެވުމަށް ގޮސް ތިއްބެވި އެވެ.

މިއީ ކޮވިޑް-19 ގެ ފަހުން ގާސިމް އާއި ރައީސް އެއް މޭޒަކުން ބައްދަލުވެ މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ކޯލިޝަނުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ވާހަކަ ދައްކަވާފަ އެވެ. އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ގޮތެއް ނުނިންމަވާ ކަމަށް ގާސިމް ރާއްޖޭގެ މީޑިއާ އަކަށް ވިދާޅުވި އެވެ.

ވެރިކަމަށް ކޯލިޝަނަކާ އެކު ވަޑައިގެން އެންމެ ގިނަ ދުވަހު ކޯލިޝަން ދެމެހެއްޓެވީ ރައީސް ސޯލިހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޖުމްހޫރީ ޕާޓީގެ ހިއްސާ އޮތެވެ. ނަމަވެސް، ހިޔާލު ތަފާތުވެ ކޯލިޝަނުން ވަކިވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox