ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓުތައް ކުރުމަށް މުއިއްޒު އެދިވަޑައިގެންފި

Sep 23, 2026, 11:03 PM
ސެޕްޓެމްބަރު 23، 2026: ސައުދީ އަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު

ސެޕްޓެމްބަރު 23، 2026: ސައުދީ އަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު

ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓުތައް ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. 

އެ ގައުމުގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ބިނާކުރަން ބޭނުންވަނީ ރާއްޖޭން 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ސައުދީ އަރަބިއްޔާގެ އިތުރު އިންވެސްޓްމަންޓްތަކާއި ތަރައްގީގެ ބައިވެރިވުންތަކަށް މަރުހާބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް.  އަޅުގަނޑުމެން މިތިބީ އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލައި، އިންވެސްޓްމަންޓް މާހައުލު ހަރުދަނާކޮށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ބަދަލުތަކުގައި ސައުދީ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

އޭގެ ތެރޭގައި ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ގެދޮރުވެރިކަމާއި، ސިއްހީ ދާއިރާ އާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ލޮޖިސްޓިކްސް އަދި އެނޫންވެސް ކުރިއަރަމުން އަންނަ ދާއިރާތައް ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި. އެ ދާއިރާތަކުން ބޮޑެތި ފުރުސަތުތަކެއް މުސްތަގުބަލަށް ފެންނަން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ސައުދީ އަރަބިއްޔާ އާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބީ ހަމައެކަނި ތަރައްގީގެ އެހީ ލިބިގަންނަ ފަރާތެއްގެ ގޮތުގައި ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިންވެސްޓްމަންޓާއި، ވިޔަފާރީގެ ދާއިރާއިން މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox