ވޯލްޑް ކަޕަށް ކޮލިފައިނުވުމުން މިސްރު ކޯޗުކަމުން ކުއެރޯޒް ވަކިކޮށްފި

Apr 11, 2022, 4:46 PM
މިސްރުގެ ކޯޗު ކާލޮސް ކުއެރޯޒް.-- ފޮޓޯ: އޭއެފްޕީ

މިސްރުގެ ކޯޗު ކާލޮސް ކުއެރޯޒް.-- ފޮޓޯ: އޭއެފްޕީ

ގާހިރާ، މިސްރު (އޭޕްރީލް 11) - މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިނުވުމުން އެ ޓީމުގެ ކޯޗު ކާލޯސް ކުއެރޯޒް މަގާމުން ވަކިކޮށްފި އެވެ.

ކުރިން ރެއާލް މެޑްރިޑާއި ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަން ކުރި ކުއެރޯޒް، މިސްރު ޓީމާ ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ކުއެރޯޒްގެ ކޯޗުކަމުގައި މިސްރުން ވަނީ ކެމަރޫންގައި މި އަހަރު ކުރީކޮޅު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި ކުޅެފަ އެވެ. ފެބްރުއަރީ މަހު ކުޅުނު އެފްރިކަން ކަޕް ފައިނަލާއި މިދިޔަ މަހު ކުރިއަށްދިޔަ ވޯލްޑް ކަޕް ކޮލިފައިން އެފްރިކަން ޕްލޭއޮފްގައި މިސްރު ބަލިވީ ޕެނަލްޓީ ޖަހައިގެން ސެނެގޯލް އަތުން ބަލިވެގެންނެވެ.

Advertisement

ޕްރެޝަރު ދެ މެޗުން ވެސް ސެނެގޯލް އަތުން ބަލިވީ މިސްރުގެ ކޯޗިން ޓީމަށް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވިގެން ކަމަށް ބުނެ، މިސްރު މީޑިއާ އިން ވަނީ ކުއެރޯޒްގެ ބައެއް ނިންމުންތަކަށް ފާޑުކިޔައިފަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް މިސްރު ކޮލިފައިވި އެވެ. އެކަމަކު، މި ފަަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން މިސްރަށް ފުރުސަތު ނުލިބުމަކީ ކޯޗިން ޓީމުން ޒިންމާ ނަގަން ޖެހޭ ކަމެއްގެ ގޮތުގައި މިސްރު ފުޓްބޯޅަ ފެޑެރޭޝަން އަށް ގަބޫލުކުރެވޭތީ ނިންމީ ކުއެރޯޒް މަގާމުން ދުރުކުރުމަށެވެ.

އެ ގޮތުން ކުއެރޯޒްގެ ކޮންޓްރެކްޓް އުވާލީ އޭނާއާ މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެފަރާތް އެއްބަސްވެގެންނެވެ.

ކުއެރޯޒަށް މިހާރު ވަނީ އިރާގުގެ ގައުމީ ޓީމާ ހަވާލުވުމުގެ ހުށަހެޅުން ލިބިފަ އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗުކަން ކުރި ކުއެރޯޒް ވަނީ ޕޯޗުގަލް އާއި މިސްރުގެ އިތުރުން އީރާނާއި ކޮލަމްބިއާ އަދި ދެކުނު އެފްރިކާ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox