ޓާފް ދަނޑެއްގައި ކުޅެން ޖެހޭތީ މިސްރު ޓީމުން ސަލާހު ވީއްލައިފި

Oct 13, 2024, 3:25 AM
ޓާފް ދަނޑެއްގައި ކުޅެން ޖެހޭތީ މިސްރު ޓީމުން ސަލާހު ވީއްލައިފި

ގާހިރާ، މިސްރު (އޮކްޓޫބަރު 13) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރުން ދެން ކުޅެން އޮތް މެޗު އާޓިފިޝަލް ޓާފެއްގައި ކުޅެން ޖެހޭތީ އާއި އެކި ކަހަލަ ސަލާމަތީ ސަބަބުތަކަށް ބަލައިފައި، އެ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު ޓީމުން ވީއްލަން މިސްރުން ނިންމައިފި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިން ފުރަތަމަ ލެގުގައި، ހުކުރު ދުވަހު މޮރިޓާނިއާ އަތުން މިސްރު ވަނީ 2-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ސަލާހު ލަނޑު ވެސް ޖެހި އެވެ. އަންގާރަ ދުވަހު، ދެ ވަނަ ލެގުގައި، މޮރިޓާނިއާ ދަނޑުގައި ކުޅޭއިރު، އެ މެޗުގެ ކުރިން ސަލާހު މި ވަނީ ޓީމު ކޭމްޕުން ވީއްލައިފަ އެވެ.

މިސްރުގެ މީޑިއާތަކުން އެ ޓީމުގެ ކޯޗު، ހޮސާމް ހަސަންއާ ހަވާލާދީފައި ބުނެފައިވަނީ، މޮރިޓާނިއާ އިން އިންޓަނޭޝަނަލް މެޗުތައް ކުޅޭ އާޓިފިޝަލް ޓާފް ދަނޑުގެ ހާލަތު މި ވަގުތު ހުރި ގޮތުން، އަނިޔާވުމުގެ ފުރުސަތު އޮތުމާ އެކު، ސަލާހު ޓީމުން ވީއްލީ ކަމަށެވެ.

Advertisement

މި ނިންމުމާ އެކު، ސަލާހު، ލިވަޕޫލްގެ ކޭމްޕާ ގުޅޭނެ އެވެ. އޭނާގެ އިތުރުން، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވެސް އަވަހަށް ޓީމާ ގުޅޭނެ އެވެ. އެއީ، ނޭޝަންސް ލީގުގައި ހަންގޭރީއާ އެއްވަރުވި މެޗުގައި ވެން ޑައިކް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެހެންވެ، ދެން އޮތް މެޗަށް ވެން ޑައިކް ސަސްޕެންޑްވެފައިވާތީ، ނެދަލެންޑްސް އިން ނިންމީ އޭނާ ރިލީސްކުރުމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox