ވެލެންސިއާ ބޭނުންވި ގޮތަށް މެޗު ފަހެއް ނުވި

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ވެލެންސިއާގެ ސިއްޕެ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ ޒަޔާން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ވެލެންސިއާގެ ސިއްޕެ (ވ) އަތުން ބޯޅަ ހޯދަން ޓީސީގެ ޒަޔާން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދޭން ވެލެންސިއާ އިން އެދުނު ނަމަވެސް އެކަން އެ ގޮތަށް ނުވިކަން ހާމަވެއްޖެ އެވެ.

މިދިޔަ އަންގާރަަ ދުވަހު ވެލެންސިއާ އިން އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ކޮލިފައިން ފުރަތަމަ ބުރުގައި ވަނީ 120 މިނިޓް ކުޅެގެން ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ 2-1 އިން ބަލިކޮށްފަ އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ވެލެންސިއާ އިން ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގަ އެވެ.

ޕަރޯ އަތުން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ލީގު ހިންގާ ކޮމިޓީ އާއި އެފްއޭއެމްގެ ފަރާތުން އިލްތިމާސެއްކޮށްފަ އެވެ. އެއީ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާ އިން ކުޅެން ޖެހޭ ފުރަތަމަ މެޗު ކަމަށްވާ، މިރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދިނުމަށެވެ.

ޕަރޯ މެޗަށް ފަހު ފެސްކޯ ބުނީ ޓީސީ މެޗު ނިމޭ ގޮތަށް ޖެހިގެން އަންނަ ދުވަހު ވެލެންސިއާ އިން ބަންގްލަދޭޝަށް ފުރަން ޖެހޭނެ ކަމަށާއި ރޯދަ މަސް ތެރޭ 12 ވަރަކަށް ގަޑިއިރުގެ ދަތުރެއް ކޮށްފައި ގޮސް އެއް ޕްރެކްޓިސް ކޮށްފައި ބައިނަލްއަގުވާމީ މެޗެއް ކުޅުން އެއީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.

"ޓްރެވަލިން އަކީ ވަރަށް ލޯޑް. ހަގީގަތުގައި މި ވަރުގެ މެޗެއް ކުޅުމޭ އެއް ވަރަށް ލޯޑް ނަގާ ކަމެއް. ޓްރެވަލިން އަކީ. ދެން ގޮސްފައި، ގާތްގަނޑަކަށް އެއް ދުވަސް، 24 ގަޑިއިރު ފަހުން އެބަޖެހޭ އަނެއް މެޗު ކުޅެން. އެއީ އުނދަގޫ ސިޓުއޭޝަނަކަށް ވާނެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މި ޕީރިއަޑް ތެރޭގައި ރެސްޓްކުރެވޭނެ (އަރާމް ކުރެވޭނެ) ކަހަލަ އެހެން ކަހަލަ އިންތިޒާމެއް އެފްއޭގެ ފަރާތުން ނޫނީ ލީގު އޮގަނައިޒްކުރާ ފަރާތުން ހަދާލައި ދެއްވިއްޔާމު އެއީ ޓީމަށް ލިބޭނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އިން ބުނީ ރަސްމީކޮށް މެޗު ލަސްކުރެވޭތޯ މަސައްކަތްކުރި ކަމަށާއި އެކަމަކު، ޝެޑިއުލް އޮތްގޮތާ މެދު ކުރިން ކްލަބުން އެއްބަސްވެފައިވާތީ މެޗު ފަސްނުކުރެވޭނެ ކަމަށް އެފްއޭއެމް އިން އަންގާފައިވާ ކަމަށެެވެ.

މެޗު ލަސްކޮށްދޭން އެފްއޭއެމުން ކިރިޔާ ވެސް ބެލީ މެޗު ކުޅެން އޮތް ދެ ޓީމު އެ ގޮތަށް ރުހޭނަމަ ކަމަށާއި މިއީ ހަގީގަތުގައި ދެ ޓީމުން ގޮތަކަށް އެއްބަސްވުމަށް ވުރެ ބޮޑަށް ލީގު އިންތިޒާމްކުރާ ފަރާތުގެ ކަމެއް ކަމަށް ވެލެންސިއާ އިން ފާހަގަކުރެ އެވެ.

އެފްއޭއެމުން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން ޕްރިލިމިނަރީ ދެ ވަނަ ބުރުން ވެލެންސިއާ މޮޅުވެއްޖެނަމަ ޕްލޭއޮފްގައި ކުޅެން ޖެހޭނީ މި މަހު 19 ވަނަ ދުވަހު އެވެ. ޕްލޭއޮފަށް ގޮސް ވެލެންސިއާ ކުޅެން ޖެހޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ސްރީ ލަންކާގެ ބްލޫސްޓާ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާ އެވެ.

ޕްލޭއޮފަށް ވެލެންސިއާ ދަތުރުކޮށްފިނަމަ މި މަހު 17 ގައި ވެލެންސިއާ އިން މާޒިޔާއާ ކުޅެން ޖެހޭ މެޗު ފަސްކުރާނެ އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރި ކްލަބް އީގަލްސް އިން އެ ދުވަސްވަރު ދިވެހި ލީގުގައި ކުޅެން އޮތް މެޗުތައް ފަސްކުރި އެވެ.

ވެލެންސިއާ އިން މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގުގެ ތިން ވަނަ މަގާމަށް މުހިންމު މެޗެކެވެ. ވެލެންސިއާ މި ވަގުތު ތިން ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ހަތަރެއްގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

ޓީސީ އަށް މިރޭގެ މެޗުން މޮޅުވެގެން ތިން ވަނަ އަށް އެރޭނެ އެވެ. ވެލެންސިއާ އިން މަގާމު ދަމަހައްޓައި، ލީގުގެ ރޭހުގައި އޮންނަން ބޭނުންނަމަ މިރޭގެ މެޗުންް މޮޅުވާން ޖެހޭނެ އެވެ. އަމުދުން މާޒިޔާ ބަލިވެފައި އޮތް ހަފްތާއެއްގައި އޭގެ ފައިދާ ނެގުން އެއީ ވެލެންސިއާ އިން ބޭނުންވާނެ ކަމެކެވެ.

ވެލެންސިއާގެ އަނިޔާގެ މައްސަލަ ފުނިޖެހިފައި

ވެލެންސިއާ އިން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ކުޅުނުއިރު، ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް، ފުލްބެކް، އަހުމަދު ސިޒާން (ސިއްޕެ) ހުރީ އަނިޔާގަ އެވެ. ޕަރޯ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ހުސެއިން ފައިސަލް (ފައިޓޯ) އަށް ވެސް ވަނީ އަނިޔާވެފަ އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރައި ކުޅުނު ކަމުގައި ވިޔަސް އިސްމާއިލް އީސާ (މެސީ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެއްކޮށް ފިޓެއް ނޫނެވެ.

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުނީ ޓެސްޓްތަކުގެ ނަތީޖާ ދަށްކާ ގޮތުން ހަލީލް ޖެހޭނީ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ކަމަށެވެ. އަދި ސިއްޕެގެ ކަކުލަށް ލިބިފައިވާ އަނިޔާ އިން ވެސް ރަނގަޅުވާން ވަގުތު ނަގާނެ ކަމަށް ބެލެވޭއިރު، އެންމެ ފަހުން ކުޅުނު މެޗުގައި ފައިޓޯ އަށް ލިބުނު އަނިޔާ އަށް ވާ ގޮތެއް ސީދާ ބުނަން އެނގޭނީ ރިކަވަރީ ދާ ގޮތް ބެލުމަށް ފަހު ކަމަށެވެ.

ސެންޓޭ، އަނިޔާއިން ރަނގަޅުވެ މަޑުމަޑުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނައިރު، އޭނާގެ ރިކަވަރީ ދަނީ ރަނގަޅަށް ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ. އަދި މިހާރު ބޮޑަށް މަސައްކަތް ކުރަނީ ސެންޓޭގެ ޖިމް ސެޝަންތަކެއް ގެންގޮސް ސްޓްރެންތަނިން އަށް މަސައްކަތް ކުރުމަށެވެ.

"މި ހާލަތުގައި ވެސް ހަފްތާއެއްހާ ދުވަސް ތެރޭ އިންޓަނޭޝަނަލް ދެ މެޗު (އޭއެފްސީ ކަޕް ދެ މެޗު) ހިމެނޭ ގޮތަށް ތިން މެޗު ކުޅެން މި ތިބީ. ދެން ނެތް މީގެ އިތުރު ގޮތެއް ހެދޭނެ. ދަތުރު ވަރުބަލިވިޔަސް ރިކަވާ ނުވިޔަސް ކުޅެން ޖެހޭނީ،" ކުޑަ ހީނާ ބުންޏެވެ.

ވެލެންސިއާގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް ވެސް މި ވަގުތު ހުރީ އަމިއްލަ ސަބަބަކާ ހުރެ ޓީމާ ދުރުގަ އެވެ. އެންމެ ފަހުން ވެލެންސިއާ އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗާއި ޕަރޯއާ ބައްދަލުކުރި މެޗުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓީ ދެ ވަނަ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ޕަރޯއާ ދެކޮޅަށް ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވެސް ތޮލާލް އެވެ. އެ މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު، އެ ކަމަށް ފެސްކޯ ވަނީ ތައުރީފުކޮށްފަ އެވެ.

ފައިސަލް ވަނީ ވެލެންސިއާ އިން ރިލީސް ހޯދަން ހުށަހަޅައިފަ އެވެ. ވެލެންސިއާ އިން އަންނަނީ އެ ކަމަށް ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންނެވެ.

މިރޭ ޓީސީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox