ޑަޗް ޑޮކްލޭންޑްސްގެ ފްލޯޓިން ސިޓީގެ ޕާޓްނަރެއްގެ ގޮތުގައި ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްއާ ދެމެދުވި އެއްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްއާ ދެމެދުވި އެއްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސިޓީ ކައުންސިލް

ރާއްޖެއަށް ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ފްލޯޓިން ސިޓީގެ މަޝްރޫއުގެ ޕާޓުނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން އެ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަލް އާއެކު ސޮއިކޮށްފި އެވެ.

ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި ކައުންސިލުން ބައިވެރިވީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

Advertisement

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕް އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމަކަށް ވާނަމަ މިހާރުގެ ކައުންސިލުން އެކަމަކަށް މަރުހަބާ ކިޔާނެ ކަމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މޭޔަރު ވިދާޅުވި އެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލު ކުރި މިއީ ދެ ވަނަ ފަހަރެވެ. މި ޕްރޮޖެކްޓުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. އޭރު ފްލޯޓިން ރަށްތަކަކާއި ގޯލްފްކޯހެއް ހަދަން ޑަޗް ޑޮކްލެންޑްސް ކުންފުންޏާ ހަވާލުކުރި ކަމަށް އޭރުގެ ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. ނަމަވެސް، އެ ޕްރޮޖެކްޓު ވުޖޫދަކަށް ނާދެ އެވެ.

އޭގެ ފަހުން އަނެއްކާވެސް ހަމަ އެ ކުންފުންޏާއެކީ ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ މާޗުގަ އެވެ.

"ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދެވިފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތަކުން އެނގޭ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކޮށްފައި އެބަހުއްޓެވެ. އެއީ ބަނޑޮހާ ބަރޮހާ ދޭތެރޭގައި އޮންނަ ފަޅަކާއި ހުވަފެންފުށީ ހުޅަނގުން އޮންނަ ފަޅަކާއި އާރަށުގެ އުތުރުން އޮންނަ ދެ ފަޅެކެވެ.

ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox