ކްރިމިނަލް ކޯޓުގަ މިހާރު ހުރި ވަސީލަތްތަކާއެކު ބެކްލޮގް ސާފުކުރަން 16 އަހަރު ނަގާނެ: ހިސާން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެމްޑީޕީގެ ޖަލްސާއެއްގައި އަތް ހިއްލަވައި ވޯޓެއް ދެއްވަނީ. ޖުޑިޝަރީ ކޮމިޓީގައި އޭނާ މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓްގެ ބެކްލޮގް ކްލިއާ ކުރަން އަދި 16 އަހަރު ހޭދަވާނެ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެމްޑީޕީގެ ޖަލްސާއެއްގައި އަތް ހިއްލަވައި ވޯޓެއް ދެއްވަނީ. ޖުޑިޝަރީ ކޮމިޓީގައި އޭނާ މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓްގެ ބެކްލޮގް ކްލިއާ ކުރަން އަދި 16 އަހަރު ހޭދަވާނެ ކަމަށް.

ކްރިމިނަލް ކޯޓުގައި މިވަގުތު ހުރި ވަސީލަތްތަކާއެކު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރަން 16 އަހަރު ހޭދަވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ހުރި މައްސަލަތައް، އެ ކޯޓްގައި މިހާރު ތިބި މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ނިންމާ ނަމަ އެކަމަށް 16 އަހަރު ދުވަސް ހޭދަވާނެ ކަމަށެވެ. އެހެންވީމާ އެހެން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓަށް ބަލައިލާ ކަމަށް ވަންޏާ މިހާރު ކްރިމިނަލް ކޯޓްގަައި މިއޮތް ބެކްލޮގް، މިހާރު މި މަސައްކަތްކުރާ ވަގުތާއި މިހާރު މި މަސައްކަތްކުރަން ލިބިފައި ހުރި ވަސީލަތްތަކާއި މުވައްޒަފުންނާއި އެކު ކުރާކަމަށް ވާ ނަމަ އެ ބެކްލޮގް ކްލިއާ ކުރަން އެބަ ނަގާ 16 އަހަރު،" އޭނާ ވިދާޅުވި އެވެ.

ކޯޓްތަކުގައި މައްސަލަތައް ތާވަލުކުރުން ލަސްވާ މައްސަަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ޖޭއެސްސީ އާއި ބައެއް ކޯޓްތަކުގެ ފަނޑިޔާރުންނާ ބައްދަލުކުރަން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހިސާން ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުން މަސައްކަތްކުރަމުން އަންނަނީ 2000 ވުރެ ގިނަ މައްސަލަތައް ހިމެނޭ ބެކްލޮގަކާ އެކުގައި ކަމަށެވެ.

"ދެހާސް ނަވާރަ ވަނަ އަހަރު އަޅުގަނޑުމެން ފެށީ، ކްރިމިނަލް ކޯޓްގައި 2022 މައްސަލަޔާ އެކު. އޭގެ މާނައަކީ 2022 މައްސަލައިގެ ބެކްލޮގަކާ އެއްކޮށް އަޅުގަނޑުމެން 2019 ސްޓާޓްކުރީ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވަރަށް މައްސަލަތައް ނުނިމި އޮތް އިރު އަހަރަކު އިތުރު 900 މައްސަލަ ހުށަހެޅެ އެވެ. އެހެންވީމާ އެކޯޓުން މަސައްކަތް ކުރަން ޖެހެނީ އަހަރަކު އިތުރަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ މައްސަލަތަކާ ވެސް އެކުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓްގައި އެހާ ގިނަ މައްސަލަތައް ހުރީ ގިނަ ސަބަބުތަކަކާ ހެދި އެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މައްސަލަ ނުނިންމުނު އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާއި ހެދީ ވެސް ބެކްލޮގް އިތުރުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ދައްކަވާ އުޒުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން ތަފާސް ހިސާބަށް ބަލައިލާ އިރު 2020 ވަނަ އަހަރު އަޅުގަނޑުމެނަށް މަސައްކަތް ކުރެވުނީ 168 ދުވަހު. ކޯޓްތަކަށް މަސައްކަތް ކުރަން ލިބުނީ. އެއީ މީހުން ހާޒިރުނުކުރެވިގެން. ކޯޓް ބަންދުކުރަން ޖެހިގެން، ގައުމު ލޮކްޑައުނަށް ގޮސްގެން، ޖަލުތައް ބަންދުކޮށްގެން،" ހިސާން ވިދާޅުވި އެވެ.

ދެވަނަ ސަބަބަކީ އެ ކޯޓްގައި ގާޒީންގެ އަދަދުވެސް މަދުވުން ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލައެެއް ނިންމުމަށް ޓަކައި އެވްރެޖްކޮށް 10 އަޑު އެހުން ބާއްވަން ޖެހޭ ކަމަށާއި އެހެންވީމާ ދުވާލަކު އެއް އަޑުއެހުމަށް ވުރެ ގިނަ އަޑު އެހުން ބޭއްވިޔަސް އެހާ ގިނަ މައްސަލަތައް ނުނިންމޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓްގެ ބެކްލޮގް ކްލިއާ ކުރުމަށްޓަކައި އެންމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހަރެއް ވަންދެން ނުރަސްމީ ގަޑީގައި މަސައްކަތް ކުރާނެ

ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓްގައި ނުނިމި ހުރި މައްސަލަތައް ނިންމަން ހިސާން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ބޮޑު ހުށަހެޅުމެއް އެބަ އޮތެވެ. އެއީ އެކޯޓްގެ ރަސްމީ ގަޑީގެ ފަހުން ހަވީރު 5:00 އާ ހަމައަށް މަސައްކަތް ކުރުމެވެ. އެގޮަތަށް އެއް އަހަރު ދުވަސް ވަންދެން މަސައްކަތް ކުރަން ޖޭއެސްސީން ހުށަހަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ޕްރޮޮޕޯސްކުރާ ގޮތަކީ ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މިކުރާ މަސައްކަތުގެ އިތުރުން 2:00 އިން 5:00 އަށް ކްރިމިނަލް ކޯޓް ހިންގަން. އެއް އަހަރު ދުވަހަށް،" ހިސާން ވިދާޅުވި އެވެ.

އެގޮތަށް މަސައްކަތް ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެގޮތަށް މަަސަައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ކުރެވޭނީ ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިންސެންޓިވް އެއް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް އަހަރު ދުވަހުގެ ތެރޭގައި ހޭދަވާނީ އޭނާ ވިދާޅުވި ގޮތުގައި ތިން މިލިޔަން ރުފިޔާ އެވެ.

އޭގެ ބަދަލުގައި ކްރިމިނަލް ކޯޓަށް އިތުރު ގާޒީން ނަގައިފި ނަމަ އަހަރަކަށް ފަސް މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްލޭނަށް މަސައްކަތް ކޮށްގެން ނަތީޖާ ނެރެވެނީ ކިހާ ވަރަކަށްތޯ ޖޭއެސްސީން ބަލާނެ އެވެ. އަދި ހިސާން ވިދާޅުވީ އެކަށީގެންވާ ނަތީޖާއެއް ނުނެެރެވޭ ނަމަ އެެ ޕްލޭން ޖެހޭނީ ހުއްޓައިލަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox