ސިޓީ ކައުންސިލްގެ އަމާޒަކީ ވިއްކާ ސްލޮޓުތަކުން ޕާކިން މައްސަލައަށް ހައްލެއް ހޯދުން

ސަލްމާން މިސްކިތް ކައިރިން ދޫކޮށްފައިވާ ޕާކިން ސްލޮޓުތައް. -ފޮޓޯ: އަދަދު

ސަލްމާން މިސްކިތް ކައިރިން ދޫކޮށްފައިވާ ޕާކިން ސްލޮޓުތައް. -ފޮޓޯ: އަދަދު

މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް ވިއްކުމުގެ ބޭނުމަކީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކު ކުރުމަށް މިހާރު ދިމާވެފައިވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މީހުންނާއި ވެހިކަލުން ފުރި ތޮއްޖެހިފައިވާ މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ނިންމައި އެ މަސައްކަތަށް ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަކަން މި ނޫހުން ރިޕޯޓުކުރުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ސިޓީ ކައުންސިލްގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ އެ ސްލޮޓުތައް ވިއްކަން ނިންމީ މިހާރު ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

"ގާތްގަނޑަކަށް 80،000ރ. ފަދަ ބޮޑު އަގެއްގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވުން ނިމުމަކަށް ގެނައުން އުއްމީދަކީ. 80،000ރ. އަށް ގޭގެއިން ގަންނަ ސްލޮޓް އެމީހާއަށް ގިނަ ފަހަރު ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލާ އެގްރީމަންޓެއް ހަދައިގެން ލިބޭ ގަރާޖު ސްލޮޓަކީ ވެހިކަލްގެ އުމުރަށް އެ ވެހިކަލް ބާއްވަން ޔަގީންކަމާއެކު ދެވޭ ސްލޮޓެކެވެ.

އަދި ޕާކިން ބިލްޑިންތައް އެޅުމަށްފަހު، އެ ބިލްޑިންތަކަށް ސްލޮޓު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ މިހާރި ވިއްކަން ނިންމާފައިވާ ސްލޮޓުތަކުގެ ތެރެއިން 25 ޕަސަންޓް ހާއްސަ ކުރެވޭނީ ޓެކްސީތަކަށް ކަމަށެވެ.

އަދި އެ ސްލޮޓުތައް ކުރަހާނީ މާލޭގެ 20 ފޫޓަށް ފުޅާ މަގުތަކުގެ ތެރެއިން ސައިކަލި ޒޯނަކަށް ނާރާ ގޮތަށް ޓްރެފިކަށް ވެސް ބާރުބޮޑުނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ސަބަބަކާ ހުރެ މިސާލަކަށް ތަރައްގީގެ މަޝްރޫއުއެއް ހިންގަން ޖެހިއްޖެނަމަ ސްލޮޓުގެ ލޮކޭޝަން ބަދަލުކުރަންޖެހިއްޖެނަމަ އެކަން ސިޓީ ކައުންސިލުން ކޮށްދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް މި ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހު އެވެ. ގާތްގަނޑަކަށް 211 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައި އޮއްވާ އެ މަސައްކަތް ހުއްޓާލީ އޭގައި މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެނެވެ.

އެކަމާ ގުޅިގެން އޮފިޝަލް ވިދާޅުވީ މިފަހަރު ސްލޮޓުތައް ވިއްކަން ހުޅުވާލާނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ލިޔެކިޔުންތައް ވެރިފައިކޮށް ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ދައްކައި އެއްބަސްވުމެއް ވެސް ހަދައިގެން ކަމަށެވެ.

މިގޮތުން، މާލޭގެ ޗާޓޫން ސްލޮޓުތައް ހުރި ތަންތަނާއި، ބޭނުންވާ ސްލޮޓުތައް ތަރުތީބުން ހިޔާރުކޮށް ހުށަހެޅުމުން ލިބެންހުރި ސްލޮޓުތަކުގެ ތެރެއިން ސްލޮޓެއް ހަމަޖައްސައިދެވޭނެ އެވެ.

"ކަމާބެހޭ ރަސްމީ އިއުލާނު ވަރަށް އަވަހަށް ކުރެވޭނެ. އަދި އޮންލައިން ޕޯޓަލް ހުޅުވާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޕާކު ކުރުމަށް ހާއްސަ ޒޯނުތަކެއް ކަނޑައަޅައި، އެތަންތަނުން ފީ ނެގުމުގެ އިހްތިޔާރު އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ލިބެ އެވެ. ނަމަވެސް ޕާކިން ސްލޮޓު ވިއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައެއް ނެތެވެ.

ޕާކިން ސްލޮޓުތައް ވިއްކުމަށް މަސައްކަތް ކުރާއިރު ޕާކު ކުރާނެ ޖާގަ ނެތުމަކީ ގާތްގަނޑަކަށް 150،000 މީހުން ދިރިއުޅޭ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އދ. ގެ އޮފީހަކުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހައެއްކަ އަކަ ކިލޯމީޓަރުގެ ކުޑަ މާލޭގައި އެކަނި ވެސް 72،000 ވެހިކަލް ދުއްވަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox