ސަރުކާރުގެ މައްސަލަތައް ބަލަން އިދިކޮޅުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފި

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސްވެރިން: އިދިކޮޅުން ވަނީ މި ސަރުކާރުގެ މައްސަލަތައް ބަލާ ޒިންމާދާރުކޮށްދޭން ގޮވާލާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސްވެރިން: އިދިކޮޅުން ވަނީ މި ސަރުކާރުގެ މައްސަލަތައް ބަލާ ޒިންމާދާރުކޮށްދޭން ގޮވާލާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުރިހާ ބާރެއް މުށު ތެރެއަށް ލައްވަން މަސައްކަތް ކުރަމުންދާ މައްސަލަ ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އިނގިރޭސި ބަހުން އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި އިންތިހާބުގެ ކެމްޕެއިނާ ގުޅުވާ ސަރުކާރަށް ސީރިއަސް ތުހުމަތުތަކެއް ކުރި އެވެ. އަދި ސަރުކާރުގެ އަމަލުތަކަކީ މި ގޮނޑި ކާމިޔާބު ކުރުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ހިންގި އަމަލުތަކެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

އެ ބަޔާނުގައި ބުނިފެއިވާ ގޮތުގައި ކޮމަންޑޫ ގޮނޑި ކާމިޔާބު ކުރަން ސަރުކާރުން ކުރިން ތާވަލު ނުކުރާ 1.19 ބިލިއަން ރުފިޔާ މަޝްރޫއު ހިންގި ފެށި އެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކެމްޕެއިން ކުރަން ދައުލަތާއި ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކުރި ކަމަށް ވެސް ބުންޏެވެ.

މި އަދަދަށް މަޝްރޫއުތައް ފެށި ކަމަށް އިދޮކޮޅުން ބުނި ނަމަވެސް އެއީ ކޮންް މަޝްރޫއުތަކެއް ކަމެއް ބަޔާނުގައި ނުބުނެ އެވެ.

ނަމަވެސް އިންތިހާބާ ގުޅުވާ ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑު އާއި ފޯކައިދޫ އާއި މަރޮށީގައި މަޝްރޫއުތަކެއް ފެށި އެވެ. އަދި މި މައްސަލައިގައި އިދިކޮޅުގެ އިތުރުން ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ މި ހުރިހާ ކަމަކީ ވެސް ސަރުކާރުން ދުރާލާ ރާވައިގެން ކުރި ކަންތައްތަކެވެ.

އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބާރުތައް ނިގުޅައިގަނެ ކޮމިޝަނުގެ މަސައްކަތްތައް ސަސްޕެންޑު ކުރުވީ ގަސްތުގައި ކަމަށާއި މީގެ ސަބަބުން މުޅި އިންތިހާބު ނިމިގެން ދިޔައިރު ވެސް އިންތިހާބުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަނުގެ އަމަލުތައް ބަލާނެ ތަހުގީކުރާނެ މިނިވަން މުއައްސަސާއެއް ނެތް ކަމަށް ބުންނެވެ.

"ބައި-އިލެކްޝަންގެ ހުރިހާ ކަމެއް ނިމިގެން ދިޔައި އިންތިހާބުގެ ތެރޭގައި މި ސަރުކާރުން ކުރި ކަންކަަން ބަލާނެ ނޫނީ ތަހުގީގުކުރާނެ އެއްވެސް މިނިވަން މުއައްސަސާއެއް ނެތި،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްކޮށް ބަޔާނުގައި ބުނީ އަހަރުތަކެއް ވަންދެން ޑިމޮކްރެސީގެ "ޗެމްޕިއަނުން" ކަމުގައި އެ ޕާޓީން ވަކާލާތު ކުރި ނަމަވެސް، މި އިންތިހާބުން އެ ޕާޓީގެ އަސްލު އެނގިގެން ގޮސްފި ކަމަށެވެ. އަދި އެމްޑީޕީގެ ހަގީގީ ފިކުރަކީ ޑިމޮކްރެސީއާ ބީރައްޓެހި ގާނޫނީ ބާރުވެރިކަން ކަނޑުވާލާ ފިކުރެއް ކަން ސާބިތު ވެއްޖެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އިދިކޮޅުން އިތުރަށް ބުނީ ރައީސް ސޯލިހާއި މި ސަރުކާރުން އެދަނީ ހުދުމުހުތާރު ކަމާ ދިމާލަށް ކަމަށާއި، އެ މަނިކުފާނު ގެންދަވަނީ އިންތިހާބުވެޑައިގެންނެވި ޑިމޮކްރެޓިކް ނިޒާމަށް ހަމަލާދެމުން ކަމަށެވެ. އަދި، މިކަމަށް އެ މަނިކުފާނަށް ވާގިވެރިވަނީ ކުރީގެ ސަރުކާރުތަކާ ދެކޮޅަށްް ބަގާވާތްކޮށްފައިވާ ހަރުކަށި މީހުންގެ ސަރުކާރުގެ ބާރުގަދަ މަގާމުތަކުގައި ތިބިގެން ކަމަށް ތުހުމަތު ކުރި އެވެ.

"މީގެ ކުރިން ޑިމޮކްރެސީ އުވާލަން ގޮވާލާ، ކުރީގެ ސަރުކާރުތަކާ ދެކޮޅަށް ބަގާވާތްކުރީ ބައެއް ހަރުކަށި މީހުން މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިބި، (ސަރުކާރުން) ހިންގާ ޑިމޮކްރަސީއާ ދުރު އަމަލުތަކުގައި ވާގިވެރިވަނީ އެ މީހުން،" އިދިކޮޅުގެ ބަޔާނުގައި ވެ އެވެ.

އެ މައްސަލަތައް ބަލަން ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލަމުން އިދިކޮޅު ކޯލިޝަނުން ބުނީ ގާނޫނު އަސާސީން ލިބިދޭ ބާރުތަކާއި ޑިމޮކްރެޓިކް ނިޒާމު މުގުރާލަން ކުރަމުންދާ ކަންކަން ބަލާ ޒިންމާދާރުކުރުވަން ޖެހޭ ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ވާގިނެތިފައިވާ މުއްސަސާތަކުން ރަނގަޅަށް މަސައްކަތްކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބަޔާނުގައި ވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާއަށް ހާއްސަކޮށްގެން ސަރުކާރުން ގިނަ މަޝްރޫއުތަކެއް އިއުލާނުކުރި ކުރި ކަމަށް ކުރާ ތުހުމަތުތައް ސަރުކާރާއި އެމްޑީޕީން ދޮގުކުރެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ ގިނަ މަޝްރޫއުތަކެއް މުޅި ރާއްޖޭގައި ވެސް ކުރިއަށްދާ ކަމަށެވެ. އަދި މައްސަލައެއް އޮތް ނަމަ މިނިވަން މުއައްސަސާތަަކަށް ހުށަހަޅުއްވަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox