ފެނާއި ނަރުދަމާގެ ހިދުމަތް ނެތް ހުރިހާ ރަށެއްގެ މަޝްރޫއުތައް ހަވާލުކޮށްފި

ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: މި ސަރުކާރަށްވީ ތިން އަހަރުގެ ތެރޭގައި މިހާތަނަށް ފެނާއި ނަރުދަމާގެ ގާއިމް ކުރުމަށް ވެވުނު އެއްބަސްވުންތަކުގެ އަގު 5.8 ބިލިއަން ރުފިޔާއަށް އަރާ-- ފޯޓޮ: އެމްޓީސީސީ

ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: މި ސަރުކާރަށްވީ ތިން އަހަރުގެ ތެރޭގައި މިހާތަނަށް ފެނާއި ނަރުދަމާގެ ގާއިމް ކުރުމަށް ވެވުނު އެއްބަސްވުންތަކުގެ އަގު 5.8 ބިލިއަން ރުފިޔާއަށް އަރާ-- ފޯޓޮ: އެމްޓީސީސީ

ރާއްޖޭގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތް 39 ރަށުގައި އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

"ފެނާއި ނަރުދަމާގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު އެވެ.

އެ ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. އެކަމުގެ މަސައްކަތްތައް ކުރަން، ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކުރަން ވެސް ޖެހެ އެވެ.

Advertisement

ރައީސް ސޯލިހް ވެރިކަމާ ހަވާލުވި އިރު، އެ އަހަރުގެ ނޮވެމްބަރު 17އާ ހަމައަށް ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމް ކުރެވި އޮޕަރޭޓް ކުރެވިފައި ވަނީ 37 ރަށެއްގަ އެވެ. ނަރުދަމާގެ މަސައްކަތް ކުރެވި ބޭނުން ކުރެވެމުން ދިޔައީ 69 ރަށެއްގަ އެވެ.

2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 48 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދެ އެވެ. ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް 60 ރަށެއްގައި ކުރިއަށްދެ އެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނާއި އިންޑިއަން އެގްޒިމް ބެންކް ކްރެޑިޓް ލައިން އާއި އޯޕެކް ފަންޑްގެ އެހީގައި 32 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމާއި 53 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި އެކި މަރުހަލާ ތަކުގައި ކުރިއަށްދެ އެވެ.

ކޮވިޑާ އެކުވެސް މަޝްރޫތައް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުން މިހާތަނަށް ނުވަ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމާއި އަށް ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކޮށް އަންނަނީ ބޭނުން ކުރަމުންނެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ 188 ރަށުގެ ތެރެއިން މިހާތަނަށް ބަޔަކާ ހަވާލުކޮށްފައި ނުވާ 16 ރަށުގެ ނަރުދަމާގެ މަސައްކަތާއި 23 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަވާލު ކުރި އެވެ. އެ ކޮންޓްރެކްޓްތަކުގެ ޖުމްލަ އަދަދު 920 މިލިއަން ރުފިޔާ އެވެ.

އެއާއެކު 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނާއި ނަރުދަމާގެ ގާއިމް ކުރުމަށް ވެވުނު އެއްބަސްވުންތަކުގެ އަގު 5.8 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެހެން ކަމުން މި ސަރުކާރުގެ ތިން އަހަރު ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ރައްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ހިދުމަތް ނެތް 141 ރަށެއްގައި ވަނީ އެ ނިޒާމު ގާއިމް ކުރުމަށް ފެށިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox