ދިއްގަރުން ކީ ރިސޯޓަކުން ކިޔާނެ މަރުހަބާ: ޓޫރިޒަމް

ނައިބު ރައީސް ފައިސަލް ނަސީމު (ކ-3) މ، ދިއްގަރު މިސްކިތެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމު (ކ-3) މ، ދިއްގަރު މިސްކިތެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެއްވެސް ޓޫރިސްޓަކު ނުދާ މ. ދިއްގަރުން ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް ކީ ހޫނު މަރުހަބާ އާއި މެހެމާންދާރީ އަކީ، އެންމެ ފުރަތަމަ ރަށަކަށް ދިއްގަރުގައި ހޯމްސްޓޭ ތައާފަރުކުރާ މައިގަނޑު އެއް ސަބަބު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގައި މިނިސްޓްރީގެ ޓީމުތައް 60 ވަރަކަށް ރަށަަށް ދަތުރުކުރިއިރު، އެންމެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރީ ދިއްގަރުން ކަމެވެ.

ޖެނުއަރީ އެއް ވަނަ ދުވަހު ތައާރަފުކުރާ ހޯމްސްޓޭ، ފަށާ ރަށަކަށް އެ ރަށް ކަނޑައެޅީ އެ ރަށުން ލިބުނު މެހެމާންދާރީ އާއި އެ ރަށުގެ ރައްޔިތުންނާއި ކައުސިލުން އެކަމަށް އެދުނު މިންވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

"ރިސޯޓަކަށް ދިޔައީމަ ލިބޭ މެހެމާންދާރީ ދިއްގަރަށް ދިއުމުން ލިބުނު، އެ ބޭފުޅުންނަކަށް ނޭނގޭނެ އެކަމަށް އުންމީދު ކޮށްގެން ކަމެއް އަޅުގަނޑމެން ތިބީ،" ހޯމްސްޓޭ ތައާރަފު ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިއްގަރުން މިނިސްޓްރީގެ ޓިމަށް މަރުހަބާކީ ބޮޑުބެރުންނެވެ. ބަޓްލާ އެއް ކޮންމެ މީހަކަށް ހަމަޖައްސާފައިވާއިރު، ކޮޓަރިތަކަށް ދިޔައިރު، ޓެގު އަޅުވާފައިވާ ފޮށި ހުރީ ކޮޓަރިއަށް ގެންގޮސްފައި ކަމަށެވެ. ކައުންސިލްގެ ރައީސްގެ މަރުހަބާގެ ނޯޓެއް ކޮންމެ ކޮޓަރި އަކަށް ލާފައި އޮތްއިރު، ފެންވަރައިގެން ނުކުތްއިރު ރޭނގަނޑުގެ ކެއުމާއި ސަގާފީ އައިޓަމް އޮންނަ ތަނަށް ގެންގޮސްދިނުމަށް ބަޓްލާ އިންތިޒާރުގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިއްގަރު ކައުންސިލުން އަޅުގަނޑުމެންނަށް އެދުނީ ތިމަންނަމެންނަށް މިކަން ކުރެވޭނެ މަގެއް ދައްކައިދީފިއްޔާ، ދިއްގަރުން ނަމޫނާ ދައްކާނަމޭ މުޅި ރާއްޖެ އަށް، ބިން ފުރިފައި އޮތް ރަށެއްގަ ވިއަސް އެންމެ ބޮޑު އިގްތިސާދި ފުރުސަތަކަށް ފަތުރުވެރިކަން ވެގެން ދާނެ ކަމަށް،" މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ އަލީ ރަޒްއާން ވިދާޅުވި އެވެ.

ރަޒްއާން ވިދާޅުވީ 1،436 މީހުން ދިރިއުޅޭ ދިއްގަރުގައި ހޯމްސްޓޭ ފަށާނީ ހަތަރު ގެއަކުންނެވެ. އެ ރަށުގެ ކައުންސިލާއި ހަވާލާދީ އޭނާ ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި 50 ކޮޓަރި ހޯމްސްޓޭއަަށް ނެރެން ކައުންސިލުން ބޭނުންވާ ކަމަށާއި ކައުންސިލްގެ ދައުރު 2026 ގައި ނިމުމުގެ ކުރިން 200 ކޮޓަރި ހޯމްސްޓޭއަށް ނެރުމަކީ ކައުންސިލުގެ އަމާޒެއް ކަމަށެވެ.

ރާއްޖޭގައި ރިހާކުރު ކެއްކުމަށް މަޝްހޫރު ދިއްގަރުން، ފުރިހަމަ މެހެމާންދާރީ އެއް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށުގެ ގިނަ ޒުވާނުންނަކީ ޓޫރިޒަމް ދާއިރާގައި އެކިއެކި މަސައްކަތުގައި އުޅޭ ކަމުގެ ވައްޓަފާޅި ހުރި ބަޔަކަށް ވުން ކަމަށް މިނިސްޓްރީން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox