ރާއްޖެއާއި ޝާހިދަށް ދުނިޔޭގެ ބައެއް ވެރިންގެ ތައުރީފް

Sep 24, 2021, 2:07 PM
ރައީސް ސޯލިހު، އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު އެމެރިކާގައި. -ފޮޓޯ: ފޮރިން މިނިސްޓްރީ

ރައީސް ސޯލިހު، އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު އެމެރިކާގައި. -ފޮޓޯ: ފޮރިން މިނިސްޓްރީ

ބޮޑު އަގުލަބިއްޔަތަކުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން އެމަނިކުފާނާއި، ރާއްޖެއާއި މެދު ދެކޭ ގޮތުގެ ނަމޫނާއެއް ކަމަށް ބޮޓްސްވާނާގެ ރައީސް މޮކްގްވިސްތީ މަސީސީ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށް ދާ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ބޮޓްސްވާނާގެ ރައީސް ވިދާޅުވީ ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމަކީ ހައިރާންވާން ޖެހޭކަމެއް ނޫންކަމަށާއި، އޭނާ ރިޔާސަތަށް ވަޑައިގަތީ ތަޖުރިބާއާ ގާބިލްކަމާއެކުގައި ކަމަށެވެ.

އަދި ޝާހިދުގެ ޑިޕްލޮމެޓިކް ތަޖުރިބާ އާއި، ގާނޫނު ހަދާ މަޖިލީހުގެ ތަޖުރިބާގެ އިތުރުން ސަރުކާރު ހިންގުމުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ އާންމު މަޖިލީހުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާކަމަށް ވެސް ބޮޓްސްވާނާގެ ރައީސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޝާހިދުގެ މިޝަން ސްޓޭޓްމަންޓްގައި ހިމެނޭ "އުއްމީދުގެ ފަސް ދޯދި" އަކީ މިވަގުތު އިންސާނިއްޔަތަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް އުއްމީދެއްކަމަށެވެ.

"އެ އުއްމީދުތައް ހާސިލްކުރުމަށް އެމަނިކުފާނާ ގުޅިގެން، އެމަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް ބޮޓްސްވާނާއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެން،" ބޮޓްސްވާނާގެ ރައީސް ވިދާޅުވި އެވެ.

އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީޝިއާގެ ރައީސް ޑޭވިޑް ޕަނުއެއްލޯ ވެސް ވަނީ ޝާހިދަށާއި ރާއްޖެއަށް ތައުރީފުކުރައްވާފަ އެވެ.

އަދި މި ހައްސާސް ދަނޑިވަޅުގައި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސާތާ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ބޭފުޅަކު ހަވާލުވުމަކީ ފާހަގަކުރަން ޖެހޭކަމެއް ކަމަށް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖްތަމައުގައި އަޑުއުފުލާ އަދި ގައުމުތައް ލީޑްކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރައްވައި، ދެ ގައުމު އަދި ޖަޒީރާ ގައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް މައިކްރޯނީޝިއާގެ ރައީސް އަލިއަޅުއްވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox