ދިގު ވާހަކަ: ސަނީ

ދިގު ވާހަކަ: ސަނީ

(16 ވަނަ ބަޔާ ގުޅޭ)

"ނަވާ." ވޭނުން ފުރިގެންވާ ރާގެއްގައި އެ އަންހެން ކުއްޖާ ގޮވާލި އެވެ.

ނަވާޒު ހީކުރީ އެއީ އޭނާއަށް ފެންނަ ކުލަ ނުވާ ހުވަފެނެއް ކަމަށެވެ. އަވާމެންދުރެއްގެ ގޮތުގައި އޭނާއަށް އެ ދަންވަރު އެ މަންޒަރު ސިފަވަމުން ދިޔަ އެވެ. އެހެންވެ ނަވާޒަށް ދެ ލޯ ބޮޑުކޮށްލަމުން ބަލައިލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށެވެ.

"ނަވާޒޫ." އަނެއްކާ ވެސް އެ އަންހެން ކުއްޖާގެ ވޭނީ އަޑު އިވުނެވެ.

ނަވާޒަށް ތެޅި ގަނެވުނެވެ. އެއީ އޭނާގެ ހިތުގެ އަޑުކަން ޔަގީންވުމުންނެވެ. އޭނާ ދެ ލޯ ނޭދި އެދޭ ޖުމާނާގެ އަޑުކަން ކަށަވަރު ވުމުންނެވެ. އެކަމަކު އޭނާގެ ހިތުން ދެވަނަ ސުވާލު ބޭރަށް ފުންމައިލި އެވެ. ޖުމާނާ އެތަނަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ ޖުމާނާއަކީ ކާކުކަން އެ މީހުންނަށް އެނގޭނެ ހެއްޔެވެ؟

ނަވާޒަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާއަށް ފެންނަ މަންޒަރު ސިކުނޑިއަށް ގަބޫލު ކުރާން އުނދަގޫވީމަ އެވެ. ކުރިމަތީ އެ ހުރީ ޖުމާނާ ކަމެއް ނޫނީ އެހެން މީހަކު ކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. އެ އަންހެން ކުއްޖާގެ ބޮލަށްވަނީ ކަޅުކުލައިގެ ފޮތި އުރައެއް މަހައިލައިފަ އެވެ. ދެ އަތްވަނީ ފުރަގަހަށް ލައި ބަނދެފަ އެވެ. އެ އަންހެން ކުއްޖާގެ ހެދުމުގެ ފަސްބައި އޮތީ އެގޮތް މިގޮތަށް ކޮށައިލައިފަ އެވެ. ތަން ކޮޅުކޮޅުން އިރިފަ އެވެ. އޭނާގެ ކަށިމަތި ހާމައަށް ފެންނަމުން ދިޔަ އެވެ. ފަލަމަސްގަނޑާ ދިމާއިން ތިރިއަށް ކަށިމައްޗަށް ފައިބައިފައި ހުރި ލޭގެ ރޮނގުތައް ހުރީ ހިކިފަ އެވެ. އޭނާގެ ފަހަތުގައި ތިބީ ދެ ފިރިހެނުންނެވެ. އޭނާ އަތަކަށް ގުޑައިލަފާނެތީ ހިފަހައްޓައިގެން ތިބި ދެ މީހުންނެވެ.

"މަންމާ، ނަވާ... ސަލާމަތްކުރޭ." އެ އަންހެން ކުއްޖާގެ އަޑު ނުކުންނަމުން ދިޔައީ ކެނޑިކެނޑިގެންނެވެ.

"ޖުމާ." ނަވާޒު ބާރުބާރަށް ގޮވައިލި އެވެ.

"ނަވާ... އަހަރެން ސަލާމަތް..." ޖުމާނާ އަވަސް އަވަހަށް ބުނެލި އެވެ.

ޖުމާނާ އުޅުނީ ދުއްވާ ގަންނާށެވެ. އޭނާ ހިފަހައްޓައިގެން ތިބި ދެމީހުންގެ ކިބައިން ވީއްލި ގަންނާށެވެ. އެ ދެ މީހުން އޭނާ ހިފެހެއްޓޭތޯ ބެލި އެވެ. ހަސަނަށް އެ މަންޒަރު ފެނުނެވެ. އޭނާ އިނގިލީގެ އިޝާރާތާއެކު ދޫކޮށްލަން ބުނެލި އެވެ. އެހައި ހިސާބުން ޖުމާނާ މިނިވަންވި އެވެ.

ޖުމާނާ ވެސް ރޮމުން ގިސްލަމުން ކުރިއަށް ޖެހިލި އެވެ. ހިނގުމުގައި ދަތި ގޮތެއް ހުއްޓެވެ. ތަދެއްގެ އިހުސާސް އެ ހިނގުން ފެންނަ ކޮންމެ މީހަކަށް ކުރާނެ ގޮތަށެވެ. އޭނާގެ ދެ އަތް ބަނދެ، ބޮލަށް ކަޅުކުލައިގެ ފޮތި ކޮތަޅެއް މަހައިފައި ވުމާއެކު ދާންވީ ދިމާއެއް ނޭނގި ހުއްޓި ހުރެވުނެވެ. ރޯށެވެ. ގިސްލާށެވެ. ނަވާޒު އެ ދިމާއަށް ދުއްވާގަތެވެ. ހީވަނީ ރޯލު ލަސްވެފައިވާ ފިލްމެއްގެ މަންޒަރުތައް ސިފަވާ ހެންނެވެ. ނަވާޒު ދުވެފައި ގޮސް ޖުމާނާގެ ކުރިމައްޗަށް ހުއްޓިލި އެވެ. އޭނާއަށް ކެތެއް ނުކުރެވުނެވެ. ޖުމާނާގެ ގައިގައި އޮޅުލައިގަތީ އެވެ. ނަވާޒަށް ކުރި އަސަރުން އޭނާގެ ހިތް ބޭރަށް ނުކުންނަން އުޅޭހެން ހީވަމުން ދިޔަ އެވެ. އިރުކޮޅެއް ވަންދެން ޖުމާނާގެ ގައިގައި ބައްދަލައިގެން ނަވާޒަށް ހުރެވުނެވެ.

އެންމެ ފަހުން ޖުމާނާގެ ކޮނޑުގައި ހިފައި ދުރަށް ޖައްސާލި އެވެ. އަދި ޖުމާނާގެ ބޮލަށް މަހައިލައިފައިވާ ކޮތަޅު ނެގި އެވެ. އެއާއެކު ނަވާޒުގެ ދެ ލޯ ބޮޑުވި އެވެ. ޖުމާނާގެ ދެ ލޯ ފެނިފައި އޭނާ ފެންކަޅިވި އެވެ. ޖުމާނާގެ މޫނަށް ލިބިފައިވާ ގެއްލުންތައް ފެނި އޭނާ ހިތް ކުދިކުދިވި އެވެ. ނަވާޒު އަނގަމަތީގައި އަތް އެޅުނެވެ.

"މި ކޮން؟" ނަވާޒު ހައިރާން ކަމާއެކު ބުނެލި އެވެ.

"ނަވާ. އަހަންނަށް މައާފުކުރޭ. އަހަންނަށް މާފުކުރޭ." ޖުމާނާ ގިސްލަމުން ގިސްލަމުން ބުނެލި އެވެ.

"ކީއްވެ؟ ކޮންކަމެއް؟" ނަވާޒު ހައިރާން ކަމާއެކު ބުނެލި އެވެ.

ނަވާޒަށް ފިރުމައިލެވުނީ ޖުމާނާގެ ކޯތާފަތް މަތީގަ އެވެ. ޖުމާނާގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއި ލޮލުގައި އަޅައިފައިވާ އަނދުންތަކާއި މޫނުގައި އުނގުޅައިފައިވާ މޭކަޕްތައް އެއްވުމުން ކަރުނައިގެ ރޮނގުތައް ފެންނަނީ ކުލަފިހިން ކުރަހައިފައިވާ މަންޒަރެއްގެ ގޮތުގަ އެވެ.

"ކާކު ޖުމާ ބޮލަށް މިހެން ހެދީ؟" ވޭނީ އަޑަކުން ނަވާޒު ބުނެލި އެވެ.

ނަވާޒުގެ ކަޅި ތަތްވީ ޖުމާނާގެ އިސްތަށި ނެތް ބޮލުގަ އެވެ. ބޯ ބާލައިފައި ހުރި ގޮތުން އެއީ މީހަކު ގަދަކަމުން ކޮށްފައި ހުރިކަމެއްކަން ހާމަވެ އެވެ. ބައެއް ތަންކޮޅުކޮޅުން ހާވިނާގޮތަކަށް އިސްތަށިތައް ގަޅިތަކެއްގެ ސިފައިފައި ފެންނަ ހުއްޓެވެ. ޖުމާނާގެ ނިތްކުރިން ދެ ތަނަކުން ފަޅައިގެން ގޮސް ހުއްޓެވެ. އެ ތަނުން ނުކުތް ލޭތައް ހުރީ ހިކިފަ އެވެ. ބެދިފަ އެވެ. ޖެހި ތަދުވުމުން ހުންނަ ގޮތަށް އެތަންތަން ނޫފައިގެންފައެވެ. ފާޑަކަށް އުމަގު ވެފަ އެވެ.

"ޖުމާއަށް މިހެން ހެދީ ކާކު؟" އަސަރުން ފުރިގެންވާ ރާގެއްގައި ނަވާޒު އަހަލި އެވެ.

ޖުމާނާ ބަލައިލީ ތަންކޮޅެއް ދުރުގައި ހުރި ހަސަނަށެވެ. އެއަށްފަހު ޖުމާނާ ގަދަކަމުން ހިންދިރުވާލި އެވެ. ނަވާޒު ވެސް ބަލައިލީ ހަސަނަށެވެ. ނަވާޒުގެ ދެ ލޯ ކުޑަކޮށްލީ ރުޅިވެރި ގޮތަކަށެވެ.

"ކަލޭ ނުބޭހޭ ކަމެއް ވެސް ނެތެއްނު." ނަވާޒު ހަޅޭއްލަވާ ގަތެވެ.

ހަސަނު ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އޭނާ ބިނދިބިނދިފައި ހެނީ އެވެ. ބަނޑުގައި އަތްއަޅައިގެން އޮވެ އެވެ. އެ މަންޒަރު ފެނިފައި ނަވާޒު ރުޅިއަ އެވެ. އެހެންވެ އޭނާ ދުއްވާގަތީ ހަސަނާ ދިމާއަށެވެ. ނަވާޒު އެ ދިޔަ ގޮތަށް ގޮސް ހަސަނުގެ ގައިގައި ބޮނޑިއެއް އެޅި އެވެ. ހަސަނު އެއްލިގެން ދިޔައެވެ. އޭނާ ގޮސް ޖެހުނީ ފާރަށެވެ.

"ކަލޭ ކުރާކަމެއް ކުރާނީ މަށަށް. އެހެން މީހުންނާ ބެހިގެން ނުވާނެ." ނަވާޒު އަތާއެކު ތުންފަތް ތުރުތުރު އަޅައިލި އެވެ.

ނަވާޒު ހުރީ ހަސަނު ފާރާލައި ތަތްކޮށްލައިގެން ހިފަހައްޓައިގެންނެވެ. ބަދަލުގައި ހަސަނު އެއްވެސް ކަމެއް ނުކުރެ އެވެ. އެއްވެސް ހަރަކާތެއް ވެސް ނުގެނެ އެވެ. އޭނާގެ ތުންފަތުން އުދުހެމުން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާ ހުރީ ރަކިކޮށްލަން ހީނލާ ގޮތަށް ހީނލައިގެންނެވެ.

"ކަލޭ ކީއްހޭ ކުރީ؟" ނަވާޒު ފުފިގަތެވެ.

ހަސަނު ބަލައިލީ ދުރުގައި ހުރި ޖުމާނާ އަށެވެ. ހަސަނުގެ މޫނުމަތިން ފެންނަނީ މަލާމާތުގެ ނިޝާންތަކެވެ. ޖެއްސުމުގެ އަސަރުތަކެވެ. އޭނާ ބަލައިލީ ސީދާ ޖުމާނާގެ ކަށި މައްޗަށެވެ.

"ކަލޭ ކީއްވެހޭ އެހެން ހެދީ؟" ހަސަނުގެ ކޯތާފަތަށް ފިތައިލަމުން އަހައިލި އެވެ.

އެވަރުން ވެސް ހަސަނުގެ ވިސްނުމަކަށް ބަދަލެއް ނާދެ އެވެ. އޭނާގެ އިހުސާސްތަކަކަށް ބަދަލެއް ނާދެ އެވެ. އޭނާ ޖުމާނާއާ ދިމާއަށް ބަލަން ހުރީ ދަހިވެތި ގޮތަކަށެވެ. ނު ނަޒަރަކުންނެވެ.

"ކަލޭ ކީއްހޭ ކުރީ؟" ނަވާޒުގެ އިނގިލަތަކަށް ބާރުކޮށްލަމުން އަހައިލި އެވެ.

އެއާއެކު ހަސަނަށް ތަދު އިހުސާސްވާން ފެށި އެވެ. އޭނާގެ ކޯތާފަތަށް ނަވާޒުގެ އިނގިލިތައް ވަންނަމުން ދިޔުމުންނެވެ. ހަސަނު ގެނައި ކުއްލި ހަރަކާތަކާއެކު ނަވާޒު ބުރުވާލި އެވެ. ނަވާޒު ދުރަށް ދިޔަ އެވެ.

"ކަލޭއަށް އެއްވެސް ކަމެއް އެނގޭތަ؟" ހަސަނު ސުވާލުކޮށްލި އެވެ. "ކަލޭ ތިޔަ ހުރިހާ ސުވާލެއް އެ ކޫޑި ގާތުން އަހައިބަލަ."

ނަވާޒު ތެދުވަމުން ނޭފަތާއި އަނގަ އެކުގައި އޭނާގެ ކަނާއަތުގެ ނުފުށުން ފޮހެލި އެވެ. ހިތްހަމަ ނުޖެހިފައިވާ ގޮތަކަށް އޭނާ ބަލައިލީ ހަސަނާ ދިމާއަށެވެ. ޖުމާނާއަށް މުހާތަބުކޮށް އެފަދަ ބަސްތަކެއް އިއްވީމަ އެވެ.

"އޭ ކަލޭ ބޭނުންހާ އެއްޗެއް ނުކިޔޭނެ އިނގޭ." ނަވާޒު ހަޅޭއްލަވާގަތެވެ.

"ކަލޭ ގޮސް އަހައިބަލަ. ކޫޑި އެޅީތޯ ނޫނީ ކޫޑި ފިލުވީތޯ، ބޭސް ޖެހީތޯ ނޫނީ ބޭސް އެއްލައިލީތޯ." ހަސަނު ލަސްލަހުން ބުނެލި އެވެ.

"ކަލޭ ކޮން ވާހަކައެއް ދައްކާކަށް." ނަވާޒު ހިތްހަމަ ނުޖެހުނެވެ.

"މޮޅުކަމެއް ވެސް ދެރަކަމެއް ވެސް އެނގޭނީ އޮޅުންފިލުވީމައެއްނު. ޔަގީންވާ ކަމަކީ ކަލޭއަށް އެ ނަސީބު ވެސް ގެއްލިއްޖެކަން. އެ ފުރުސަތު ދޭނެ ހިތްވަރެއް އޭނާގެ ކިބައިގައި ނެތްކަން،" ހަސަނު މަލާމާތުގެ ރާގުގައި ބުނެލި އެވެ. "އާނ، މި ބުނީ އާކަން ކެނޑުނީމަ އޮފުދާރުކަން ގެއްލޭނޭ. އޭރުން ފަސޭހައިން މިލަ ހިފާނޭ."

ހަސަނު ދައްކާ ވާހަކަތައް ފަހުމު ނުވުމުން ނަވާޒު ބަލައިލީ ސީދާ ހަސަނާ ދިމާއަށެވެ.

"އާނ މި ދައްކަނީ އެ ވާހަކަ. އިތުރަށް ތިލަކުރާން ބޭނުން ނަމަ އޭނާ ގާތުން އަހާ. ސަމުސަލަށް އަރަން ތައްޔާރަށް ހުންނަ ފެންފޮދު ސަމުސަލަށް އަރާއިރަށް އެވަރޕަރޭޓްވަނީއެއް ނޫން. އެ ފެންފޮދަށް ކަޅިއަޅައިގެން ތިބޭ މީހުންނަށް ސަދަގާތް ކުރަނީ. އެ ސަދަގާތުން ކަރުހިއްކުން ފިލުވާން ބޭނުން މީހުން ސަފު ހަދައިލައިގެން އެތިބެނީ މަގުތަކުގައި. ދެން ވިސްނައިލަ ކޫޑިކަން ގަދަވާނެ މިންވަރު." ހަސަނު ބަލައިލީ ސީދާ ޖުމާނާއާ ދިމާއަށެވެ.

"ކަލޭއަކީ ދޮގުވެރިއެއް. މަކަރުވެރިއެއް. ދޭތެރެ ޖައްސަން އުޅޭ މީހެއް." ނަވާޒު ހިތްހަމަ ނުޖެހުނެވެ.

"ކަލޭ އަހައިބަލަ. ސާފުކޮށްބަލަ، ވީގޮތް އަހައިބަލަ. އޭނާއަށް ކިޔައިދޭނެ ގޮތެއް ނޭނގޭނެ. ނުވިސްނޭނެ." ހަސަނު ދެ ބުމަ ކައިރިކޮށްލަމުން ބުނެލި އެވެ.

ނަވާޒު ހިނގައިގަތީ ޖުމާނާއާ ދިމާއަށެވެ. ހަސަނު ދައްކާ ވާހަކައިގެ އަސްލެއް ހޯދުމަށެވެ. އޭނާއަކީ ދޮގުވެރިއެއްކަން ސާބިތުކޮށްދޭށެވެ. ޖުމާނާގެ ދުލުން ނުކުންނަ ކޮންމެ ލަފުޒަކުން ހަސަނު ފަޟީހަތްކޮށްލެވޭނެ ކަމުގެ އުއްމީދުގަ އެވެ. ޖުމާނާ އައްޑަނައަކަށް ހަދައިގެން ނަވާޒަކީ ޝިކާރައަކަށް ހަދައިގެން ހަސަނާއި ސަނިއްޔާ ކުޅޭ ކުޅިވަރަކީ ކޮބައިތޯ ބަލާށެވެ.

"ޖުމާ އެ ޖާހިލު އެ ދައްކަނީ ދޮގު ވާހަކަދޯ." ނަވާޒު ޔަގީންކަމާއެކު ސުވާލުކޮށްލި އެވެ.

ޖުމާނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އޭނާ ލަސްލަހުން ހިންދިރުވާލި އެވެ. އަނެއްކާ ވެސް ބާރުބާރަށް ރޯންފެށި އެވެ.

"ޖުމާ އެ ޖާހިލު އެ ދައްކަނީ ބުހުތާނު ދޮގު ދޯ. އަހަރެން ބޭނުން އެއީ ދޮގުކަން ސާބިތުކުރާން. އޭނާއަކީ ދޮގުވެރިއެއް ކަން ހާމަކޮށްދޭން." ނަވާޒު ލަސްލަހުން އަޒުމާއެކު ބުނެލި އެވެ.

ޖުމާނާ އަނެއްކާ ވެސް ބަލައިލީ ހަސަނާ ދިމާއަށެވެ. އޭނާގެ ދެ ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ އަހައިލުމެއް ނެތިއެވެ. ނަވާޒު ފުން ނަޒަރަކުން ޖުމާނާގެ މޫނަށް ބަލައިލި އެވެ.

"ދޮގެއް ދޯ." ނަވާޒު އަނެއްކާ ވެސް އަހައިލި އެވެ.

އޭނާ އުއްމީދުކުރީ ޖުމާނާ ބޮލުން ވާހަކަދައްކާނެ ކަމަށެވެ. ކަންވީ ވެސް އެހެންނެވެ. ނަމަވެސް ޖުމާނާ ކޮށްލީ އޭނާ އުއްމީދުކުރި ހަރަކާތެއް ނޫނެވެ. އޭނާ ބޭނުންވި ހަރަކާތެއް ނޫނެވެ. އެހެންވެ ނަވާޒުގެ ދެ ލޯ ބޮޑުކޮށްލިއެވެ. އޭނާ ބަލައިލީ ޖުމާނާގެ މޫނަށެވެ. ޝަކުވާގެ ނަޒަރުންނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox