އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކަށް އިދިކޮޅުން ދައުވަތު ދީފި

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ލީޑާޝިޕް: އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް އިދިކޮޅު ކޯލިޝަނުން ވަނީ ދައުވަތު ދީފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ލީޑާޝިޕް: އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް އިދިކޮޅު ކޯލިޝަނުން ވަނީ ދައުވަތު ދީފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަކަށް އެ ކޯލިޝަނުން ދައުވަތު ދީފި އެވެ.

އެ ކެމްޕޭނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއެކު މިނިވަންކަން ދިފާއު ކުރުމަށް ކަމަށް ބުނެ މިިދިޔަ ހުކުރު ދުވަހު ފެށި ކެމްޕެއިނެކެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ އެ ކެމްޕެއިނާ ގުޅުމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅުން މިއަދު ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްޑީއޭ ފިޔަވައި ދެން ތިބި ތިން ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ހިއްސާ އޮތް ޕާޓީތަކެވެ.

ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކެމްޕެއިންގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރަސްމީކޮށް ސިޓީ ފޮނުވިއިރު އެމްޑީޕީ ނުހިމެނެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށެވެ. އަދި ގައުމު ސަލާމަތް ކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ވެސް އެ ހަރަކާތުގައި ބައިވެރިވުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާ ނަޝީދު މިފަހުން ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ނަޝީދާއި ރައީސް ސޯލިހާ ދެމެދު ޖެހިގެން އުޅޭ މައްސަލައެއް ކަމަށާއި އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox