ދިގުވާހަކަ: ސަނީ

ދިގުވާހަކަ: ސަނީ

(ދެ ވަނަ ބަޔާ ގުޅޭ)

"ނޫން ނޫން.." ނަވާޒު ބޭއިހުތިޔާރުގައި ބުނެލި އެވެ.

"ދެން މި ކޮން ކަމެއް؟" ސަނިއްޔާ އިޝާރާތްކޮށްލީ އެނދުމަތީގައި ގުޅަވެށިފައިވާ ބެޓު ޝީޓަށެވެ.

"އަހަންނަކަށް ނޭނގޭ." ނަވާޒު އަވަސް އަވަހަށް ބުނެލިއެވެ. "މާ ލަސްވެއްޖެ އަހަރެން ބޭނުން އަވަހަށްދާން. ދަނާލުން ގުލައިފަ ވެސް އެބައޮތް."

ނަވާޒުގެ ހަރަކާތްތަކަށް ބަލަން އިން ސަނިއްޔާގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ. ނަވާޒުގެ މޫނުމަތިން ފެންނަމުންދާ އަބުއިކަމާއި އޭނާގެ ފައިން ފެށިގެން ބޮލާ ހަމައަށް ކުރެވުންދާ ހަރަކާތާއި ހަށިގަނޑަށް އަރަމުންދާ ތުރުތުރުގެ ސަބަބުން މުޅި މީހާގެ ހަށިގަނޑުގައި އުފެދެމުންދާ ނޭނގޭ ޒާތުގެ ރާޅުބާނީ ހަރަކާތްތައް ދުރުގައި ބަލަން އިންނަ މީހަކަށް ސާފުކޮށް ފެންނާނެ އެވެ.

"އެކަމަކު؟" ސަނިއްޔާ އެނދުން ތެދުވެ ހިނގައި ގަތެވެ.

ނަވާޒު ހުއްޓުން އެރި އެވެ. ސަނިއްޔާގެ ކޮނޑުން ފެށިގެން ބުރަކަށްޓާ ހަމައަށް ހާމައަށް އޮތުމުންނެވެ. ނަވާޒު އިސްދަށަށް ޖަހައިލި އެވެ. ސަނިއްޔާ ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ނަވާޒުގެ ކުރިމައްޗަށް ހުއްޓުނެވެ.

"މައްސަލައެއް ނޫން. ވަރަށް ކަމުދިޔަ." ސަނިއްޔާ ތުއި ރާގެއްގައި ބުނެލި އެވެ.

"އަހަރެން ގަސްތަކު..."

ނަވާޒުގެ ޖުމުލަ ފުރިހަމަ ނުވަނީސް އޭނާގެ ތުންފަތުގެ މެދުގައި ޝަހާދަތް އިނގިލިން ހުރަސްކޮށްލަމުން އޭނާ ބުނަން އުޅުނު ވާހަކަ ހުއްޓުވީ ސަނިއްޔާ އެވެ.

"އަހަންނަށް އެނގޭ ނަވާޒަކީ ކާކުކަން. އެއީ މައްސަލައެއް ނޫނޭ. ބޭނުންވީމަ ކުރެވުމާއި ބޭނުން ނުވެ ގަދަކަމުން ކުރުމާ ތަފާތުވާނެ." ސަނިއްޔާ ވައި އަޑުން ބުނެލި އެވެ.

"އެކަމަކު؟" ނަވާޒު ހިތްތެޅެމުން ދިޔަ އެވެ.

"އިޓްސް އޯވަރ. ނޯ ވޮރީސް." ސަނިއްޔާ އިނގިލި ޖައްސައިލީ ނަވާޒުގެ މޭ މަތީގަ އެވެ.

"ނޯ... އަހަރެން ބޭނުމެއް ނޫން. މިހާރު ވެސް ހުރަސްކުރަން ނުވާ އެތައް ރޮނގެއް ހުރަސް ކުރެވިއްޖެހެން ހީވަނީ. އަހަންނަކީ އެކަހަލަ މީހެއް ނޫން. ދީނުގައި ކަންކަން މަނާކޮށްފަ އޮންނަނީ ވަރަށް މާތް މަގުސަދެއްގައި. ދީނާ ދުރުމީހުން ހިނގާ މަގުން ހިނގަން އަހަރެން ބޭނުމެއް ނޫން." ނަވާޒު ފަހަތަށް ޖެހިލި އެވެ.

ސަނިއްޔާ ގާތަށް ރުޅި އަންނަ ގޮތް ވި އެވެ.

"ދީން. ދީން. ކުރާނެހާ ކަމެއް ކޮށްފަ އުޅޭނެ ހާ ގޮތަކަށް އުޅެފަ ދީން. ކޮބާ އެ ވަގުތު ތިޔަ ބުނާ ދީން؟ ކޮބާ އަހަރެންގެ ހައްގުތައް؟ ކޮބާ ކަލޭގެ މާތްކަން؟ ކަލޭގެ އަގީދާގެ ހަރުދަނާކަން؟" ސަނިއްޔާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. "ދީން އައްޑަނައަކަށް ހަދައިގެން އުޅޭ މީހުންގެ ފަތިފުށް އަހަންނަށް ވަރަށް ސާފުކޮށް ފެނިއްޖެ."

ނަވާޒު ޖެހިލުންވިއެވެ. އޭނާ ހުއްޓުން އެރި އެވެ. ސަނިއްޔާ ފުއްޓަތްކެއް ޖަހައިލާ ގޮތަކުން ވެސް އޭނާ ބެދޭނެކަން އޭނާއަށް ވިސްނުނެވެ. ރާއްޖޭގެ ގާނޫނުތައް ހުރީ ކޮން ދިމާއަކަށް ދީލައިލައިފަ ކަން ވެސް ނަވާޒަށް ސާފުކޮށް އެނގެ އެވެ. އޭނާ ކިޔަވަނީ އެ ދާއިރާއިން ކަމަށްވާތީ އެވެ.

"އަހަރެން ގަސްތަކު އެއްވެސް ކަމެއް ނުކުރަން. ބޭއިހުތިޔާރުގައި ކަމެއް ކުރެވުނު ކަމަކަށް ގަބޫލެއް ވެސް ނުކުރަން." ނަވާޒު އަޒުމާއެކު ބުނެލި އެވެ.

"ނުކުރާނެ. ކަލޭމެންނަކީ އަލިފުން ވިއްޔަ." ސަނިއްޔާ އެނދުމައްޗަށް ވެއްޓިގަތެވެ.

އޭނާ ރޯން ފެށި އެވެ. އަޑުން އަޑު ނަގަ އެވެ. ބާރުބާރަށެވެ. ނަވާޒު އަތްފައި ފިނިވާން ފެށި އެވެ. އޭނާއަށް ދެން ކަންތައް ވެދާނެ ގޮތް ވިސްނުނެވެ. ސަނިއްޔާ ހަރަކާތްކޮށްލާ ގޮތުން މުޅި މަންޒަރު ބަދަލުވެ ކުށްވެރިކަމުގެ ޗޭނަކުން ބަނދެވޭނީ ކާކުކަން އެނގުނެވެ. އެހެންވެ ނަވާޒު މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. ގޮނޑިމަތީގައި އޮތް އޭނާގެ ގަމީސް ނެގިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ގޮސް ސަނިއްޔާ ގާތަށް ހުއްޓުނެވެ.

"ސަނީ." ނަވާޒު ލޯބިން ފުރިގެންވާ ރާގަކަށް ބުނެލި އެވެ.

ސަނިއްޔާ ދެ ލޮލަށް ކަރުނަ ޖަމާކުރަމުން ދިޔައީ ގަދަކަމުންނެވެ. އޭނާގެ މޫނު މައްޗަށް ހިތާމައިގެ އަސަރު ވެރިކުރުވަމުން އިސް އުފުލާ ބަލައިލި އެވެ. ވޭނީ ގޮތެއް އެ މޫނުމަތީން ނަވާޒަށް ދެއްކޭތޯ އޭނާ ލައްކަ މަސައްކަތް ކުރަމުން ދި އެވެ.

"ސަނީ. އެނގޭ ސޮރީއަކުން ނުވާނެކަން. އަހަރެން ދެން ކިހިނެއް ހަދަންވީ؟" ނަވާޒު ކެރިގެން އެކަމާ ކުރިމަތިލި އެވެ.

ސަނިއްޔާ ގާތަށް ހިނިއަންނަ ގޮތްވި އެވެ. އެހެނަސް އޭނާ މޫނުމަތިން އެކަން ހާމަކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވަނީ ނަވާޒު ތަޅުވާށެވެ. އޭނާގެ ފައިބުޑަށް ނަވާޒު ތިރިކޮށްލާށެވެ. ނަވާޒުގެ ކޮންޓްރޯލް އޭނާ ނަގައިގެން ނަވާޒުގެ އިހުސާސްތަކާ ކުޅޭށެވެ. ނަވާޒުގެ ހަރަކާތްތައް އޭނާ ބޭނުންވާ ވަޒަނަށް ފައްތައިލާށެވެ.

"އަހަރެން ބޭނުމީ ހޮސްޕިޓަލަށްދާން. ނޫނީ ފުލުހުންނަށް ގުޅަން." ސަނިއްޔާ މޫނުގައި އަތްއަޅައިލަމުން ބުނެލި އެވެ.

ނަވާޒު ދެ ލޯ ބޮޑުވި އެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ މުޅި މީހާ ދާހިތްލާ ގޮތްވާން ފެށި އެވެ.

"އެއީ؟" ނަވާޒު މަޑުމަޑުން އަހައިލި އެވެ.

"ޔަގީންކުރަން." ސަނިއްޔާގެ ރައްދު ޖަވާބު އޮތީ ތައްޔާރަށެވެ.

"ކޮންކަމެއް؟" ނަވާޒު އަހައިލިއެވެ.

"ހުރިހާ ކަމެއް. ވީ ހުރިހާ ކަމެއް." ސަނިއްޔާ އަޑަށް ބަދަލުގެނުވި އެވެ.

"އޭރުން ކިހިނެއްވާނީ؟" ނަވާޒުގެ އަޑުގައި ނޭނގޭ ތުރުތުރެއް ދުވަމުން ދިޔަ އެވެ.

"ޔަގީންވާނެ. އިތުރު ކަމެއް ނުވާނެ." ސަނިއްޔާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ.

ސަނިއްޔާ އިނީ އަނގަމަތީގައި އަތް އަޅައިގެން އިސްޖަހައިގެންނެވެ. އޭނާގެ ރާގު ބަދަލުވަމުން ދިޔަކަން ނަވާޒަށް ނޭނގުނީތީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ.

"މިއަދު އެގްޒާމް. ދެން މި ހުރިހާ ކަމެއް ބޮލަށް ލައިގެން ކިހިނެއް އެގްޒާމަށް ވަންނާނީ؟" ނަވާޒު ގަދަކަމުން ހިންދިރުވާލި އެވެ.

"އެކަން އެނގިހުރެ އެއްނު ނަވާޒު ހުރިހާ ކަމެއް ކުރީ." ސަނިއްޔާ ބޭނުންވީ ނަވާޒު ތަޅުވާށެވެ.

"އެހެން ގޮތެއް ބުނޭ." ނަވާޒު އުޅުނީ އެ މައްސަލައަށް ހައްލެއް ހޯދާށެވެ.

"އެބަ އޮތް ވަރަށް ސިންޕަލް ހައްލެއް." ސަނިއްޔާ ހިނިތުންވެލި އެވެ.

"ބުނޭ." ނަވާޒު އަވަސްއަވަހަށް ބުނެލި އެވެ.

ސަނިއްޔާގެ ހިޔާލު ނަވާޒަށް ކިޔައިދިނެވެ. އޭނާ ކަންކުރަންވީ ގޮތާއި ސަނިއްޔާ ކަންކުރާނެ ގޮތް ވެސް ކިޔައިދިނެވެ. ނަވާޒަށް އެއްބަސްވުން ނޫން ގޮތެއް ނެތެވެ. އޭނާ އެކަމުން ސަލާމަތްވާން ބޭނުން ވެ އެވެ. އެހެންވެ އޭނާ ވިސްނައިލުމެއް ނެތި ސަނިއްޔާގެ ހިޔާލަށް ތާއިދުކުރި އެވެ. އެންމެފަހުން ސަނިއްޔާގެ ކޮޓަރިން ނަވާޒު ނުކުމެ ސައިކަލަށް އެރި އެވެ.

ސައިކަލްގައި އިނދެ ދުއްވަމުން ދިޔައިރު ވެސް އޭނާއަށް ހީވަމުން ދިޔައީ ބޮލަށް ބަރު އެއްޗެއް އަރުވާފައި އޮންނަ ހެންނެވެ. ވަށައިގެން އޭނާ ފިއްތަމުންދާހެންނެވެ. މުޅި މާހައުލު އޭނާއަށް މަލާމަތްކުރާ ހެންނެވެ. އޭނާއާ ދިމާއަށް ބަލައިލާ ކޮންމެ މީހަކަށް ވެސް ރޭގެ ހާދިސާ އެނގިގެން ބަލާހެންނެވެ. މީހަކު ހިނިތުންވެލިޔަސް އޭނާއަށް މާނަކުރެވެނީ އެގޮތަށެވެ. މީހަކު ބަލައިލި ނަމަވެސް އޭނާއަށް ހީވަނީ އެ މީހަކު އޭނާއަށް މަލާމަތްކުރާހެންނެވެ.

އެ ހާލެއްގައި އިނދެ ސައިކަލް ދުއްވަމުން ދިޔަ އެވެ. މީހަކު މަގު ހުރަސްކުރަން އުޅުނު މަންޒަރު އޭނާއަކަށް ނުފެނެ އެވެ. އެ މީހާ އޭނާއަށް ފެނުނީ ފޫޓެއްހާ ގާތުންނެވެ. ނަވާޒަށް ސައިކަލް ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާ އެވެ. އެ މީހާގެ ގައިން ސައިކަލް ނައްޓުވާލަން އުޅުމުގެ ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއަށް ނަވާޒުގެ ސައިކަލް މެހުނެވެ. މުޅި ތަނުގައި އަޑު ގަދަވި އެވެ. ނަވާޒަށް ބަލައިލެވުނީ ވަށައިގެން ތިބި އެންމެންގެ މޫނަށެވެ. އެ އެންމެންގެ މޫނުމަތީގެ ހަރަކާތްތައް އޭނާއަށް ފެންނަން ފެށީ މުޅިން ތަފާތުކޮށެވެ. ކޮންމެ މީހަކު ވެސް އޭނާއާ ދިމާ ބަލަބަލައިފައި ހެމުން މަލާމަތްކުރަމުންދާ ކަމެވެ. ނަވާޒު އިސް ޖަހައިލި އެވެ. އޭނާ ލަދުގަންނަން ގޮތްވި އެވެ.

ނަވާޒު އަވަސްއަވަހަށް ސައިކަލްތަކުގެ ތެރެއިން އޭނާގެ ސައިކަލް ނެރެލަމުން ދުއްވާލަން ތައްޔާރުވި އެވެ. އޭރު މަގު ހުރަސްކުރި މީހާ އައިސް ނަވާޒު ގާތަށް ހުއްޓުނެވެ. ނަވާޒަށް ބަލައިލެވުނީ އެ މީހާގެ މޫނަށެވެ. ނަވާޒު ހިތުން ސޮރީއޭ ބުނެލި އެވެ. ނަމަވެސް އެ އަޑެއް ދުލާ ހަމައަކަށް ނާދެ އެވެ. އެ މީހާ ފުން ނަޒަރަކުން ބަލައިލީ ނަވާޒުގެ މޫނަށެވެ. އެ ދެމެދުގައި ހިނގަމުން ދިޔައީ ބަސްނެތި ކުރާ މުއާމަލާތް ކުރުމުގެ އޮއިވަރެކެވެ.

"ހާސް ނުވޭ. އަހަރެން ނުބުނާނަން އެއްވެސް މީހަކު ގާތު." އެ މީހާ ފުން ނަޒަރަކުން ނަވާޒުގެ މޫނަށް ބަލައިލަމުން ބުނެލި އެވެ.

ނަވާޒަށް ބަލައިލެވުނީ އެ މީހާގެ މޫނަށެވެ. އެ މީހާ ބުނި ޖުމުލައިން އޭނާއަށް ކުރެވުނީ އެހެން މާނައެކެވެ. ނަވާޒު ހިތަށްއެރީ އެ މީހާއަށް ވެސް އެ ހުރިހާ ކަމެއް އެނގުނީ ކަމަށެވެ.

"ފެނުނީތަ؟ ނޫނީ އެނގުނީތަ؟" ނަވާޒަށް ބޭއިހުތިޔާރުގައި އަހައިލެވުނެވެ.

"ފެނުނީ؟" އެ މީހާ އަވަސްއަވަހަށް ބުނެލި އެވެ.

ނަވާޒު ލަދުން މަރުވާވަރު ނުވީ ކިރިޔާ އެވެ. އޭނާ އިސްޖަހައިލުމުން އެ މީހާ ހިނިތުންވެލި އެވެ. އެ މީހާ ނަވާޒާ ގާތަށް ޖެހިލި އެވެ. ނަމަވެސް ނަވާޒު ބޭނުންވީ އެ މީހާގެ ކިބައިން ސަލާމަތްވާށެވެ. އޭނާގެ ސަބަބުން ހުރިހާ ކަމެއް ފަޅާ އަރާފާނެތީ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ މީހާއަކީ ނަވާޒު ދަންނަ މީހެއް ނޫނެވެ. އޭނާ ދައްކާ ވާހަކައެއް އެއްވެސް މީހަކު ގަބޫލެއް ނުކުރާނޭ ނަވާޒުގެ ހިތަށް އެރި އެވެ.

"ދަނީ." ނަވާޒު ލަސްލަހުން ބުނެލި އެވެ.

"އަހަރެން ދާނަން ފުލުހަށް. ފުލުހުންނަށް އަންގާނަން. އެކަމަކު އެކަން ނުކުރާނެ އެންމެ ގޮތެއް އޮތީ." ނުލަފާ ފާޑަކަށް ހުރި އެ ދެބައި އުމުރުގެ މީހާ ނަވާޒަށް ބަލައިލީ ދަހިވެތި ނަޒަރަކުންނެވެ.

ނަވާޒު ދެ ލޯ ބޮޑުވިއެވެ. އޭނާ ހާސްވެ ކަންބޮޑުވާން ފެށި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox