ވަރަށް އުނދަގޫ ހާލަތެއް، ހައްލު ހޯދަން ގައުމީ ކޯޗަށް ބުރަ ބޮޑު!

ގައުމީ ކޯޗު މާޓިން ކޫޕްމަން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ކޯޗު މާޓިން ކޫޕްމަން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 ދުވަހާ ހަމައަށް ކުޅޭ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތައް މިދަނީ ހީކުރި ވަރަށް ވުރެން މާ އުނދަގޫކޮށް ކަމަށާއި މި ކަންކަމުގެ ތެރެއިން ވެސް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ ކޮލިފައިން އަށް ޗައިނާ އަށް ފުރަން ތައްޔާރުވުމުގެ ގޮތުން މީގެ ހަތަރު ދުވަސް ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. މާލޭގައި ޕްރެކްޓިސް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތް ނަމަވެސް ޖެންގައި ޓީމު ކޭމްޕްކުރީ ތާވަލުކޮށްފައިވާ ގޮތަށް ބުދަ ދުވަހު ރާއްޖޭން ފުރުމުގެ ކުރިން ކުޅުންތެރިންގެ ރައްކާތެރިކަމަށް ވިސްނުމަށް ފަހު އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން އަދި ރަސްމީކޮށް މެޗެއް ނުކުޅެ އެވެ. ގައުމީ ޓީމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން ފުރަތަމަ މެޗަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީ ކޮވިޑްގެ ހާލަތާ ހުރެ މެޗުތައް އެކި ފަހަރު މަތިން ފަަސްކުރުމުންނެވެ. މެޗުތައް ކުޅޭނީ ހާލަތު ރަނގަޅުވުން ކަމަށް ކުރިން ބެލެވުނު ނަމަވެސް ކޫޕްމަން ފުރަތަމަ މެޗުތަކަށް ނުކުންނައިރު މި އޮތީ ބޭނުންވި ހާލަތެއް ނޫނެވެ.

އިންސްޓަގްރާމްގައި ކޫޕްމަން މިއަދު ކޮށްފައިވާ ޕޯސްޓް.

މިއަދު ހެނދުނު ކޫޕްމަން އޭނާގެ އިންސްޓަގްރާމްގައި ވަނީ ޖެންގައި ގައުމީ ޓީމުން ކުރިއަށްގެންދާ ފިޒިކަލް ޓްރެއިނިންތަކެއްގެ ފޮޓޯތަކަކާ އެކު ގައުމީ ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ކޫޕްމަން ބުނީ ހިތްގައިމު ހޮޓަލެއްގައި ކޭމްޕް ކޮށްގެން ތިބި ނަމަވެސް ފިޓްކޮށް ތިބެން ކުރެވެން ހުރި ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑާ ހެދި ރާއްޖޭގެ ހާލަތު ވަރަށް ގޯސްކޮށް އޮތް ނަމަވެސް މިހާރު އޮތްގޮތުން މެޗުތައް ކުޅެން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށް ކޫޕްމަން ބުންޏެވެ.

"ވަރަށް ގިނަ ކުޅުންތެރިން އިންފެކްޓްވެއްޖެ. ރަނގަޅު ހާލަތަކަށް ގެނެވޭތޯ އެފްއޭއެމުން ވަރަށް މަސައްކަތް އެބަކުރޭ. އެކަމަކު ފަސް ހަފްތާ ވަންދެން ދަނޑުގައި ޓްރެއިން ނުކޮށް ޗައިނާގައި 10 ދުވަހުން ތައްޔާރުވާން މި ޖެހުނީ. އަހަރެމެން ޓީމެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރަން. އެކަަމަކު މިއީ އަބަދަކު ކުރެވޭނެ ވެސް ކަމެއް ނޫން،" ކޫޕްމަން ލިޔެފައިވެ އެވެ.

ކޮވިޑް އަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ސްކޮޑުން ބައެއް ކުޅުންތެރިން ވަނީ ވަކިވެފަ އެވެ. އަމިއްލަ ސަބަަބަކާ ހުރެ ވަކިވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ކޮވިޑް އަށް ޕޮޒިޓިވްވުމުން ކޮލިފައިން ގެއްލުނީ ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށެވެ.

ކޫޕްމަން ބުނީ ސްކޮޑަށް މި ދިމާވާ ކަންކަމަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ކުޅުންތެރިން ވެސް ޓީމުން ވަކިވެއްޖެ. އަހަރެމެން ޓީމުގެ ސްޓާފުން މި އަންނަނީ ކެނޑިނޭޅި މި ކަމަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން،" ކޫޕްމަން ބުންޏެވެ.

"އެކަމަކު މި ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އަށް މި ކުރިއަށްދާ ތައްޔާރީތަކަކީ އާދައިގެ ގޮތަކަށް ދާ ކަމެއް ނޫން. ދަނޑުމަތީގައި ޓްރެއިނިންތައް ކުރިއަށް ގެންދަން ފުރުސަތު ނުލިބުނަސް އަހަރެމެން ފިޓްކޮށް ތިބެން ކުރެވުނުހާ ކަމެއް މި ކުރަނީ،"

ކޫޕްމަންގެ އެދުމުގެ މަތިން ގައުމީ ޓީމަށް އާ ފިޓްނަސް ކޯޗެއް ވަނީ ގެނެސްފަ އެވެ. އެއީ ނެދަލެންޑްސްގެ ފިޓްނަސް ކޯޗު ގާހާޑް ވާމިންކް އެވެ. ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނާއި ކްލަބްތަކުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ވާމިންކް އަންނަނީ ޖެންގައި ކުޅުންތެރިން ކޭމްޕް ކޮށްގެން ތިބިއިރު، ފިޓްނަސް ޓްރެއިނިންތައް ކުރިއަށްގެންދަން އެހީތެރިވަމުންނެވެ.

މި މަހު ހަ ވަނަ ދުވަހު ގައުމީ ޓީމުން ޓްރެއިނިންތައް ފަށަން މަސައްކަތްކުރި އެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު ގޯސްވެ، އޭރު ޕްރެކްޓިސް ފެށޭނެ ގޮތެއްނުވި އެވެ. އަނެއް ކޮޅުން މި މަހު މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ކުޅެން އޮތުމުން ވެސް ދުރާލާ ފުލް ސްކޮޑާ އެކު ޕްރެކްޓިސް ފެށޭނެ ގޮތެއް އޭރު ނެތެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ކޯޗަށް ދީފައިވާ ދެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި މި އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox