ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ހާމަކޮށްފި

މިއަދު ހައްޔަރުކުރި ދެމީހުން. --

މިއަދު ހައްޔަރުކުރި ދެމީހުން. --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

މީގެ ތެރެއިން އެކަކު ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނުގަ އެވެ. އޭނާ ހައްޔަރުކުރީ ގަލޮޅު ފެހިދޯދިގޭގެ ކުއްޔަށް ދީފައިވާ ބަޔަކުންނެވެ. އެ ސަރަހައްދުން ސައިކަލެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އަނެކަކު ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅިންނެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، މިއަދު ހައްޔަރުކޮށްފައިވަނީ މުޖާޒް އަހުމަދު، މއ. ފޭރުގެ، 21އ އާއި ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ، 32އ ކަމެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށެވެ. ނަމަވެސް، އެ މީހުން ޝާމިލުވި ކުށުގެ ބާވަތެއް ވިދާޅެއްނުވެ އެވެ.

އެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން ފުލުހުންނާއެކު މަސައްކަތް ކުރަމުންދަނީ މި މައްސަލައިގެ ސީރިއަސްކަމުން ކަމަށެވެ.

އެގޮތުން، ވަރަށް ގިނަ މައުލޫމާތު ތަހުގީގަށް ފުލުހުން އެއްކޮށްފައިވާ ކަމަށާއި، ތަހުގީގުގެ އިޖުރާއަތްތަކާއި ހެކި ހޯދުމުގެ ކަންކަން ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް. -ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މިހާތަނަށް ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ދެ މީހުން ކަމަށް ފެންނަ ކަމަށެވެ.

"މި މައްސަލައިގެ ތެރެއިން ހަރުކަށި ފިކުރާ ގުޅޭ ކަންކަން އެބަ ފެނޭ. މިހާތަނަށް ހައްޔަރުކުރި މީހުންނާއި ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަރުކަށި ފިކުރާ ގުޅުން އޮތް ކަމަށް ފެނޭ،" ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް، ދީނީ ގޮތުން ހަރުކަށި ފިކުރަކީ އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވަމުން، ހަރުކަށި ފިކުރުގެ ބާވަތެއް ސީދާ ވިދާޅުވާން ޕީޖީ ދެކޮޅު ހެއްދެވި އެވެ.

އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހައްޔަރުކުރި މީހުން ވަކި ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާކަމެއް އަދި ހޯދިފައިނުވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ހަތަރު މީހަކު ތިބި ކަމަށް އިއްޔެ ފުލުހުން ބުނެފައިވާއިރު، މިއަދު ހައްޔަރުކުރި ދެ މީހުންގެ އިތުރުން، ތިން ވަނަ މީހަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހެއް. އޭނާ ހޯދަން އާއްމުންގެ އެހީތެރިކަމަށް ވަނީ އެދިފަ.

ރިޔާޒް ވިދާޅުވި ގޮތުގައި، މި މީހާއަކީ މި މައްސަލާގައި ފުލުހުން ތުހުމަތުކުރާ އެންމެ މުހިއްމު މީހާ ކަމަށެވެ. އެހެންކަމުން އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox