ޓޮޓެންހަމް ކޯޗުކަމުން މޮރީނިއޯ ވަކިވެއްޖެ

Apr 19, 2021, 9:49 AM
ޓޮޓެންހަމް ކޯޗުކަމުން މޮރީނިއޯ ވަކިވެއްޖެ

ލަންޑަން (އޭޕްރީލް 19) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ 17 މަހަށް ފަހު ވަކިވެއްޖެ އެވެ.

ކްލަބަކާ ހަވާލުނުވެ އަހަރެއްހާ ދުވަހު ހުރުމަށް ފަހު މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ ބޮޑު ޕްރޮޖެކްޓަކާ އެކު އެވެ. އޭނާ ޓޮޓެންހަމް ދޫކޮށްލަން މި ނިންމީ ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީ އޮވެގެން ޔޫރަޕިއަން ސުޕަ ލީގެއް ފަށަން އިއުލާނުކޮށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާތަކުގެ ޕްރެޝަރު އެ ލީގަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން މޮރީނިއޯ ވެސް ވަނީ ސުޕަ ލީގަކީ ފުޓްބޯޅައިގެ އުސޫލުން ބޭރު މުބާރާތެއް ކަމަށް ބުނެފަ އެވެ.

އިނގިރޭސި މިޑީއާ ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމުން ސުޕަ ލީގުގައި ބައިވެރިވާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކުރިތާ މާގިނައިރެއްނުވެ މޮރީނިއޯ ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ ސުޕަ ލީގުގައި ޓޮޓެންހަމް ބައިވެރިވާން ރަސްމީކޮށް ނިންމާނަމަ އޭނާ އެ ކްލަބާ އެކު ކުރިއަށްދާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މިއަދު ޓޮޓެންހަމުން މޮރީނިއޯ ވަކިކުރިއިރު، އެ ޓީމުގެ ޓްރެއިނިން ސެޝަން ވަނީ ކެންސަލްކޮށްފަ އެވެ. މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދޭނީ ރަޔާން މޭސަން އެވެ.

މޮރީނިއޯ، މިދިޔަ ސީޒަން މެދުތެރެއިން ޓޮޓެންހަމާ ހަވާލުވެ ރަނގަޅު މަސައްކަތެއް ކުރި އެވެ. ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމް ހަ ވަނަ އަށް ގެންގޮސްދީ ޔޫރަޕާ ލީގަށް ކޮލިފައިކޮށްދިނެވެ. މި ސީޒަނުގައި ޓޮޓެންހަމުން ރަނގަޅަށް ފެށި ނަމަވެސް ފަހުން ފޯމު ގެއްލި އެ ޓީމު މިހާރު ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އަދި އެ ޓީމު ވަނީ ގަދަ ހަތަރެއްގެ ރޭހުގައި ވެސް ފަހަތަށް ވެއްޓިފަ އެވެ.

މި ސިޒަނުގެ ޔޫރޮޕާ ލީގުން ވެސް ޓޮޓެންހަމް ކެޓިއިރު، ލީގު ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ޓޮޓެންހަމް ކުޅޭ މެޗު އޮންނާނެ އެވެ.

މިއީ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ލީގުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ދަށް ސީޒަނެވެ. މި ފަހަރު ލީގުގައި ޓޮޓެންހަމް މިހާތަނަށް ވަނީ 10 މެޗުން ބަލިވެފަ އެވެ. މޮރީިނިއޯ އެންމެ ފަހުން ކޯޗުކޮށްދިން އިނގިރޭސި ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވެސް އޭނާ ވަކިކުރީ ސީޒަންގެ މެދުތެެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox