އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލަން ވެންގާ ތާއީދު

Apr 9, 2021, 4:52 AM
މަޝްހޫރު ކޯޗު އާސެން ވެންގާ: އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލަން ވެންގާ ތާއީދުކުރޭ.

މަޝްހޫރު ކޯޗު އާސެން ވެންގާ: އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލަން ވެންގާ ތާއީދުކުރޭ.

ޒިއުރިކް (އޭޕްރީލް 9) - އޮޓަމެޓިކް ސިސްޓަމެއް މެދުވެރިކޮށް ފުޓްބޯޅައިގައި އޮފްސައިޑްގެ ނިންމުންތައް ނިންމޭނެ ގޮތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ބޭނުންނަމަ އަންނަ އަހަރު އެ އަށް އަމަލުކުރަން ފެށިދާނެ ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ އެދުނީ އަންނަ އަހަރު ގަތަރުގައި ބާއްވަން ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕްގައި އޮޓަމެޓިކް ސިސްޓަމް ބޭނުންކޮށް އޮފްސައިޑްގެ ހުރިހާ ކޮންޓްރޯލެއް މެޗު އޮފިޝަލުން އަތުން ނެގުމަށް ފަހު ސިސްޓަމަކަށް ދޫކޮށްލުމަށެވެ.

ފީފާ އިން މީގެ ކުރިން ވަނީ ސެމީ އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލަން ތާއީދު އޮތްކަމަށް ބުނެފަ އެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާއި ލައިންސްމަނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެކަމަކު މެޗު އޮފިޝަލުން އަތުން އެއްކޮށް އޮފްސައިޑްގެ ނިންމުންތައް ނަގަން ފީފާގެ ތާއީދެއް އަދި ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑްތޯ ޗެކްކުރާނީ މިހާރު ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރަމުން އަންނަ ގޮތަށެވެ. އެއީ ކުޅުންތެރިއަކު އޮފްސައިޑްނަމަ ލައިންސްމަނާއި ރެފްރީ އަށް ސިގްނަލެއް ދޭ ގޮތަށް ބައްޓަންކޮށްފައިވާ ސިސްޓަމެކެވެ.

ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ދާދި ފަހުން ވަނީ ސެމީ އޮޓަމެޓިކް ސިސްޓަމުން އޮފްސައިޑް ބެލުމާ މެދު ރަސްމީކޮށް މިދިޔަ މަހު މަޝްވަރާތައް ފަށައިފަ އެވެ. އަދި މުޅިން އެއްކޮށް އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލަން ކުރެވޭ މަޝްވަރާތައް ވަރަށް އަވަހަށް އައިފެބް އިން ފަށާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފީފާގެ ލިވިން ފުޓްބޯލް ޝޯ އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ ބޭނުން ނަމަ އަންނަ އަހަރު ވޯލްޑް ކަޕްގައި އޮޓަމެޓިކުން އޮފްސައިޑް ޗެކްކުރަން ފެށިދާނެ ކަމަށެވެ. އޮޓަމެޓިކް ސިސްޓަމަކުން ދޭ އިރުޝާދަށް އަމަލުކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ވީއޭއާރް ބަލައިގެން ނިންމުންތައް ނިންމަން އެ ނަގާ ވަގުތު ކުޑަ ކުރުމުގެ ގޮތުން ކަމަށް ވެންގާ ބުންޏެވެ.

"އޮޓަމެޓިކުންނޭ މި ބުނަނީ އޮފްސައިޑްގެ އެ ކަމެއް ހިނގާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލައިންސްމަން އަތުގައި އިންނަ ގަޑިން ސިގްނަލެއް ދޭނެ އޮފްސައިޑްތޯ ނުވަތަ ނޫންތޯ. ދިރާސާތަކުން ފެންނަ ގޮތުގައި ވީއޭއާރްގެ ނިންމުންތައް ނިންމުމުގައި ފަހަރަކު 20 ސިކުންތާއި 1 މިނިޓް 20 ސިކުންތުގެ ވަގުތެއް ހޭދަވޭ. މިއީ ވީއޭއާރް ގިނައިން ބަލަން ޖެހޭ މެޗެއް ނަމަ މެޗުން ގެއްލިގެންދާ ވަރަށް ގިނަ ވަގުތު. އޮޓަމެޓިކް ސިސްޓަމަކުން މި ހުރިހާ ވަގުތެއް ސަލާމަތްކޮށްދޭނެ،" ވެންގާ ބުންޏެވެ.

ފީފާ އިން ވަނީ 2019 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ސެމީ އޮޓަމެޓިކް ސިސްޓަމަކުން އޮފްސައިޑް ބަލައިފަ އެވެ. ސެމީ އޮޓަމެޓިކް ސިސްޓަމުގައި ފުރަތަމަ އޮފްސައިޑްގެ ސިގްނަލް ލިބޭނީ ވީއޭއާރް އޮފިޝަލުންނަށެވެ. އެ މީހުން އެ މައުލޫމާތު ފޯރުކޮށްދޭނީ ލައިންސްމަނަށެވެ.

ވެންގާ ބުނީ އެ ފަހަރު ސެމީ އޮޓަމެޓިކް ސިސްޓަމްގެ ޓްރަޔަލް ދިޔައީ ރަނގަޅަށް ކަމަށާއި މިހާރު ދެން ވިސްނަންވީ ކޮންމެވެސް މުބާރާތެއްގައި މުޅިން އެއްކޮށް އޮޓަމެޓިކް ސިސްޓަމް ޗެކްކުރުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox