މީގެ އަށް އަހަރު ކުރިން ކުރި މަސައްކަތަކަށް ހުޅުލޭ އައިލެންޑް ހޮޓަލުން 6.9 ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް): މިއީ އެމްއޭސީއެލްގެ މެޖޯރިޓީ ހިއްސާ އޮންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއިން ހިންގާ ހޮޓަލެއް --- ފޮޓޯ: އެޗްއައިއެޗް

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް): މިއީ އެމްއޭސީއެލްގެ މެޖޯރިޓީ ހިއްސާ އޮންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއިން ހިންގާ ހޮޓަލެއް --- ފޮޓޯ: އެޗްއައިއެޗް

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ބައެއް އިމާރާތްތައް ހެދުމަށް ފަހު ނުލިބި ހުރި ފައިސާ ހޯދަން އެ މަސައްކަތް ކުރި މައި ކޮމްޕެނީއަށް 691,755.05ރ. ދައްކަން އެ ހޮޓާ ހިންގާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއިން އެ ކުންފުންޏަށް  ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުކުރި ދެ މަޝްރޫއެއްގެ ފައިސާ ނުލިބިގެން ހުށަހެޅި މައްސަލައެކެވެ. މައި ކޮމްޕެނީން ހޯދަން އެދުނީ ނުލިބި ހުރި 763,552.05ރ. އާއި ޖޫރިމަނާގެ ގޮތުގައި އެރި 3.2 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ހުކުމް ކުރާ ދުވަހާ ހަމައަށް އަރާ ޖޫރިމަނާ ހޯދުމަށް ވެސް އެ ކުންފުނިން ކޯޓުގައި އެދުނެވެ.

ދައުވާއަށް ޖަވާބުދާރީވަމުން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އިން ބުނީ މަސައްކަތް ކުރިއަށް ގެންދިޔައީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި މަސައްކަތް ނިމުނު ކަމަށް ބުނެ ފޮނުވި އިންވޮއިސްތަކާ ގުޅިގެން ބެލިއިރު 13 ކަމެއް ފުރިހަމަނުވެ ހުރި ކަމަށް އެ ކުންފުނިން ބުންޏެވެ. މަސައްކަތް ނިންމަން ދިން މުއްދަތު ހަމަވުމުން އެހެން ބަޔަކާ މަސައްކަތް ހަވާލުކުރަން ޖެހުނު ކަމަށް ވެސް އެޗްއައިއެޗްއިން ބުންޏެވެ.

ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ވިދާޅުވީ މަސައްކަތް ލަސްވި ލަސްވުމަށް އެޗްއައިއެޗްއިން ލުއިތަކެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ފާހާނާބަރި އާއި ސްޓޯރޭޖް އިމާރާތް ނިންމައި އެތަނާ ހަވާލުވެ ބޭނުންކުރަމުން ގޮސްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ސްޕޯޓްސް ރޫމްތަކާއި ކަރައޯކޭ ރޫމްތަކުގެ މަސައްކަތުގެ 85 ޕަސެންޓު ނިމިފައިވާ ކަމަށް ބުނާ ބުނުމަށް ދައުވާ ލިބޭ ފަރާތުން އިންކާރުކޮށްފައި ނުވާތީ، ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދީ ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ނިންމި އެވެ.

ޖޫރިމަނާގެ ގޮތުގައި މައި ކޮމްޕެނީން ހޯދަން އެދުނު ބޮޑު އަދަދު ނަގައިނުދިނުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. ހުކުމުގައި ފާހަގަކުރީ އެއްބަސްވުމާ ހިލާފުވުމުން ލިބުނު ގެއްލުމާ ނުބައްދަލު ބޮޑު ޖޫރިމަނާއެއް ނަގައިނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ކޯޓުން ނިންމީ މަސައްކަތުގެ އަގަށް ވާ 691,755.05ރ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 65 ޕަސެންޓު ހިއްސާ އޮންނަ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. މި ކުންފުނީގެ ބާކީ 35 ޕަސެންޓު ހިއްސާ އޮންނަނީ ސިންގަޕޫރުގެ ސިންގަޕޯ ޓާމިނަލް ސާވިސަސް (ސެޓްސް) އަށެވެ. 

މިދޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 59.9 މިލިއަން ޑޮލަރު (923.6 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މީގެން ހަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު އެ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރު (222.2 މިލިއަން ރުފިޔާ) ލިބުނެވެ. 

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox