އެޗްއައިއެޗުން ކުރި މަސައްކަތަކަށް ފައިސާ ދައްކަން ހުކުމެއް
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ބައެއް އިމާރާތްތައް ހެދުމަށްފަހު ނުލިބި ހުރި 6.9 ލައްކައަށް ވުރެ ގިނަ ރުފިޔާ، އެ މަސައްކަތް ކުރި މައި ކޮމްޕެނީއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން މިގޮތަށް ނިންމީ މަސައްކަތް ނިންމައި އެތަން ބޭނުންކުރަމުންދާކަން ސާބިތުވާތީ، ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދީ ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި އެދުނު ބޮޑު އަދަދު ނަގައިނުދިނުމަށް ނިންމައި، ހަމައެކަނި މަސައްކަތުގެ އަގަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.