ތަކެތީގެ އަގުބޮޑުވާ ވާހަކަތަކަށް ރައްދު ދިނުމަށް ސައީދު އާންމުކުރި ވީޑިއޯއަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެ

އިކޮނޮމިކް މިނިސްޓަރު ސައީދު ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯއަށް ފާޑުކިޔުން އަމާޒުވުން

އިކޮނޮމިކް މިނިސްޓަރު ސައީދު ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯއަށް ފާޑުކިޔުން އަމާޒުވުން

ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަޑުއުފުލުމަށް މުޒާހަރާއަކަށް ތައްޔާރުވަމުން އަންނާތީ އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯއަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ތަކެތީގެ އަގު އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި އޮގަސްޓު 12، ގައި ވެރި ރަށް މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފަ އެވެ. އެ މުޒާހަރާ އިއުލާން ކުރުމަށް ފަހު އެމްޑީޕީން އަންނަނީ ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު ދައްކުވައިދިނުމަށް ސޯޝަލް މީޑިއާއަށް ޕޯސްޓުތަކެއް ދޫކުރަމުންނެވެ. 

ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު ދައްކުވައިދިނުމަށް އެމްޑީޕީން ދައުރުކުރަމުން އަންނަ ޕޯސްޓު. ސައީދު ވީޑިއޯ އާންމުކުރެއްވީ މި ޕޯސްޓަށް ރައްދު ދެއްވުމުގެ ގޮތުން
ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު ދައްކުވައިދިނުމަށް އެމްޑީޕީން ދައުރުކުރަމުން އަންނަ ޕޯސްޓު. ސައީދު ވީޑިއޯ އާންމުކުރެއްވީ މި ޕޯސްޓަށް ރައްދު ދެއްވުމުގެ ގޮތުން

ރޭގެ ވަގުތެއްގައި ސައީދުގެ އަމިއްލަ ޓިކްޓޮކް އެކައުންޓަށް ދޫކޮށްލި ވީޑިއޯގައި ވަނީ ތަކެތީގެ އަގުތައް އުފުލެމުންދާ ކަމަށް ބުނެ އެމްޑީޕީން ފަތުރަމުން ދަނީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބާޒާރުގައި ބައެއް ތަކެތި ވިއްކަން ހުރި އަގުތައް ހިއްސާކުރެއްވި އެވެ. 

Advertisement

"ކޮންމެ އޮގަސްޓު 12-13 ގައި އެމްޑީޕީ ޓްރިގާވޭ ދެއްތޯ. މިފަހަރު މި ގެންގުޅޭ ދޮގަކީ ހަގީގަތުގައި ތަކެތީގެ އަގުބޮޑުވެއްޖެއޭ ކިޔާފައި އެ ޓްވީޓު [ކުރީ]،" އެމްޑީޕީން ދައުރުކުރަމުންދާ ލިސްޓަށް ރައްދު ދެއްވަން ފެއްޓެވުމުގެ ކުރިން ސައީދު ވިދާޅުވި އެވެ. 

އެއަށްފަހު އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތި ވިއްކަމުންދާ އަގުތައް ކަމަށް ވިދާޅުވެ ބައެއް ނަންބަރުތައް ހިއްސާކުރައްވާފަ އެވެ. ރާއްޖޭގައި ތެޔޮ ވިއްކަމުންދަނީ ސިންގަޕޫރަށްވުރެ އަގުހެޔޮކޮށް ކަމަށް ސައީދު ވިދާޅުވި އެވެ. 

އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރުމުން އެތައް ބަޔަކު ވަނީ ތަކެތީގެ އަގުބޮޑުވެފައިވާ ކަމަށާއި ސައީދު މަސައްކަތް ކުރައްވަނީ އޮޅުވައިލުމަށް ކަމަށް ތުހުމަތުކޮށްފަ އެވެ. ސިންގަޕޫރާއި ރާއްޖެއާ އަޅައިކިޔާއިރު އެ ގައުމުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އާއި ގައުމު ތަރައްގީވެފައިވާ މިންވަރަށް ބަލަން ޖެހޭނެ ކަމަށް ބުނެ ސައީދުއަށް އެތައް ބަޔަކު ރައްދު ދީފައި ހުއްޓެވެ. 

އާންމުންގެ ހޫނު ރައްދުތަކެއް

"އަހަރެމެންނަށް ޕެޓްރޯލް ލިބެނީ 21/- އަށް. މާލޭގެ ސްޓޭޝަންތަކަށް ތެޔޮ އަޅަން މާލެ އާދެވޭތަ؟"

"ވަޒީރަކު މި ވަރަށް ވެއްޓުމަކީ ހަމަ މަޖާ ކަމެއް"

"ކޮބާ ޑިވެލޮޕްމަންޓް ބޭންކު؟ ކޮބާތަ 400 މިލިއަން ޑޮލަރުގެ ބަންކަރިން؟"

"ކޮންމެ ކަމަކާ ސިންގަޕޫރާ އަޅާކިޔައިގެން މީހުން ގޯޅި އަޅުވަން އުޅުން ހުއްޓާލާ"

"ކޮފީ ބޮޑު ދަޅެއް (ނެސްކެފޭ) 430 - 480 ރުފިޔާއަށް."

"ޑޮލަރު ރޭޓު 22 ރުފިޔާއަށް"

"ހުރިހާ އެއްޗެއްވެސް އަގު ބޮޑު ބުރޯ"

"އަހަރެމެންނަކަށް އެއްވެސް ވަރަކަށް އޮޅުންފިލުވައިދޭނެ ކަމެއް ނެތް، މާ ރަނގަޅުވާނެ އިސްތިއުފާ ދިނިއްޔާ"

"ހުސް ދޮގާއި މަކަރާއި އޮޅުވާލުން"

"ޑޮލަރުގެ އަގު ކުޑަވީތޯ؟؟"

"މިދިޔަ ސަރުކާރު ކިޔާ ކިޔާ ދައުރު ނިމެނީ"

"ސިންގަޕޫރުގެ ޑޮލަރު ރޭޓާއި މުސާރަވެސް އަޅާކިޔައިދޭންވީނޫން"

"ކަލޯ، ކުރިން ލިބޭ ވަރަށްވުރެ ހަ ގުނަ އަގު ބޮޑު"

"ކާކު ބުނެގެންހޭ ހަވާލުވީ ވާނޭ ކިޔާފަ"

"ފިހާރައަށް ގޮސް އެއްޗެއް ގަންނައިރު ތަކެތީގެ އަގު އަރާފަ ހުރިވަރު އެނގޭ"

މިއީ ސައީދުގެ ވީޑިއޯއަށް އާންމުންގެ ފަރާތުން ކޮށްފައި ހުރި ބައެއް ކޮމެންޓުތަކެވެ. އަމިއްލަ ތަޖުރިބާއަށް ބިނާކޮށް އެތައް ބަޔަކު ވަނީ އެ އަގުގައި އެންމެނަށް ތަކެތި ނުލިބޭ ކަމަށް ބުނެފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އިންފްލޭޝަން މަތިވެ، އަސާސީ ތަކެތީގެ އަގު އުފުލެމުންދާއިރު ދިވެހި އިގްތިސާދު އޮތީ ވަރަށް ބަލިކަށިކޮށެވެ. ރުފިޔާގެ އަގު ވެއްޓި މިއަދު ޑޮލަރެއް ގަންނަން ލިބެނީ 21.70ރ. އަށެވެ. މިއީ ދިވެހި ތާރީހުގައި ވެސް ރުފިޔާގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox