ސީސީބީ ފުރިހަމައަށް ހިނގައިގަންނަން ދެ މަސް ދުވަސް ނަގާނެ: މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުހައްމަދު ހުސައިން ޝަރީފް (މުންދު)

ރައްޔިތުންގެ ޝަކުވާތައް ބަލައިގަނެ، އެކަންކަން މެނޭޖްކޮށް ޖަވާބުދާރީވުމަށް ރައީސް މުހައްމަދު މުއިއްޒު އޭޕްރީލް މަހު އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ފުރިހަމައަށް ހިނގައިގަންނަން އަދި ދެ މަސް ދުވަސް ނަގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ސީސީބީ ފުރިހަމައަށް އޮޕަރޭޓްކުރަން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރި ސަރުކާރުގެ އިދާރާތައް ސީސީބީއާ ގުޅާލުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެކަމަށް ދެ މަސް ދުވަސް ނަގާނެ ކަމަށެވެ. 

"މިއީ ފުދޭ ވަރަކަށް އުނދަގޫ މަސައްކަތެއް،" މުންދު ވިދާޅުވި އެވެ. 

Advertisement

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ހިދުމަތް ފަށައިގަންނައިރު އެއްވެސް މައްސަލައެއް ދިމާނުވާނެހެން ކަންކަން ތަރުތީބުކުރުމެވެ. 

އަތޮޅުތެރޭގެ އިދާރާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ސަރުކާރު އޮފީސްތަކަކުން ހުށަހަޅާ ޝަކުވާތައްވެސް، އެއް ފެންވަރެއްގެ އަވަސްމިނެއްގައި ބިއުރޯއަށް ލިބި، ކަމާގުޅޭ ދާއިރާތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ސީސީބީ ފުރިހަމައަށް އޮޕަރޭޓްކުރަން ފެށުމުން މިހާރު ތަރައްގީކުރަމުންދާ ޕޯޓަލް އާއި 24 ގަޑިއިރު އޮޕަރޭޓުކުރާ ހެލްޕްލައިން މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެ އިދާރާގެ ސޯޝަލް މީޑިއަ ހޭންޑަލްތައް މެދުވެރިކޮށް، އަދި ސިޓީ ފޮނުވައިގެންވެސް ޝަކުވާހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސީސީބީއަށް މިހާރު ޑިވެލޮޕްކުރަމުންދާ ޕޯޓަލްއަކީ އޭއައި ޕަވާޑް ޕޯޓަލްއެއް ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާ އޮތް މަރުހަލާ  ބަލާލެވޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. 

މުންދު ވިދާޅުވި ގޮތުގައި ރައީސް އޮފީހަށް މިހާރުވެސް ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް ކުރިއަށްދެ އެވެ. 

ކުރީގައި ރައީސް އޮފީހަށް އަންނަ ސިޓީތަކާއި ޝަކުވާތައް އެކި ސެކްޝަންތަކަށް ބެހިގެންދިޔަ ނަމަވެސް، މިހާރު އޮފީސް ތެރޭގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އެފަދަ ހުރިހާ ލިޔެކިޔުންތަކެއް ސީސީބީގެ ވެރިޔާއަށް ދާގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސީސީބީ ހިންގުމަށް މިނިސްޓަރުން ފެންވަރުގައި މުހައްމަދު މާހިދު ޝަރީފް މިދިޔަ މަހު ވަނީ އައްޔަންކުރައްވާފަ އެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox