ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ
4 ލިޔުން
ހަބަރުސަރުކާރުގެ ޕްރެސްތަކުން ނޫސްވެރިން މަނާކުރި މައްސަލަ ހުށަހަޅައިފި
ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުން "އަދަދު" ނޫސް މަނާކުރި ސަބަބު ލިޔުމުން ހޯދުމަށް ފޮނުވި ސިޓީއަށް ރައީސް އޮފީހުން ޖަވާބު ނުދޭތީ، އެ މައްސަލަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފިއެވެ. މި ނޫހުން އެދިފައިވަނީ ސިޓީއަށް ޖަވާބު ހޯދައިދިނުމަށާއި، ޖަވާބު ދިނުން ލަސްވި މައްސަލަ ބަލައިދިނުމަށެވެ. ނޫސްވެރިން މަނާކުރީ ކޯޓު އަމުރަކާ ހިލާފުވެފައިވާ ކަމަށް ބުނެ ނަމަވެސް، އެ ނިންމުން ރަސްމީކޮށް އަންގާފައި ނުވާކަމަށް ނޫހުން ބުނެއެވެ.
ހަބަރުސީސީބީ ފުރިހަމައަށް ހިނގައިގަންނަން ދެ މަސް ދުވަސް ނަގާނެ: މުންދު
މުހައްމަދު މުއިއްޒު އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ފުރިހަމައަށް މަސައްކަތް ކުރަން ފެށުމަށްޓަކައި، ރާއްޖޭގެ ހުރިހާ ސަރުކާރު އިދާރާތަކެއް އެ ބިއުރޯއާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާތީ، އެކަމަށް ދެ މަސް ދުވަސް ނަގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުންދު ވިދާޅުވި.
