ރަސްމާލެ ޑީލާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަނީ
ރަސްމާލޭގައި ބޭރުގެ އެކި ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން އުޅޭ ކަމަށް ބުނާ މައްސަލައިގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ނޮވެމްބަރު 6 ގައި ބޮޑު އެއްވުމެއް ބޭއްވުމަށް "ގައުމީ ހަރަކާތުން" ވަނީ ނިންމާފައެވެ. ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ދީނާއި ސަގާފަތާ ނުގުޅޭ ބަޔަކު ވަޒަންވެރިކުރުވުމުގެ ކުރިން ރައްޔިތުންގެ ސީދާ ބަހެއް ހޯދަންޖެހޭނެ ކަމަށެވެ.