އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

Oct 24, 2026, 6:23 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އަލަށް ހުޅުވި ބްރިޖެއް މެދުވެރިކޮށް އަވަށްޓެރި ޗައިނާއަށް ވަޑައިގެންފައިވާ ކަމަށް ދެކުނު ކޮރެއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވާހަކަދެއްކުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް އެދިވަޑައިގެން އެ އޮފިޝަލް ވިދާޅުވީ، ކިމް ޗައިނާގެ ދަންޑޮންގަށް ވަޑައިގަތީ އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުރަސްކުރައްވައި ކަމަށެވެ.

މި ދަތުރާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވަގުތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ.

ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި އޮތް އޮތުމާއި ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހުރަސްތަކަށް ފަހު، ވިޔަފާރި އާއި އިގްތިސާދު އާލާކުރުމުގެ މަގްސަދުގައި ތިން ކިލޯމީޓަރުގެ ދިގު މި ބްރިޖް ހުޅުވާފައިވަނީ މި މަހުގެ ތެރޭގަ އެވެ. މިއީ މި ދެ ގައުމުގެ އެއްގަމު ބޯޑަރު ހުރަސްކުރުމަށް ބޭނުންކުރާނެ އެންމެ މުހިންމު މަގެވެ.

ޗައިނާގެ ސަރުކާރުގެ ތިންކް-ޓޭންކެއް ކަމަށްވާ ލިއޯނިންގް އެކަޑަމީ އޮފް ސޯޝަލް ސައިންސަސްގެ މާހިރެއް ކަމަށްވާ ލޫ ޗާއޯ ވިދާޅުވީ، ކިމް މިހާރު ކުރައްވާ މި ދަތުރަކީ ޗައިނާ އާއި އުތުރު ކޮރެއާއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިވެ، މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރައްވާ މުހިއްމު ދަތުރެއް ކަމަށެވެ.

ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ލޫ ވިދާޅުވީ، މި ބްރިޖް ހުޅުވުމާއެކު ޗައިނާ އާއި އުތުރު ކޮރެއާގެ ވިޔަފާރީގެ މުދާ އުފުލުމަށް ކުރިމަތިވެފައި އޮތް ބޮޑު ހުރަސް ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި މުދާ އުފުލުމުގެ ނިޒާމަށް ލިބުނު މި ލުޔާއެކު، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބްރިޖްގެ ސަބަބުން އުތުރު ކޮރެއާގެ ތަރައްގީއަށް ބޭނުންވާ ބަރު މެޝިނަރީ އާއި، ރޯ މެޓީރިއަލްސް އަދި ހަކަތައިގެ ބާވަތްތައް އުފުލުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެ އެވެ. ވޭތުވެދިޔަ 13 މަސް ދުވަހުގެ ތެރޭގައި ދެ ގައުމުގެ ލީޑަރުން ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވާ އިރު، މި ބްރިޖް ހުޅުވުމަކީ ބެއިޖިންގް އާއި ޕިޔޮންގްޔަންގްގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެކެވެ.

ކިމް އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބެއިޖިންގްގައި ބޭއްވި 80 ވަނަ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރެކެވެ. އެ ދަތުރުގައި އޭނާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް ޝީ ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާއަށް ފުރަމާނަ ދަތުރެއް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

Newsletter

Get the latest news delivered straight to your inbox