ހަތް އަހަރަށް ފަހު ޗައިނާގެ ރައީސް ޝީ އިންޑިއާއަށް

Aug 25, 2026, 6:32 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އަންނަ މަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން ބޮޑު ވަފުދަކާއެކު ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ތިން މަސްދަރަކުން ބުނެފި އެވެ.

މިއީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ޝީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާއިރު، މިއީ ވާދަވެރި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވަމުންދާ ކަމުގެ އާ ނިޝާނެކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 12 އިން 13 އަށް އިންޑިއާގައި ބާއްވާ މި ސަމިޓުގައި ޝީ ބައިވެރިވެވަޑައިގަތުމަކީ ބްރިކްސްގެ އެޖެންޑާއަށްވުރެ ބޮޑަށް، 2020 ވަނަ އަހަރު ބޯޑަރުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަށްފަހު ބެއިޖިން އާއި ނިއުދިއްލީގެ ގުޅުން ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދޭ އިޝާރާތެއްގެ ގޮތުގައި ބެލެވޭނެ އެވެ.

Advertisement

މިކަމުގެ ސީދާ މައުލޫމާތު އެނގޭ އިންޑިއާގެ މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ހޮޓާތަކާއި ސަލާމަތީ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ހަތް އަހަރުގެ ތެރޭގައި އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ނަމަވެސް، ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަނީ ވަރަށް މަޑުންނެވެ. އަދި ދާދި ފަހުން ބޯޑަރާ ގުޅުންހުރި އާ މައްސަލައެއް ފެންމަތިވެ، ދެ ގައުމުގެ ދެމެދުގައި ހޫނު ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

އިންޑިއާގެ އިތުރު ދެ މަސްދަރަކުން ބުނި ގޮތުގައި މިފަހަރުގެ ދަތުރުފުޅުގައި ގާތްގަނޑަކަށް 400 އޮފިޝަލުންގެ ވަފުދެއް ޝީގެ އަރިހުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ދެ ގައުމުގެ އޮފިޝަލުން މި ސަމިޓުގެ ބޭނުން ހިފާނީ، ބޯޑަރުގެ މައްސަލަތަކާއި ސަރަހައްދީ ސަލާމަތީ ކަންކަމުގައި ހުރި ދިގު މުއްދަތުގެ ހިޔާލުތަފާތުވުންތައް މެނޭޖުކުރަމުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށް މަސްދަރުތަކުން ބުނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ބްރިކްސްގެ އެއްބާރުލުމަށް ޗައިނާއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށާއި، މި އަހަރުގެ ބްރިކްސް ސަމިޓް ކާމިޔާބުކަމާއެކު ބޭއްވުމަށް މިހާރުގެ ރިޔާސަތު ބަލަހައްޓާ އިންޑިއާއަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ޝީގެ ދަތުރުފުޅާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ "މިވަގުތު ފޯރުކޮށްދޭނެ އެއްވެސް މައުލޫމާތެއް ނެތް" ކަމަށެވެ. 2025 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އެންމެ ފަހުގެ ބްރިކްސް ސަމިޓުގައި ޝީ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox