މި ވަގުތު ރެއާލާއި ބާސެލޯނާ އަޅާކިޔުން އިންސާފުވެރިނުވާނެ: މޮރީނިއޯ

Oct 25, 2026, 7:01 AM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރެއާލްގެ ކޯޗު މޮރީނިއޯ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރެއާލްގެ ކޯޗު މޮރީނިއޯ

މެޑްރިޑް (އޮކްޓޫބަރު 25) - މި ވަގުުތުގެ ހާލަތާއި ކަންކަން ހުރި ގޮތަށް ބަލާއިރު، ރެއާލް މެޑްރިޑާއި ބާސެލޯނާ އަޅާކިޔުން އެއީ އިންސާފުވެރި ކަމަކަށް ނުވާނެ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެެވެ. 

މޮރީނިއޯ މިހެން ބުނެފައިވަނީ، ސްޕެނިޝް ލީގުގައި މިރޭ ރެއާލާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ސްޕެނިޝް ލީގު ތާވަލުގައި ބާެސެލޯނާ އޮތީ ރެއާލަށް ވުރެން ހަ ޕޮއިންޓު ކުރީގަ އެވެ. 

އޭނާ ބުނީ މީގެ ހަފްތާއެއް ކުރިން ގިނަ ބަޔަކު ދެކޭނީ، ބާސެލޯނާ އިން ބޮޑު ތަފާތަކުން ރެއާލް ބަލިކުރާނެ ކަަމަށް ކަމުގަ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވެ، ރެއާލުން ލައިޕްޒިގު ބަލިކުރުމުން މީހުން ދައްކާ ވާހަކަ ތަފާތު ވެދާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. 

އެންމެ މުހިންމު ކަމަކަމަށް ވިސްނަން ޖެހެނީ ބާސެލޯނާގައި މިހާރު ހުރި ކޯޗު ހަންސީ ފްލިކްގެ ވިސްނުމަށް އެ ކްލަބް ބައްޓަން ކުރަމުން އަންނަތާ ދެ އަހަރު ވެފައިވާ ކަމަށާއި ރެއާލުން މިހާރު ކުރިއަށްދާ ވިސްނުމުގައި މަސައްކަތްކުރާތާ ވީ ތިން މަސް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. 

"މީހުން އަހަރެެމެންނަށް ބަލަނީ ނިމިފައި އޮތް މަސައްކަތެއްގެ ގޮތުގައި. އެކަމަކު، އަހަރެމެން މި ތިބީ ޕްރޮސަސް އެއްގެ މެދުގައި. ކޯޗު މި ދަނީ ކުުޅުންތެރިން ދަސްކުރަމުން، ކުޅުންތެރިން އެ ދަނީ ކޯޗު ދަސްކުރަމުން. އެހެންވީމަ، މި ހާލަތުގައި އޮތް ޓީމަކާ، ރަނގަޅަށް ފައްކާވެފައި އޮތް ޓީމެއްގެ ތަފާތު ހުންނާނެ، އެ ގޮތަށް ނުބަލައި އަޅާކިޔުން އިންސާފުވެރިނުވާނެ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ، ފީފާ ވޯލްޑް ކަޕަށް ފަހު ކުޅުންތެރިންނަށް ދޭން ޖެހޭ ބްރޭކް ނިންމާފައި އައިސް ސީޒަން ފެށުމާ މެދު މުއްދަތު ކުރު ވުމުން، އެންމެ ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި، ސީޒަން ފަށާފައި ދިގު އިންޓަނޭޝަނަލް ބްރޭކެއް އައިސް އަނެއްކާ ވެސް މަސައްކަތަށް ހުއްޓުމެއް އައި ކަމަށާއި މަޑުމަޑުން މިހާރު ހަމަޔަކަށް އެޅެމުން އަންނަކަން މޮރީނިއޯ ވަނީ ފާހަގަކޮށްފަ އެވެ. 

އާދަޔާހިލާފު ފޯމެއްގައި ކުޅެމުން އައި ބާސެލޯނާ އިން ޕީއެސްޖީ އަތުން ބަލިވުމުގެ އަސަރު ކްލަސިކޯ މެޗަށް ކުރާނެ ކަމަށް މޮރީނިއޯ ނުދެކެ އެވެ. 

"އަހަރެމެން މި އައީ ރަނގަޅަށް ކުޅެ، ލަނޑު ޖަހައި މެޗުތަކުން މޮޅުވަމުން. އެކަމަކު، އެލް ކްލަސިކޯ މުޅިން ތަފާތު. މި މެޗުގައި ކުރިން ކުރި އެއްވެސް ކަމެއްގެ އަސަރެއް ނުކުރާނެ، ކްލަސިކޯ އަކީ މުޅިން އާ މެޗެއް. އާންމުކަމެއް މުޅި ފުޓްބޯޅަ ދުނިޔެ މި މެޗު ބަލަން ހުއްޓޭނެ. އުންމީދަކީ ރަނގަޅު މެޗަކަށް، އަހަރެމެން މޮޅުވާން،" މޮރީނިއޯ ބުންޏެވެ. 

ބާސެލޯނާގެ ވަަކިވަކި ކުުޅުންތެރިންގެ ވާހަކަ ދެއްކުމަކީ މި ވަގުތު އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ލަމީން ޔަމާލަކީ ތަފާތު ކުޅުންތެރިއެއް ކަމަށް އެއްބަސްވާންޖެހޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. 

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅޭ އެލް ކްލަސިކޯ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox