މާވެލްގެ އާ "އެކްސް-މެން" ގެ ވަރުގަދަ ކާސްޓް އިއުލާނުކޮށްފި

Aug 17, 2026, 9:00 AM
މާވެލް ފޮޓޯ

މާވެލް ފޮޓޯ

ކެލިފޯނިއާގައި ބޭއްވި ޑިޒްނީގެ "ޑީ23" ފޭން އިވެންޓުގައި، މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީ ވަނީ ކުރިއަށް އޮތް "އެކްސް-މެން" ފިލްމުން ފެނިގެންދާނެ މަޝްހޫރު ތަރިން ހާމަކޮށްފަ އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ "ޑީ23" އަކީ ކުރިއަށް ހުރި ފިލްމުތަކާއި ޓީވީ ސިލްސިލާތައް ދައްކާލުމަށް ޑިޒްނީން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. އަދި މި ފަހަރުގެ އިވެންޓުގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ފިލްމަކީ ވެސް "އެކްސް-މެން" އެވެ.

އެނަހައިމްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މި ހަރަކާތުގައި، 2028 ވަނ އަހަރުގެ މެއި މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ތަރިން ވަނީ ސްޓޭޖަށް އަރާފަ އެވެ. އޭގެ ތެރޭގައި ޖީން ގްރޭގެ ރޯލުން ފެންނާނެ ސޭޑީ ސިންކް އާއި، ސައިކްލޮޕްސްގެ ރޯލުން ފެންނާނެ ކިޓް ކޮނާ އާއި، ޕްރޮފެސަރު އެކްސްގެ ރޯލުން ފެންނާނެ ކްރިސްޓޮފާ އެބޮޓްގެ އިތުރުން ރޯގްގެ ރޯލުން ފެންނާނެ އިންޑޭ ނަވަރެޓޭ ހިމެނެ އެވެ. މީގެ އިތުރުން ސްޓޯމްގެ ރޯލުން މާޔާ ބޮއިޑް ފެންނައިރު، "މިސްޓަ ސިނިސްޓާ" ގެ ގޮތުގައި މަޝްހޫރު ނަތަނިއަލް މިލްބަރީގެ ރޯލުން ފެންނާނީ އެޑަމް ޑްރައިވާ އެވެ.

މީގެ އިތުރުން ޑިޒްނީން ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ސިނަމާތަކަށް އަންނަ "ފްރޯޒަން 3" އާ ގުޅޭ ބައެއް ތަފްސީލުތައް ވެސް ހާމަކޮށްފަ އެވެ. ފިލްމުގެ ފުރަތަމަ މަންޒަރުތަކުން އާ އަންހެން ވިލަންއެއް ފެނިގެންދިޔަ ނަމަވެސް، އެއީ ކާކުކަމެއް އަދި އެ ކެރެކްޓާއަށް އަޑު އަޅަނީ ކޮން ފަންނާނެއްކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަރަކާތުގައި އާނާގެ އަޑު އަޅައިދޭ ކްރިސްޓަން ބެލް އާއި، އާނާގެ ދައްތަ އެލްސާގެ އަޑު އަޅައިދޭ އިދީނާ މެންޒެލް ވަނީ "ފްރޯޒަން ހާޓް" ގެ އާ ވާޝަނެއް ހުށަހަޅައިދީފަ އެވެ. އަދި ސުނޯމޭން އޯލާފްގެ އަޑު އަޅައިދޭ ޖޯޝް ގޭޑް ވަނީ "އޫޫޫ، ސަމަންތާ" ނަމަކަށް ކިޔާ އާ ލަވަޔެއް ދައްކާލާފަ އެވެ.

މި އިވެންޓުގެ އެހެނިހެން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ރަޔަން ގޮސްލިންގް މުހިންމު ރޯލަކުން ފެންނަ "ސްޓާ ވޯޒް: ސްޓާފައިޓާ" ގެ ފުރަތަމަ މަންޒަރުތައް ދައްކާލުން ހިމެނެ އެވެ. ރަޔަން ގޮސްލިންގް އަކީ މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް "ގޯސްޓް ރައިޑާ" މަޝްރޫއާ ވެސް ގުޅިފައިވާ ތަރިއެކެވެ.

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox