ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

Oct 23, 2026, 10:00 AM
ހިތުގެ ކުރެހުމެއް

ހިތުގެ ކުރެހުމެއް

ބިރުގަންނަ ވަގުތުތަކުގައި ހިތުގެ ތެޅުން އަވަސްވުމަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ގަދީމީ އަދި އެންމެ މުހިންމު އެއް ރައްކާތެރިކަމުގެ ނިޒާމެވެ. މިއީ ނުރައްކަލަކާ ކުރިމަތިވާ ހިނދު، އެކަމަކުން ސަލާމަތްވުމަށްޓަކައި ހަށިގަނޑު ތައްޔާރުކޮށްދޭ ސިކުންތުކޮޅެއްގެ ތެރޭގައި ހިނގާ  ކަމެކެވެ.

ރޭގަނޑުގެ އަނދިރީގައި ހިނގާފައި ދަނިކޮށް ކުއްލިއަކަށް ހިޔަންޏެއް ފެނުމުން ނުވަތަ ބާރު އަޑެއް އިވުމުން، ސިކުނޑިއަށް އެއީ ކޮން އެއްޗެއްކަން ދެނެގަނެވުމުގެ ކުރިން ހިތުގެ ތެޅުން އަވަސްވެ، ބިރުގަންނަނީ މި ސަބަބަށްޓަކައެވެ.

ބިރުގަތުމުގެ އިހުސާސް ފެށެނީ ސިކުނޑީގެ ތެރޭގައިވާ އަމިގްޑަލާ ނަމަކަށް ކިޔާ ކުޑަ ސަރަހައްދަކުންނެވެ. މި ސަރަހައްދަކީ ހަށިގަނޑަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް އަބަދުވެސް ފާރަވެރިވާ މަރުކަޒެވެ. ނުރައްކަލެއްގެ ނިޝާނެއް ފެނުމާއެކު، ސިކުނޑީގެ ވިސްނާ ބަޔަށް އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމުގެ ކުރިން، އަމިގްޑަލާ އިން ހަށިގަނޑަށް އިންޒާރު ފޮނުވަ އެވެ. މި އިންޒާރު ހައިޕޯތަލަމަސް މެދުވެރިކޮށް ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ފޯރުކޮށްދިނުމުން، އެޑްރީނަލިން ހޯމޯން ލޭގެ ތެރެއަށް ދޫކޮށްލަ އެވެ.

ނުރައްކަލެއްގެ ނިޝާނެއް ފެނުމާއެކު ސިކުނޑިން ވަކި ގޮތެއް ނިންމުމުގެ ކުރިން، އަމިގްޑަލާ އިން ހަށިގަނޑަށް އިންޒާރު ފޮނުވައި އެޑްރީނަލިން ހޯމޯން ލޭގެ ތެރެއަށް ދޫކޮށްލައެވެ.
ނުރައްކަލެއްގެ ނިޝާނެއް ފެނުމާއެކު ސިކުނޑިން ވަކި ގޮތެއް ނިންމުމުގެ ކުރިން، އަމިގްޑަލާ އިން ހަށިގަނޑަށް އިންޒާރު ފޮނުވައި އެޑްރީނަލިން ހޯމޯން ލޭގެ ތެރެއަށް ދޫކޮށްލައެވެ.

އެޑްރީނަލިން ލޭގެ ތެރެއަށް ދޫވުމާއެކު، އެންމެ ފުރަތަމަ އަސަރުކުރާ އެއް ގުނަވަނަކީ ހިތެވެ. ހިތުގެ ތެޅުން އަވަސްވެ، ބާރުވުމުގެ ބޭނުމަކީ ހަށިގަނޑުގެ މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން މުއްސަނދި ލޭ އަވަހަށް ފޯރުކޮށްދިނުމެވެ. މިއީ ނުރައްކަލުން ސަލާމަތްވުމަށް ނުވަތަ އެކަމާ ކުރިމަތިލުމަށް ހަށިގަނޑު ތައްޔާރުވާ ގޮތެވެ. މީގެ އިތުރުން، ނޭވާލުން އަވަސްވުމާއި، ހަށިގަނޑު ފިނިކުރުމަށްޓަކައި ދާހިއްލުމާއި، އަދި ލޮލުގެ ކަޅި ބޮޑުވުން ފަދަ ބަދަލުތައް ހަށިގަނޑަށް އާދެ އެވެ.

ވަލު ޖަނަވާރު ފަދަ ނުރައްކާތަކާ ކުރިމަތިނުވި ނަމަވެސް، މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމުން ނުވަތަ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ޖެހުމުން ވެސް ހަށިގަނޑު އިޖާބަދެނީ ހަމަ މި ގޮތަށެވެ. ހަށިގަނޑަށް ޖިސްމާނީ ނުރައްކަލަކާއި ނަފުސާނީ ބިރުވެރިކަމެއްގެ ތަފާތު އަބަދު ދެނެއެއް ނުގަނެވެ އެވެ. ނުރައްކާ ފިލައިގޮސްފިކަން ސިކުނޑިއަށް ޔަގީންވުމުން، ހަށިގަނޑުގެ ނާރުތަކުގެ ނިޒާމުން ހިތުގެ ތެޅުން މަޑުމަޑުން ހަމައަކަށް އަޅުވަ އެވެ. މި ވަގުތު ފުންކޮށް ނޭވާލުމަކީ ހިތުގެ ތެޅުން އަވަހަށް ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވުމަކީ ސިއްހީ ގޮތުން ދުޅަހެޔޮ ކަމެއް ނަމަވެސް، އެއްވެސް ސަބަބަކާ ނުލައި ގިނަގިނައިން ހިތް ތެޅުމާއި، މޭގައި ރިއްސުމާއި، ނުވަތަ ބޯއެނބުރުން ފަދަ ކަންކަން ދިމާވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. އެހެންކަމުން، ދެން ފަހަރަކުން ބިރުގަންނަ ވަގުތު ހިތް ތެޅެން ފެށުމުން، އެއީ ތިމާގެ ހަށިގަނޑު ތިމާ ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތެއްކަން ހަނދާން ބަހައްޓަންވާނެ އެވެ.

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox