އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް "ޕޮލިފެނޯލް" މުހިންމު

Aug 9, 2026, 6:31 AM
ޕޮލިފެނޯލް ގިނައިން ހިމެނޭ ކޮފީ، ބެރީ އަދި ކުލަގަދަ ތަރުކާރީ

ޕޮލިފެނޯލް ގިނައިން ހިމެނޭ ކޮފީ، ބެރީ އަދި ކުލަގަދަ ތަރުކާރީ

2024 ވަނަ އަހަރު މުޅި ދުނިޔޭގައި ގާތްގަނޑަކަށް 694,000 އަންހެނުން އުރަމަތީގެ ކެންސަރު ބަލީގައި މަރުވެފައިވާ ކަމަށް އިތުބާރު ހުރި ތަފާސްހިސާބުން ދައްކަ އެވެ. އުރަމަތީގެ ކެންސަރަކީ މިހާރު މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ބާވަތެވެ. 

އުރަމަތީގެ ކެންސަރު ޖެހޭ އަންހެނުން ސަލާމަތްވުމުގެ ފުރުސަތު ބިނާވެފައިވަނީ، އެމީހަކަށް ޖެހިފައިވާ ކެންސަރުގެ ބާވަތާއި، ބަލީގެ ސްޓޭޖް ނުވަތަ ހުރި މަރުހަލާގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރިފައިވާ މިންވަރުގެ މައްޗަށެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ޑޮކްޓަރުން އިރުޝާދުދޭ ފަރުވާގެ އިތުރުން، ހަރަކާތްތެރި ދިރިއުޅުމެއް އުޅުން ފަދަ ސިއްހަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމަކީ އުރަމަތީގެ ކެންސަރު ޖެހިފައިވާ އަންހެނުންގެ އުމުރު ދިގުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

Advertisement

ކެއިންބުއިމުގެ އާދަތަކަށް ބަލާއިރު، ބައެއް ހާއްސަ މާއްދާތަކުގެ ސަބަބުން އުރަމަތީގެ ކެންސަރުގައި މަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމަށް މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ ދައްކާފަ އެވެ. އޭގެ ތެރޭގައި ވިޓަމިން ބީ، ވިޓަމިން ޑީ، އޮމެގާ-3 ފެޓީ އެސިޑް އަދި ވިޓަމިން ސީ ހިމެނެ އެވެ.

ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަންގައި ދާދި ފަހުން ޝާއިއުކުރި އާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ގަސްގަހާގެހިން ލިބޭ ގުދުރަތީ މާއްދާއެއް ކަމަށްވާ "ޕޮލިފެނޯލް" ބޭނުންކުރުމުން، އުރަމަތީގެ ކެންސަރުގައި މަރުވުމުގެ ފުރުސަތާއި ބަލި އަލުން އެނބުރި އައުމުގެ ނުރައްކާ ކުޑަކޮށްދެ އެވެ. މި މާއްދާއަކީ ހަށިގަނޑަށް ގެއްލުންދޭ މާއްދާތަކާ ދެކޮޅަށް މަސައްކަތްކުރާ "އެންޓިއޮކްސިޑެންޓް" ސިފަތައް އެކުލެވޭ މާއްދާއެކެވެ.

މި ދިރާސާ ހެދުމަށްޓަކައި ސައިންސްވެރިން ވަނީ އުރަމަތީގެ ކެންސަރު ޖެހިފައިވާ 95 އަންހެނުންގެ ސިއްހީ ހާލަތު އެވްރެޖްކޮށް 11.5 އަހަރުގެ މުއްދަތަށް ބަލާފަ އެވެ. މި މުއްދަތުގައި އެމީހުންގެ ކެއިންބުއިމުގައި ޕޮލިފެނޯލް ބޭނުންކުރާ މިންވަރު ވަނީ ދިރާސާކޮށްފަ އެވެ.

ދިރާސާ ނިމުނުއިރު ސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، ޕޮލިފެނޯލްގެ ބާވަތްތައް ގިނައިން ބޭނުންކުރާ އަންހެނުން، ހާއްސަކޮށް "ފީނޯލިކް އެސިޑް" އާއި "ލިގްނަންސް" ގިނައިން ބޭނުންކުރާ މީހުން އުރަމަތީގެ ކެންސަރުގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ އެވެ.

ވަކިން ހާއްސަކޮށް ފީނޯލިކް އެސިޑް ގިނައިން ބޭނުންކުރުމަކީ ބަލި އަލުން އެނބުރި އައުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަން ފާހަގަކުރެވުނެވެ. އަދި ޖުމްލަ ގޮތެއްގައި ޕޮލިފެނޯލް ގިނައިން ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންގެ އުމުރު ދިގުވުމާ ގުޅުމެއް ހުރި ކަމެއްކަން ވެސް މި ދިރާސާއިން ދައްކަ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންނަށް ޕޮލިފެނޯލް، ފީނޯލިކް އެސިޑް އަދި ލިގްނަންސް އެންމެ ގިނައިން ލިބިފައިވަނީ ކޮފީގެ ޒަރީއާއިންކަން ސައިންސްވެރިން ފާހަގަކުރި އެވެ.

ޕޮލިފެނޯލްއަކީ ގުދުރަތީ ގޮތުން ގަސްގަހާގެހިން ލިބޭ ވަރަށް ގިނަ ބާވަތްތައް ހިމެނޭ މާއްދާއެކެވެ. މި މާއްދާ ހިމެނޭ ތަކެތީގެ ތެރޭގައި ބެރީގެ ބާވަތްތައް، ކޮކޯ، ކޮފީ، ކުލަގަދަ ތަރުކާރީ، އެކްސްޓްރާ ވާޖިން އޮލިވް އޮއިލް، ހާބްސް އަދި މަސާލާގެ ބާވަތްތައް، ބީންސް އާއި މުގުގެ ބާވަތްތައް އެކުލެވެ އެވެ.

މައުލޫމާތު: މެޑިކަލް ނިއުސް ޓުޑޭ

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox