ސްޓާ މެޑިކަލްއިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުގެ ސެޝަނެއް މިރޭ

Oct 22, 2026, 10:58 AM
ސްޓާ މެޑިކަލް

ސްޓާ މެޑިކަލް

ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ސްޓާ މެޑިކަލްއިން ސިލްސިލާކޮށް ގެންދާ ސެޝަންތަކުގެ ތެރެެއިން ބްރެސްޓް ކެންސަރު ނުވަތަ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ސެޝަންއެއް ބޭއްްވުމަށް ނިންމައިފި އެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ (އޮކްޓޫބަރު 22)8:15 ގަ އެވެ. 

"މި ސެޝަންގައި ބަލި ކުރިއަށް ފާހަގަކުރުމާއި، ގަވާއިދުން ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދެވޭނެ" ސްޓާ މެޑިކަލްގެ ސްޓާފް ނާސް ފާތިމަތު ފަރީމާ ވިދާޅުވި އެވެ.

މި ސެޝަން ފަރުމާކޮށްފައި ވަނީ އެކުވެރި އަދި ތައުލީމީ މާހައުލެއްގައި ސިއްހީ މުހިންމު މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.

ސެޝަން ކުރިއަށް ދާނީ މާލޭގެ ބުރުޒުމަގުގައި ހުންނަ ގޯލްޑަން ވެލީގަ އެވެ. ސްޓާމެޑިކަލް އިން  ބުނި ގޮތުގައި މި ޕްރޮގްރާމަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. 

މި ސެޝަންގައި ބައިވެރިވުމަށް ނަން ނޯޓުކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9287755 ނުވަތަ 3333074 ނަންބަރު ފޯނާ ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.

ސްޓާ މެޑިކަލްއިން ވަނީ ދަރިމައިވުމުގެ ކުރިން ވިސްނަން ޖެހޭ ކަންކަން ކިޔައިދީ ހޭލުންތެރި ސެޕްޓެމްބަރު މަހުގެ  24 ވަނަ ދުވަހު ވެސް ހާއްސަ ސެޝަންއެއް ބާއްވާފަ އެެވެ.

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox