ސްޓާ މެޑިކަލްއިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް

Aug 10, 2026, 5:08 PM
ސްޓާ މެޑިކަލް

ސްޓާ މެޑިކަލް

މާލޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކުގެ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސްޓާ މެޑިކަލްއިން ހިދުމަތްތައް ފުޅާކޮށްފި އެވެ.

މާފަންނުގައި ހުންނަ ގޯލްޑަން ޓަވަރުގައި ހުޅުވި މި ކްލިނިކަކީ އެއް ފުރާޅެއްގެ ދަށުން ބަލިމީހުންނަށް ބޭނުންވާ އެތައް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ޒަމާނީ ކްލިނިކެކެވެ. 

ސްޓާ މެޑިކަލްގެ މައިގަނޑު މަގްސަދަކީ އާންމު ބަލިތަކަށް ފަރުވާ ދިނުމާއި ހާއްސަ ބަލިތަކުގެ ފަރުވާ އެއް ތަނަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ މެޝިނަރީތަކާއި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު، ބަލިމީހުން ޓެސްޓުތައް ހެދުމަށާއި ޑޮކްޓަރަށް ދެއްކުމަށް އެކި ތަންތަނަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނެސް، ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފަ އެވެ.

އެއް ފުރާޅެއްގެ ދަށުން ލިބޭނެ މައިގަނޑު ހިދުމަތްތައް

  • އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އެކި ދާއިރާތަކުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ މަޝްވަރާ ހޯދުން.
  • ލެބޯޓްރީ ޓެސްޓުތަކާއި، އެކްސް-ރޭ، އަލްޓްރާސައުންޑް ސްކޭން އަދި އީސީޖީގެ ހިދުމަތް.
  • ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ ވިންދު ބަލާ އެންއެސްޓީ މޮނިޓަރިންގެ ހިދުމަތް.
  • ކުއްލި ހާލަތްތަކުގައި ބޭނުންވާ ނެބިއުލައިޒް ކުރުމާއި، އިންޖެކްޝަން ޖެހުމާއި، ފާރުގަނޑުތައް ސާފުކޮށް ބޭސްއެޅުން.
  • ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ބޭނުންވާ ވޯކް ޕާމިޓް މެޑިކަލްގެ ހިދުމަތް ވަރަށް އަވަސްކަމާއެކު.

މި ކްލިނިކުން ބައްލަވަ ޑޮކްޓަރުންގެ ތެރޭގައި އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑރ. މޫސާ މުރާދު އާއި ފާތުމަތު މުހައްމަދު، އަންހެނުންގެ ހާއްސަ ޑރ. އައިޝަތު ޝިބާނާ، ކަށީގެ ބަލިތަކުގެ ހާއްސަ ޑރ. އަލި މަފާޒު، ނާރުގެ ބަލިތަކުގެ ހާއްސަ ޑރ. އައްލާ ޝާކިރު، ކުޑަކުދިންގެ ހާއްސަ ޑރ. މިހުނަތު މުސްތަފާ ހިމެނެ އެވެ. 

އެޕޮއިންޓްމަންޓް ހެދުމަށް

  • ނަންބަރުތައް: 9287755، 3333074، 3333075، 3333076
  • އެޑްރެސް: 1 ވަނަ ފަންގިފިލާ، މ. ގޯލްޑަން ޓަވަރު، ބުރުޒުމަގު، މާލެ
  • ފޭސްބުކް ޕޭޖް: އެންމެ ފަހުގެ މައުލޫމާތުތައް ސްޓާ މެޑިކަލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox