އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

Oct 19, 2026, 9:15 AM
ފޮޓޯ: އެކްސް

ފޮޓޯ: އެކްސް

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފި އެވެ. ނަމަވެސް، ކާކުކަން ނޭނގޭ ބަޔަކު ދިން މި ހަމަލާއިން އޭނާ ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ހިމެނޭ ޕުޝްޕާ ޕާކް ކައިރީގައި މި ހަމަލާ ދީފައިވަނީ އިއްޔެގެ އިރުއޮއްސި 7:00 އާއި 7:30 އާ ދެމެދުގެ ވަގުތެއްގަ އެވެ. މި ހަމަލާގައި ޓައިގާ ޝްރޮފް ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އަނިޔާވި ޑްރައިވަރަށް މިހާރު ދަނީ ނަނަވަތީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Advertisement

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއީގެ ގޭންގުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ އަނިލް ޕަންޑިތު ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އޭނާ އާއި ހަރްމަން ސަންދޫ ގުޅިގެންނެވެ.

ޖޫހޫ ޕޮލިސް ސްޓޭޝަންގެ އިހުތިސާސް ހިމެނޭ ސަރަހައްދުގައި ހިނގި މި ހާދިސާގައި، ޓައިގާ ޝްރޮފް ދަތުރުކުރި ބީއެމްޑަބްލިއު ކާރަށް އަމާޒުކޮށް ހަތަރު ފަސް ފަހަރަކު ބަޑިޖަހާފައިވެ އެވެ. މުމްބާއީ ފުލުހުން ވަނީ ޓައިގާ ޝްރޮފްގެ ހާލު ރަނގަޅު ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޓައިގާ ޝްރޮފް ފުޓްބޯޅަ ކުޅޭ ދަނޑަކުން ނުކުމެގެން ދަނިކޮށެވެ. މި ހަމަލާ ދޭން މެދުވެރިވި ސަބަބާއި، ހަމަލާ ދިން މީހުންގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ގައުމުން ބޭރުގައި އުޅޭ ކަމަށް ބެލެވޭ ގޭންގްސްޓަރުން ކަމަށްވާ އަނިލް ޕަންޑިތާއި ހަރްމަން ސަންދޫ، މި ހަމަލާގެ ޒިންމާ އުފުލައި ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ ސައްހަކަން ވެސް މުމްބާއީ ފުލުހުން ދަނީ ބަލަމުންނެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މަޝްހޫރު އެކްޓަރު ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ޓައިގާ ޝްރޮފަށް މީގެ ކުރިން އިންޒާރު ދީފައިވެ އެވެ. ނަމަވެސް އޭނާ އެ އިންޒާރުތަކަށް ފަރުވާލެއް ބަހައްޓާފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ކޮންގްރެސް ޕާޓީގެ ލީޑަރު ސަޗިން ސާވަންތު ވިދާޅުވީ، މިއީ އިންތިހާއަށް ބިރުވެރި ކަމެއް ކަމަށެވެ. އަދި މުމްބާއީގެ އަމާންކަން މީގެ ކުރިން ދުވަހަކުވެސް މިހާ ދަށަށް ގޮސްފައި ނުވާ ކަމަށާއި، މިހާރުގެ ސަރުކާރުގެ ދަށުން ގާނޫނާއި ގަވާއިދު މުޅިން މުގުރިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މީގެ ކުރިން ބާބާ ސިއްދީގީ މަރާލައި، ސަލްމާން ޚާންގެ ގެއަށް ބަޑީގެ ހަމަލާދީ، ފިލްމު އުފައްދާ ފަރާތްތަކަށް ދަނީ އިންޒާރުތައް ލިބެމުން. ކުރިން އަހަރެމެން ބުނަމުން އައީ މަހާރާޝްތުރާ މިދަނީ ބިހާރު ފަދަ ނުރައްކާތެރި ތަނަކަށް ވާށޭ، އެކަމަކު މިއަދު މިވަނީ ހަމަ އެ ހާލަތަށް ގޮސްފައި. މިއީ އަހަރެމެން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް،" ސާވަންތު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުމްބާއީ އަކީ މުޅި އިންޑިއާގައި ވެސް އޮތް އެންމެ އަމާން ސިޓީ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރުތަކަކީ ނާމާން އަދި ބިރުވެރި މަންޒަރުތަކެއް ކަމަށެވެ.

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox