އަބުޗާ ދޫކޮށްލި މައްސަލާގައި ޕެރޯލް ބޯޑު މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

Oct 15, 2026, 6:06 AM
އިއްޔެ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އިއްޔެ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ނުވަދިހަ އަށް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާފައި ހުރި އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލި މައްސަލައާ ގުޅިގެން، ޕެރޯލް ބޯޑު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އިއްޔެ ނިންމައިފި އެވެ.

އަބުޗާ ދޫކޮށްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. ޕެރޯލް ބޯޑު ކޮމިޓީއަށް ހާޒިރުކޮށް މިކަން ހިނގާދިޔަގޮތް އިތުރަށް ސާފުކުރުމަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކުށްވެރިޔާ މުޖުތަމައަށް ދޫވެގެން ދިޔައީ ކިހިނެއްކަން ސާފުކުރަން ޖެހޭ ކަމަށެވެ. މައްސަލަ ފެންމަތިވުމާއެކު ސަރުކާރުން ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކޮށްފައިވީ ނަމަވެސް، އެއީ މީގެ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ޕެރޯލް ބޯޑުގެ މެންބަރުން ގާނޫނާ ހިލާފު ކުށެއް ކޮށްފައިވާނަމަ އެކަންވެސް ބަލައި ދިވެހި ރައްޔިތުންނަށް ހާމަކުރުމަކީ ކޮމިޓީގެ ޒިންމާއެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސްއޫލިއްޔަތު އަދާކުރާ ފަރާތް އެ މަސްއޫލިއްޔަތު އެކަހެރިކުރުން ނުވަތަ އެ ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަކުން މިކަމެއް ހައްލެއް ނުވޭ،" ޕެރޯލް ބޯޑުގެ މެންބަރުން ވަކިކުރި ކުރުމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރައްވައި ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން ހަބީބު ވިދާޅުވީ، މުޖުތަމައަށް ނުރައްކާތެރި މީހަކު ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރުމުން އެނގެނީ އޭނާ ދޫކޮށްލުމުގައި ގޯސްތަކެއް ހަދާފައިވާކަން ކަމަށެވެ. އަދި ބޮޑު ގޯހެއް ހެދުމުން ހަމައެކަނި އިސްތިއުފާ ދިނުމުން ނުވަތަ ވަޒީފާއިން ވަކިކުރުމުން މައްސަލަ ނުނިމޭނެކަން ފާހަގަކުރައްވައި، މީގެ ކުރިންވެސް އެ ބޯޑުން ގަވާއިދާ ހިލާފަށް ކިތައް މީހުން ދޫކޮށްލާފައިވޭތޯ ބަލަންޖެހޭ ކަމަށް ޝާމިން ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ އަބުޗާ އަލުން އަނބުރާ ޗަލަށް ގެންދިޔުމުންނާއި، ޕެރޯލް ބޯޑުގެ މެންބަރުން ވަކިކުރުމަކުން އެ އެ ބޯޑުން ހެދި ގޯސް ރަނގަޅު ވެގެން ނުދާ ކަމަށެވެ.

އަބުޗާ ދޫކޮށްލި މައްސަލަ ބަލައި ޕެރޯލް ބޯޑުގެ މެންބަރުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ހުކުމެވެ. ޕެރޯލަށް އޭނާ ޝަރުތު ހަމަވީ 6.5 އަހަރު ޖަލުގައި ހޭދަ ކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ މުއްދަތު އޭނާ ހަމައެއްނުކުރެ އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

އަބުޗާ ދޫކޮށްލުމުގައި ގޯސްތަކެއް ހުރިކަން ފާހަގަކޮށް އޭނާ އަލުން ހައްޔަރުކޮށް، އަދި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކުރި އެވެ. ނަމަވެސް ޕެރޯލް ބޯޑުގައި ތިއްބަވާ މެންބަރުންގެ ނަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox