އަބުޗާ ދޫކޮށްލި މައްސަލާގައި ޕެރޯލް ބޯޑު މަޖިލީހަށް ހާޒިރުކުރަނީ
98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައި ހުރި އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ބެލުމަށް ޕެރޯލް ބޯޑު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ބޯޑުގެ މެންބަރުން ވަކިކުރި ނަމަވެސް، އެ ފަރާތްތަކުން ގާނޫނާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބަލައި ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.