ރާއްޖެ އަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކި ސްރީ ލަންކާގެ ކޯޗަށް ފިޔަވަޅު އަޅައިފި

ސްރީ ލަންކާ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗު، އިމްރާން މުހައްމަދު: ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސްރީ ލަންކާ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗު، އިމްރާން މުހައްމަދު: ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މިޔަންމާގައި މިހާރު ކުރިއަށްދާ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ އަތުން 4-0 އިން ބަލިވި މެޗަށް ފަހު، ރާއްޖެއާ މެދު އިހުތިރާމް ކުޑަކޮށް ބޭއަދަބީ އިބާރާތްތައް ބޭނުންކޮށްގެން ވާހަކަ ދެއްކި ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާން އަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) އިން ފިޔަވަޅު އަޅައިފި އެވެ. 

ލަންކާ އަތުން ރާއްޖެ 4-0 އިން މޮޅުވި މެޗަށް ފަހު، އިމްރާން އާއި ރާއްޖޭގެ ކުޅުންތެރިންނާ މެދު ވާހަކަތަކެއް ހިނގައިދިޔަ ފަހުން، އިމްރާން އަޑުގަދަކޮށް، ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާލަށް، ރާއްޖެ އަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ބޭނުކޮށް، އިހުތިރާމް ކުޑަކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ. 

ތަފާތު ބޮޑުކޮށް ސްރީ ލަންކާ ބަލިކޮށް ރާއްޖެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ފޭސް އަށް

އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު މުބާރާތުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދައިފި. ބްރުނާއީ އާއި ލަންކާ އަތުން މޮޅުވެ ރާއްޖެއާއި މިޔަންމާ ކޮލިފައިވެފައިވާއިރު، ގްރޫޕްގެ އެއްވަނަ ކަނޑައަޅާ މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ މިޔަންމާއާ ދެކޮޅަށް.

އޭނާ ވާހަކަ ދެއްކިއިރު، އިބާރާތްތައް ބޭނުކޮށްފައި ހުރީ، މިދިޔަ މާޗް މަހު ރާއްޖެ އަތުން މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ސްރީ ލަންކާ 3-2 އިން މޮޅުވި މެޗަށް އިޝާރާތްކޮށެވެ. އެ މެޗުގައި ރާއްޖެ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ސްރީ ލަންކާ މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. 

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އިމްރާންގެ ފަރާތުން ފެނިގެންދިޔަ އަހުލާގީ ގޮތުން ދަށްފެންވަރުގެ ކަންތައްތަކުގެ ސަބަބުން އެކަމާ މާޔޫސްވާކަން ސޯޝަލް މީޑިއާގައި ސްރީ ލަންކާ ސަޕޯޓަރުންގެ ފަރާތުން ވެސް ފެނިގެންދިޔަ އެވެ. 

ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް ޖަސްވާރު އުމަރު އާއި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީޑަޝިޕުން، 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗު، އިމްރާން އަށް ފިޔަވަޅު އަޅަން ނިންމީ އަހުލާގީ ގޮތުން އެ ފަދަ ކަމެއް ފެންނަ ކޯޗަކަށް ފުރުސަތެއް ނެތް ކަމަށް ބުނެ އެވެ. އަދި، ހާއްސަކޮށް ޒުވާން އުމުރުގެ ކުޅުންތެރިންނާ ހަވާލުވެ ހުރި ކޯޗެއްގެ ފަރާތުން އެ ފަަދަ ކަމެއް ފެނުން އެއްވެސް ގޮތަކަށް ބަަލައިނުގަނެވޭނެ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. 

ފުޓްބޯޅައިގައި ރާއްޖެ އާއި ސްރީ ލަންކާގެ ވާދަވެރިކަން ފެންނަނީ ކްރިކެޓްގައި އިންޑިއާ އާއި ޕާކިސްތާން ކަހަލަ ގޮތަކަށް

ފުޓްބޯޅައިގައި ރާއްޖެ އާއި ސްރީ ލަންކާގެ ވާދަވެރިކަން ފެންނަނީ ކްރިކެޓްގައި އިންޑިއާ އާއި ޕާކިސްތާން ކަހަލަ ގޮތަކަށް ކަމަށް ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާން ވަނީ ބުނެފައި.

ރާއްޖެ އާއި ސްރީ ލަންކާ އިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމްރާން ބުނީ، ފުޓްބޯޅައިގައި ރާއްޖެ އާއި ސްރީ ލަންކާގެ ވާދަވެރިކަން ފެންނަނީ ކްރިކެޓްގައި އިންޑިއާ އާއި ޕާކިސްތާން ކަހަލަ ގޮތަކަށް ކަމަށެވެ. 

ސްރީ ލަންކާ އިން ވަނީ އޭއެފްސީ ކޮލިފައިންގައި މި ފަހަރު ކުޅުނު ދެ މެޗުން ވެސް 4-0 އިން ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި މިޔަންމާ އަތުން ވެސް ބަލިވީ ދެ ވަނަ މެޗުގައި ރާއްޖެ އަތުން ބަލިވި ނަތީޖާ އިންނެވެ. ތިން ވަނަ މެޗުގައި ސްރީ ލަންކާ އިން ކުޅޭނީ މާދަމާ ބްރުނާއީ ދާރުއްސަލާމްއާ ދެކޮޅަށެވެ. 

މި ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ، ރާއްޖެ އާއި މިޔަންމާ އިން ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ ދެން އޮތް މުބާރާތުގެ ކޮލިފައިން ފޭސް އިން ޖާގަ ހޯދައިފަ އެވެ. މި ގްރޫޕްގެ އެއް ވަނަ ކަނޑައަޅާ މެޗުގައި މާދަމާ ރާއްޖެ އާއި މިޔަންމާ ކުޅޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox