ތުރުކީ، ޕާކިސްތާނު އަދި މިސްރުން ހަމަލާތައް ކުށްވެރިކޮށްފި
ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ހަމަލާތައް ތުރުކީ، ޕާކިސްތާން އަދި މިސްރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ގައުމުތަކުން ވަނީ ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށާއި، ހޫތީންގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.