ދެކުނު ކޮރެއާގެ "ޝީ ޖިންޕިން" ރެސްޓޯރެންޓަށް ޗައިނާ ބަޔަކު ހަމަލާދީ ވަގުތުން ފުރައިފި

Sep 30, 2026, 11:23 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަމުން ނަންދީފައިވާ ދެކުނު ކޮރެއާގެ ރެސްޓޯރެންޓަކަށް ޗައިނާގެ ބަޔަކު ވަދެ ގެއްލުންދީ، އެ ހަމަލާއަށް ފަހު ވަގުތުން ފުރައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ދެކުނުން އޮންނަ ސިއޮންގްނާމް ސިޓީގައި ހުންނަ މި ރެސްޓޯރެންޓުގެ ސަވައިލަންސް ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި، ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ހަތަރު ފިރިހެނަކު އެ ތަނަށް ވަދެ، ފަރުނީޗަރުތައް ހަލާކުކޮށް ސްޕްރޭ ޖަހައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ ދެކުނު ކޮރެއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރެސްޓޯރެންޓަށް "ޝީ ޖިންޕިން" ގެ ނަން ދިނީ އެއީ ދެކުނު ކޮރެއާގައި ހުރި އެންމެ މޮޅު ޗައިނާ ރެސްޓޯރެންޓަށް ހަދަން ބޭނުންވާތީ ކަމަށެވެ. އަދި އެ ނަން ދިނުމުގައި އެއްވެސް ސިޔާސީ މަގްސަދެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަ ޗޯސުން ޑެއިލީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ރެސްޓޯރެންޓް ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް، އެތަނުގެ ނަން ބަދަލުކުރުމަށް ބާރުއަޅައި ފިއްތުންތައް ކުރިމަތިވާން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ރެސްޓޯރެންޓުގެ ވެރިޔާ ބުނި ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޝީ ދެކުނު ކޮރެއާއަށް ވަޑައިގަންނަވާ ހަބަރު ފެތުރުމާއެކު، ރެސްޓޯރެންޓުގެ ނަން ބަދަލުކުރުމަށް އެދި އެތައް ފޯނު ކޯލެއް އޭނާއަށް ލިބުނެވެ. އަދި ބައެއް މީހުން އެކަމަށް ފައިސާގެ ހުށަހެޅުންތައް ވެސް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

"ޗައިނާގައި ވިޔަފާރިކުރާ ކަމަށް ބުނާ ބަޔަކު ގުޅައި، ނަން ބަދަލުކޮށްފި ނަމަ ބޮޑު އަދަދަކުން ފައިސާ ދޭނެ ކަމަށް ބުނި. އެމީހުން އެކަމަށް ވަރަށް ބޮޑަށް ބާރުއެޅި،" އޭނާ ދަ ޗޯސުން ޑެއިލީއަށް ކިޔައިދިނެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، އެ ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ "ޝީ ޖިންޕިން ސްޕެޝަލް ރައިސް" ކިޔާ ކެއުމަކާ ގުޅިގެން ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއަށް މައްސަލައެއް ވެސް ހުށަހެޅުނެވެ. ނަމަވެސް، އެ މިނިސްޓްރީން މައްސަލަ ބެލުމަށްފަހު އެއްވެސް ގޯހެއް ނެތް ކަމަށް ނިންމައި މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.

ރެސްޓޯރެންޓުގެ ވެރިޔާ ބުނި ގޮތުގައި، މިދިޔަ ހަފުތާގައި ދިން ހަމަލާއަކީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަމަލާ އެވެ. މި ހަމަލާގައި ގާތްގަނޑަކަށް 15 މިލިއަން ވޮން (11,100 އެމެރިކާ ޑޮލަރު) ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް އޭނާ މީޑިއާތަކަށް މައުލޫމާތު ދިނެވެ.

މި ހަމަލާއާ ގުޅިގެން ފަސް ދުވަހަށް ބަންދުކުރުމަށް ފަހު، ޝީ ޖިންޕިން ރެސްޓޯރެންޓް މިދިޔަ އަންގާރަ ދުވަހު އަލުން ވަނީ ހުޅުވާފަ އެވެ. ރެސްޓޯރެންޓުގެ ވެރިޔާ ބުނީ، މިހާރު އެ ތަނަށް އާ ނަމެއް ދިނުމަށް އޭނާގެ ޓީމުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި ހަމަލާގެ ތުހުމަތު ކުރެވޭ ހަތަރު މީހުންނަކީ އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ ޗައިނާގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ. އެމީހުން ހަމަލާ ދިނުމަށްފަހު ޗައިނާގެ ޝަންހާއީ އަދި ޝަންޑޮންގް ޕްރޮވިންސްގެ ޔަންޓައި ސިޓީއަށް ފުރައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރެޑް ނޯޓިސްއަކީ ސީދާ ހައްޔަރު ކުރުމުގެ އަމުރެއް ނޫން ނަމަވެސް، އެއީ ކުށްވެރިއަކު އަނބުރާ ގައުމަށް ފޮނުވާލެވެންދެން ބަންދުގައި ބަހައްޓައިދިނުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފުލުހުންގެ ކިބައިން އެދޭ އެދުމެކެވެ.

ޝީ ޖިންޕިން ރެސްޓޯރެންޓަކީ ޗައިނާގެ ތަފާތު ގިނަ ކެއުންތައް ލިބޭ ތަނެކެވެ. އިންޓަނެޓުގައި އާންމުވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި އެ ތަނުގެ މެނޫގައި ދެކުނު ކޮރެއާގެ ބައެއް ކެއުންތައް ވެސް ހިމެނެ އެވެ. ގޫގުލް ރިވިއުތަކަށް ބަލާއިރު، އެ ރެސްޓޯރެންޓަށް ފަސް ތަރިން ހަތަރު ތަރީގެ އެވްރެޖް ރޭޓިންއެއް ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox