ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފި

Oct 7, 2026, 2:09 PM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއްކުރި ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ އެ ގައުމުގެ އެންޓި-ކޮރަޕްޝަން އިދާރާއިން ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ބާރުގަދަކޮށް އޮތް ރާޖަޕަކްސަ އާއިލާގެ މެންބަރުންގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ތަހުގީގުތައް ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރުން މިހާރު ވަނީ އަލުން ފަށާފަ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން، އުމުރުން 73 އަހަރުގެ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކުރީ ކޮލަމްބޯއިން ކަމަށާއި، އޭނާ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކުރާނެ ކަމަށް ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިން ބުނެފައިވެ އެވެ.

ކޮލަމްބޯގައި ހުންނަ ރާޖަޕަކްސަގެ ގެކޮޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސީ.އައި.އޭ.ބީ.އޯ.ސީގެ އޮފިޝަލަކު ވިދާޅުވީ، ޝިރާންތީ ހައްޔަރުކުރީ އޭނާ ހިންގަވާ "ސިރިލިޔާ ސަވިޔާ ފައުންޑޭޝަން" އާ ގުޅޭ މައްސަލައެއްގައި ކަމަށެވެ.

ބޭސްފަރުވާއަކަށް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، އެނބުރި ވަޑައިގަތުމުން ކޮލަމްބޯ އެއާޕޯޓުން ވަނީ އޭނާގެ ޗެރިޓީއާ ގުޅޭ ގޮތުން ފުލުހުންނަށް ބަޔާން ދިނުމަށް އަމުރެއް ހަވާލުކޮށްފަ އެވެ.

ހައްޔަރުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު އޭނާ އެނބުރި ގައުމަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް، ކޯޓުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުން އޮކްޓޫބަރު 12 ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ކެންސަރު ހޮސްޕިޓަލަކަށް ޕެޓް ސްކޭނަރެއް ގަތުމަށް "ސިރިލިޔާ ސަވިޔާ" ޖަމިއްޔާއިން އެހީގެ ގޮތުގައި އެއްކުރި 10 މިލިއަން ރޫޕީޒް (30,300 އެމެރިކާ ޑޮލަރު) އާ ގުޅޭ ގޮތުން ޝިރާންތީއާ ސުވާލުކުރަން ކަމާބެހޭ ފަރާތްތަކުން ބޭނުންވެ އެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ކޯޓުގައި ބުނެފައިވަނީ، އެ ސްކޭނަރަކީ ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށާއި، ނަމަވެސް އެ ޖަމިއްޔާއިން އެހީ ހޯދުން ކުރިއަށް ގެންގޮސް، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ޝިރާންތީ ވަނީ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ރާޖަޕަކްސަ އާއިލާގެ އެހެން މެންބަރުންނަށް ވެސް ވަނީ ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ކުރީގެ ފަސްޓް ލޭޑީގެ ދޮށީ ދަރިކަލުން އަދި އިދިކޮޅު މަޖިލިސް މެންބަރު ނާމަލް ރާޖަޕަކްސަ މިހާރު ހުންނެވީ ބަންދުގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބައްޕާފުޅުގެ ރިޔާސަތުގައި 2013 ވަނަ އަހަރު އެއާބަސް މަތިންދާބޯޓު ގަތުމަށް ވެވުނު އެއްބަސްވުމަކާ ގުޅޭ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ.

ރާޖަޕަކްސަ އާއިލާއިން އަބަދުވެސް ކޮރަޕްޝަނުގެ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. އަދި އެ އާއިލާއާ ދެކޮޅަށް ހިންގާ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަންކަން ކަމަށް އެ އާއިލާއިން ސިފަކުރެ އެވެ.

މަހިންދަ ރާޖަޕަކްސަ 2005 އިން 2015 އަށް ރައީސްކަން ކުރެއްވިއިރު، އޭނާއަކީ އަދިވެސް ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެކެވެ. ނަމަވެސް، 2022 ވަނަ އަހަރު އާންމުން ނުކުމެ ކުރި މުޒާހަރާތަކާ ގުޅިގެން އޭނާގެ ކޮއްކޯފުޅު ގޮތާބަޔާ ރާޖަޕަކްސަ ވެރިކަމުން ދުރުވުމަށް ފަހު، އެ އާއިލާގެ ސިޔާސީ ބާރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox