ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފި
ސްރީލަންކާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއްކުރި ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ އެންޓި-ކޮރަޕްޝަން އިދާރާއިން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ "ސިރިލިޔާ ސަވިޔާ ފައުންޑޭޝަން" މެދުވެރިކޮށް ކެންސަރު ހޮސްޕިޓަލަކަށް ސްކޭނަރެއް ގަތުމަށް އާންމުންގެ އަތުން ހޯދި 10 މިލިއަން ރޫޕީޒްއަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގަށެވެ.