ސްކޫލުގައި ތިއްބާ ހެރީ އާއި މޭގަންގެ ދަރިންނަށް ނޫސްވެރިން ފާރަލައިފި

Oct 2, 2026, 7:00 AM
ފޮޓޯ: ޕީއޭ

ފޮޓޯ: ޕީއޭ

އިނގިރޭސި އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ދަރިކަލުން އާޗީ އާއި ދަރިކަނބަލުން ލިލިބެޓް ކިޔަވަމުންދާ ސްކޫލުގެ ގޯތިތެރެއަށް ބޭރުގެ ފޮޓޯގްރަފަރަކު ވަންނަން އުޅެ، ފާރަލާފައިވާތީ އެއީ "އިންތިހާއަށް ފަރުވާކުޑަ" އަމަލެއް ކަމަށް ބުނެ އެ ފޮޓޯގްރަފަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ބުރަކަށީގައި ދަބަސް އަޅުވައިގެން ތިބި ދެ ފިރިހެނަކު އެ ސްކޫލުގެ ވަށައިގެން ހިނގަމުންދަނިކޮށް ފެނިފައިވާއިރު، ފުލުހުން ފަހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކީ ބައިނަލްއަގުވާމީ ނޫސް އޭޖެންސީއެއްގައި މަސައްކަތްކުރާ ފޮޓޯގްރަފަރެކެވެ.

ހެރީ އާއި މޭގަންގެ ތަރުޖަމާނު ވިދާޅުވީ، މިއީ ކުޑަކުދިންގެ އަމިއްލަ މިނިވަންކަމާއި ސިއްރުތަކުގެ ތެރެއަށް ވަދެގަތުން ކަމަށާއި، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement

ކެލިފޯނިއާގައި ހަ އަހަރު ދުވަހު ދިރިއުޅުމަށް ފަހު، ހެރީ އާއި މޭގަން އަދި އެ ދެމަފިރިންގެ ދަރިން އިނގިރޭސިވިލާތަށް އެނބުރި އައީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ދެ މީހުން ސްކޫލުގެ އެކި ސަރަހައްދުތަކަށް މަޑުކޮށް، ސްކޫލުގެ ގޯތިތެރެއަށް ބަލަމުންދިޔަ މަންޒަރު ޕްރައިވެޓް ސެކިއުރިޓީންނާއި ސްކޫލުގެ މުވައްޒަފުންނަށް ވަނީ ފެނިފަ އެވެ. އެ މީހުން އެތަނުން ދިޔައީ ވޭންއަކަށް އަރައިގެން ކަމަށާއި، އެއީ ކުއްޔަށް ހިފާފައިވާ އުޅަނދެއްކަން ފުލުހުން ފަހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭގެ ތެރެއިން އެކަކީ ޔޫރަޕްގެ ނޫސް އޭޖެންސީއެއްގައި މަސައްކަތްކުރާ ފޮޓޯގްރަފަރެއްކަން ފަހުން ވަނީ އެނގިފަ އެވެ.

އެ ދެމަފިރިންގެ ދަރިން ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ސްކޫލަކަށް ކިޔަވަން ދާން ފެށި ނަމަވެސް، ސްކޫލަށް ދާ ވަގުތުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތަކާ ގުޅިގެން ސެކިއުރިޓީއަށް ނުރައްކާވެދާނެތީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ސްކޫލް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox