ގިރާވަރުފަޅު ހިއްކައި ނިންމަން އިންތިހާބުގެ ކުރިން ދިން ތާރީހު ބަދަލުވެއްޖެ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ގިރާވަރު ހިއްކާ ނިމޭނީ މެއި 31، ގެ ނިޔަލަށް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ގިރާވަރު ހިއްކާ ނިމޭނީ މެއި 31، ގެ ނިޔަލަށް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅު ހިއްކައި ނިމޭނެ ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ކުރިން މުހައްމަދު މުއިއްޒު ވިދާޅުވި ތާރީހު ފަސްވެއްޖެ އެވެ. 

މިދިޔަ މާޗު 21، ގައި މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިރާވަރު ހިއްކުމުގެ މަސައްކަތް އެ މަހު ނިންމުމަށްފަހު، އަންނަ ޖޫން މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

"ކޮންމެ ދުވަހަކު ވެސް ބިން ހިއްކުމުގެ [ގިރާވަރު] މަސައްކަތް ދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމާ، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" މުއިއްޒު ވިދާޅުވި އެވެ.   

ގިރާވަރުފަޅު މި މަހު ހިއްކާ ނިމޭނެ ކަމަށް މުއިއްޒު އެއިރު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 25، ގައި އެ މަނިކުފާނު ދެއްވި ތާރީހުވެސް ހަމަވިތާ މަސް ދުވަސް ވާން ގާތްވެފައި ވަނިކޮށެވެ.   

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ 169 ހެކްޓަރުގެ ތެރެއިން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި ބާކީ ބައި ހިއްކައި ނިންމާލެވޭނީ އަންނަ މެއި މަހުގެ ނިޔަލަށް ކަމަށެވެ. 

"9 އެޕްރީލް 2026 ގެ ނިޔަލަށް މިހާތަނަށް 44 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި އިތުރަށް. ކުރިން ހިއްކިފައިވާ 54 ހެކްޓަރުގެ އިތުރަށް. އެހެންވީމަ މިހާތަނަށް 98 ހެކްޓަރުގެ ބިން ވަނީ ހިއްކިފައި. ހިއްކާ ބާކީ ހުރި ބައި ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެނީ 31 މެއި 2026 ގައި،" މުއްތަލިބު ވިދާޅުވި އެވެ. 

މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ބިން މެއި 31، ގައި ހިއްކާ ނިމުމުން ސާވޭކުރުމަށްފަހު، ގޯތީގެ ރަޖިސްޓްރީ ހަދައި، ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

"މިހާރު އައު ލޭންޑްޔޫޒް ޕްލޭން ޕަބްލިޝްކޮށް އެ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ހުރިހާ ކަމެއްވެސް ނިމިފައި ވަނީ. ބިން ހިއްކައި ނިމުނީމަ އެ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" މުއްތަލިބު ވިދާޅުވި އެވެ. 

ގިރާވަރު ފަޅު ހިއްކާ ނިމޭނީ އަންނަ މަހު، ގޯތިތައް ހަވާލު ކުރާނީ ޖޫން މަހު: މުއިއްޒު

ގިރާވަރު ފަޅުގެ ފުން ސަރަހައްދު ހިމެނޭ ގޮތަށް 169 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. މި ތަނުން 4،072 ގޯތި ދޫކުރޭ.

ގިރާވަރުގެ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ޖެހުނީ އެތަނުން 5،000 ގޯތި ނުކެނޑޭތީ ކަމަށާއި އެއާއެކު 1،000 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

ގިރާވަރު ފަޅުގެ އެންމެ ފަހުގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ގޮތުން، އެ ތަނުން 4،072 ގޯތި ދޫކުރާނެ އެވެ. މިއީ ކުރިން އެ ތަނުން ދޫކޮށްފައި ހުރި 1،360 ގޯތި ގުޅީފަޅަށް ބަދަލު ކުރުމަށް ފަހު ކަނޑައެޅި އަދަދެކެވެ.

މުއްތަލިބު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ގިރާވަރު ހިއްކުމުގެ މަޝްރޫއު  މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރީ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެންދާތީ ކަމަށެވެ. 

އެމްޑީޕީ ސަރުކާރުން އެމްއެފްއެމްސީ އާ ހަވާލުކޮށްގެން ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށައި 54 ހެކްޓަރުގެ ބިން ހިއްކި އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓި، މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން އެ މަޝްރޫއު ހަވާލުކޮށްގެން ބާކީ ނުހިއްކިހުރި 97 ހެކްޓަރުގެ ބިން ހިއްކަން ފެށީ މިދިޔަ ޖެނުއަރީ 31، ގަ އެވެ.  

ގިރާވަރު ފަޅުން ދޫކުރާ ގޯތިތަކުގެ އަދަދު މަދުކުރި ނަމަވެސް މި ސަރުކާރުން ވަނީ އެ ފަޅުގެ ފުން ސަރަހައްދު ހިމެނޭހެން ބިން ހިއްކާ ސަރަހައްދު 120 ހެކްޓަރުން 169 ހެކްޓަރަށް ބޮޑުކޮށްފަ އެވެ. މިހާރު ހިއްކަމުން ދަނީ އެ ފަޅުގެ ފުން ސަރަހައްދެވެ.

މިހާރު މި ޕްރޮޖެކްޓު ހިންގަމުން އަންނަނީ އެމްއޭސީއެލްގެ ސަބްސިޑަރީ މެރިން އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިންނެވެ. މިއީ ބިން ހިއްކުމަށާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތަށް އެ ކުންފުނިން އުފެއްދި ދެ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގައި ބޮސްކާލިސްގެ ދެ ޑްރެޖަރެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ ބޮސްކާލިސްގެ އޮރާންޖޭ އާއި ކުވީން އޮފް ނެދަލެންޑްސް އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ބޭނުމުގައި ހިއްކަން ފެށި ތަންތަނުގެ ތެރެއިން މިހާތަނަށް ހިއްކާ ނުނިމޭ ހަމައެކަނި ތަނަކީ ގިރާވަރު ފަޅެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox